އީ-ފާސްއާއެކު ނޭނގި ޕާޓީ ބަދަލުކުރުން ހުއްޓުވިއްޖެ، ޕީއެންއެފުން ފަތުރަނީ ދޮގު: އީސީ
ސިޔާސީ ޕާޓީތަކުގެ މެންބަރޝިޕް ނިޒާމުގެ ތެރެއަށް ‘އީ-ފާސް’ ތަޢާރަފްކުރުމާއެކު މީހުންނަށް ނޭނގި ޕާޓީ ބަދަލުކުރުމުގެ މައްސަލައަށް ހައްލު ލިބިފައިވާ ކަމަށާއި، ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އިން އެ ކޮމިޝަނާމެދު ކުރަމުންދަނީ ޙަޤީޤަތާ ޚިލާފު ދޮގު ތުހުމަތުތަކެއް ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ. އިލެކްޝަންސް ކޮމިޝަނުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، ދިވެހިރާއްޖޭގައި ސިޔާސީ ޕާޓީތައް ވުޖޫދުވެ، މެންބަރުން ވެއްދުމުގެ މަސައްކަތް ފެށުނީއްސުރެ އާންމުންނާއި ޕާޓީތަކުގެ ފަރާތުން...