އިންޑިއާގެ މުމްބާއީ ކޯސްޓަލް ރޯޑުގައި ބާރުސްޕީޑުގައި ދުއްވާފައިދިޔަ ބީއެމްޑަބްލިޔޫ ކާރެއް ބްރިޖުގެ ރޭލިންގްގައި ޖެހި، ތިރީގައި އޮތް އިމާރާތްކުރަމުންދާ ޕާކިން ސައިޓަކަށް ވެއްޓި ތިން ދަރިވަރަކު މަރުވެއްޖެއެވެ.

އިއްޔެގެ ހެނދުނުގެ ވަގުތެއްގައި ހިނގި މި ނުރައްކާތެރި ހާދިސާގައި، މަރުވީ 17 އަހަރާއި 20 އަދި 21 އަހަރުގެ 3 ފިރިހެނުންނެވެ. މި ހާދިސާގައި ސީރިޔަސް އަނިޔާވެގެން ފަރުވާދެމުންދަނީ އުމުރުން 20 އަހަރުގެ ފިރިހެނަކަށެވެ. 20 އަހަރުގެ އިތުރު ދަރިވަރަކަށް ވަނީ ސީރިއަސް އަނިޔާތަކެއް ވެފައެވެ. މި ހާދިސާ ހިނގި މަންޒަރު އެ ސަރަހައްދުގެ ސީސީޓީވީ ކެމެރާތަކަށް ވަނީ ސާފުކޮށް ރެކޯޑުކުރެވިފައެވެ.

Ad
rt

ފުލުހުން ބުނި ގޮތުގައި މި ހާދިސާ ހިނގާފައިވަނީ އާދީއްތަ ދުވަހުގެ ފަތިހު 5:20 އެހާކަންހާއިރު، މެރީން ޑްރައިވުން ފެށިގެން ހާޖީ އަލީއަށް އެ ކާރު ދަތުރުކުރަނިކޮށެވެ. ލާލާ ލަޖްޕަތުރާއި ކޮލެޖު ކުރިމަތީގައި އޮންނަ ލޯޓަސް ޖެޓީ ކައިރިން އަނބުރާލަން އުޅުމުގެ ތެރޭގައި ޑްރައިވަރަށް ކާރު ކޮންޓްރޯލް ނުކުރެވުނީ ކަމަށް ފުލުހުން ބުނެއެވެ. ފުލުހުންގެ އިދާރާއިން ބުނީ "ކާރު ދުއްވާފައިވަނީ ވަރަށް ބާރު ސްޕީޑުގައި" ކަމަށާއި "ޑްރައިވަރަށް އަނބުރާލަންޖެހޭ ތަން އޮޅުންނުފިލައިގެން ގޮސް ބޭރު ރޭލިންގްގައި ޖެހި، ކާރު ބްރިޖުން ތިރިއަށް ވެއްޓުނީ" ކަމަށެވެ. ބްރިޖުން ތިރިއަށް ވެއްޓި ޖެހުމުގެ ސަބަބުން ކާރު ވަނީ ބޭނުންނުކުރެވޭ ވަރަށް ގެއްލުން ލިބިފައެވެ.

މި ހާދިސާގައި ކާރުގައި ތިބި ހަތަރު ޒުވާނުންވެސް ވަގުތުން ވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެ. ހޮސްޕިޓަލަށް ގެންދެވުނުއިރުވެސް އޭގެ ތެރެއިން ތިން ދަރިވަރުން ވަނީ މަރުވެފައެވެ.

ފުލުހުން ދީފައިވާ މައުލޫމާތަށް ބަލާއިރު، މަރުވި ޝަނާޔާ ގައްޖާލް އަދި އަދިތްޔާ ޖަކާސަނިއާއަކީ ޖުހޫގައި ހުންނަ މެނޭޖްމަންޓް ކޮލެޖެއްގެ ދަރިވަރުންނެވެ. އަދި ހާދިސާގައި މަރުވި އެންމެ ހަގު ދަރިވަރު ދީރްޔާ ސޭތަކީ ކުރުލާގައި ހުންނަ ކޮލެޖެއްގައި ތައުލީމު ހާސިލުކުރަމުންދިޔަ ދަރިވަރެކެވެ.

މި ހާދިސާ ހިނގި މުމްބާއީ ކޯސްޓަލް ރޯޑަކީ ދެކުނު މުމްބާއީގެ މެރީން ޑްރައިވުން ފެށިގެން ބަންޑްރާ-ވޯލީ ސީ ލިންކުގެ ވޯލީ ކޮޅާ ހަމައަށް ގުޅުވައިދޭ 10.58 ކިލޯމީޓަރުގެ ދިގު، ބާރަށް ދުއްވާ ހައިވޭއެކެވެ.