އެންމެ ފަހުން ދެއްވީ ފަތިސް ބަންގި: ހަރަމްފުޅުގެ މުއައްޒިން ޝައިޚް އިބްރާހީމް އަވަހާރަވެއްޖެ
މައްކާގެ މަސްޖިދުލް ހަރާމް (ހަރަމްފުޅު) ގެ މުއައްޒިން ޝައިޚް އިބްރާހީމް އަލް މަދަނީ، މިއަދުގެ ފަތިހުގެ ވަގުތެއްގައި އަވަހާރަވެއްޖެއެވެ. “އިންސައިޑް ދަ ހަރަމައިން” އިން ކަށަވަރުކޮށްދީފައިވާ ގޮތުގައި، ޝައިޚް އިބްރާހީމް އަވަހާރަވީ މިއަދުގެ ހެނދުނުގެ ވަގުތެއްގައެވެ. ޝައިޚް އިބްރާހީމް ދެއްވި އެންމެ ފަހު ބަންގިއަކީ މިއަދުގެ ފަތިސް ނަމާދުގެ ފުރަތަމަ ބަންގިއެވެ. ސާޢޫދީ މީޑިއާތަކާ ހަވާލާދީ، އެ މަރްހޫމާ ގާތް ފަރާތްތަކުން ބުނެފައިވާ ގޮތުގައި، ޝައިޚް އިބްރާހީމްގެ ކަށުނަމާދު އޮންނާނީ މިއަދުގެ އަސުރު ނަމާދަށް...