ރާއްޖެ ''އަހާ'' ފޯރަމްގެ 8 ވަނަ ބައްދަލުވުން އާދިއްތަ ދުވަހުގެ ރޭ މިނިސްޓްރީތަކުން ހިންގަމުންދާ މަޝްރޫއުތަކާއި މަސައްކަތްތަކުގެ މައުލޫމާތު ރައްޔިތުންނާ ހިއްސާކުރުމަށް ސިލްސިލާކޮށް ކުރިއަށްގެންދާ “އަހާ” ފޯރަމްގެ އަށްވަނަ ބައްދަލުވުން، ކުރިއަށް އޮތް އާދިއްތަ ދުވަހުގެ ރޭ ބޭއްވުމަށް ނިންމައި، ވަޒީރުންނާ ސުވާލުކުރުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލައިފިއެވެ. މިއަންނަ އާދިއްތަ ދުވަހުގެ ރޭ 21:00 ގައި ފެށުމަށް ހަމަޖެހިފައިވާ މި ފޯރަމް ޖުމްލަ ދެ ގަޑިއިރުގެ ވަގުތަކަށް ކުރިއަށްދާނެ ކަމަށް ވަނީ ހާމަކޮށްފައެވެ. މި ފަހަރުގެ ފޯރަމްގައި ބައިވެރިވެވަޑައިގަންނަވާ ވަޒީރުންނަކީ އެޓ... ޔުމްނާ ޢަލީ · 1 މަސް ކުރިން
ވިޔަފާރި މި އަހަރުގެ މިހާތަނަށް 1.6 މިލިއަން ފަތުރުވެރިން؛ އެއްވަނައިގައި އަދިވެސް ޗައިނާ މި އަހަރުގެ މިހާތަނަށް ރާއްޖެއަށް 1.6 މިލިއަނަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ޤައުމުތަކުގެ އެއްވަނައިގައި އަދިވެސް އޮތީ ޗައިނާ ކަމަށް ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ. އެ ވުޒާރާއިން އެންމެ ފަހުން އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުގައި، މި އަހަރުގެ މިހާތަނަށް މުޅި ޖުމްލަ 1,603,021 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް 1,659,031 ފަތުރުވެރިން... ޔުމްނާ ޢަލީ · 1 މަސް ކުރިން
ތިލަދުންމަތީ ޚަބަރު ބޮޑުބާޒާރަށް ދާން އުތީމު ކައުންސިލުން ހިލޭ ދަތުރެއް؛ ފުރަތަމަ 100 މީހުންނަށް ޖާގަ ބޮޑުތިލަދުންމަތީ ބޮޑުބާޒާރަށް ދިއުމަށް ހއ. އުތީމު ކައުންސިލުން ހިލޭ ދަތުރެއް ހަމަޖައްސައިފިއެވެ. ހދ. ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިންތިޒާމުކޮށްގެން ކުޅުދުއްފުށީގައި ބާއްވާ “ބޮޑުތިލަދުންމަތީ ބޮޑުބާޒާރު” އަށް ދާން ބޭނުންވާ އުތީމު ރައްޔިތުންނަށް އެ ފުރުޞަތު ފަހިކޮށްދިނުމުގެ ގޮތުން އުތީމު ކައުންސިލުން ކުޅުދުއްފުށްޓަށް ޚާއްސަ ދަތުރެއް ހަމަޖައްސައިފިއެވެ. އުތީމު ކައުންސިލުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި މި ދަތުރުގައި ބައިވެރިވެވޭނީ ފުރަން ނިކުންނަ ފުރަތަމަ 100 މީހުންނަށެވެ. މި ދަތުރު ބޭއްވުމަށ... ފާތިމަތު ސަޙާ · 1 މަސް ކުރިން
ބައިނަލްއަގުވާމީ ޣައްޒާގައި އިޒްރޭލުގެ އަނިޔާވެރިކަން ކިޔައިދޭ "ނާޒާ" އިޓަލީގެ ބޮކްސް އޮފީހުގެ އެއްވަނައަށް، ސިނަމާތައް ފުރިބާރުވެއްޖެ ޣައްޒާގައި ފަލަސްތީނުގެ އާންމުން ޝަހީދުކުރަމުންދާ ގޮތް ހާމަކޮށްދޭ ޑޮކިއުމެންޓްރީ ފިލްމު “ނާޒާ” އިޓަލީގެ ސިނަމާތަކުގައި ދައްކަން ފެށި ފުރަތަމަ ދެ ދުވަހުގެ ތެރޭގައި އެ ގައުމުގެ ބޮކްސް އޮފީހުގެ އެއްވަނަ ހޯދައިފިއެވެ. އިޓަލީގެ ބޮކްސް އޮފީހުގެ ހިސާބުތައް ބަލަހައްޓާ ސިނެޓެލްއިން ބުދަ ދުވަހު ބުނީ، އަންގާރަ ދުވަހުގެ ނިޔަލަށް މި ފިލްމުގެ ޓިކެޓު ވިކިގެން ގާތްގަނޑަކަށް 1.1 މިލިއަން ޔޫރޯ (1.24 މިލިއަން އެމެރިކާ ޑޮލަރު) ލިބިފައިވާ ކަމަށެވެ. ސިނެޓެލްގެ ހިސާބުތަކުން ދައްކާ ގޮތުގައި، ހޯމަ ދުވަހު […] ނާޒިމާ އަލީ · 1 މަސް ކުރިން
ބައިނަލްއަގުވާމީ އެއްގަމު މަގުން އީރާނަށް އަރައިގަންނަން ޓްރަމްޕް ތައްޔާރުވަނީ؟ އެމެރިކާގެ ބޮޑު ފައުޖެއް މެދުއިރުމައްޗަށް އީރާނާ ދެކޮޅަށް އެއްގަމު މަގުން ސިފައިން ފޮނުވުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ތައްޔާރުވަމުންދާ ކަމުގެ އިޝާރާތްތަކެއް ފެންނަން ފަށާފައިވާކަމަށް ރިޕޯޓްތައް ބުނެފިއެވެ. މިގޮތުން އެމެރިކާ އަސްކަރިއްޔާގެ ވަރުގަދަ ފައުޖެއް މެދުއިރުމައްޗާ ދިމާލަށް ދަތުރުފަށާފައިވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ. ޚަބަރު ފަތުރާ މަޝްހޫރު ވަސީލަތެއް ކަމަށްވާ “އެކްސިއޯސް” އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އެމެރިކާގެ ‘މެކިން އައިލެންޑް އެމްފިބިއަސް ރެޑީ ގްރޫޕް’ އަދި ’13 ވަނަ މެރިން އެކްސްޕެޑިޝަނަރީ ޔުނިޓް’ މިހާރު... ނާޒިމާ އަލީ · 1 މަސް ކުރިން
ރާއްޖެ ހިތުގެ ބަލިތަކުން ރައްކާތެރިވުމުގެ މުހިންމުކަން އަންގައިދޭން މުޅި ރާއްޖޭގައި ޚާއްޞަ ހަރަކާތްތަކެއް ދުނިޔޭގެ ހިތުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާއި ސިއްޙީ ދާއިރާގައި ހަރަކާތްތެރިވާ ގިނަ މުއައްސަސާތަކާއި މަދަނީ ޖަމްޢިއްޔާތައް ގުޅިގެން މުޅިރާއްޖޭގައި ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފިއެވެ. މި ހަރަކާތްތަކުގެ ތެރެއިން އެކި ރަށްރަށުގައި ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވާއިރު، މިއަދު ވަނީ ހުޅުމާލެ ފޭސް ދޭއްގެ ރުއްގަނޑު 3 ސަރަޙައްދުގައި ވެސް ޚާއްޞަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފިއެވެ. “ޑޯންޓް މިސް އަ ބީޓް” މި ޝިޢާރުގެ ދަށުން ބޭއްވި މި ހަރަކާތުގެ މައިގަނޑ... ޔުމްނާ ޢަލީ · 1 މަސް ކުރިން
ރާއްޖެ ''ދައުލަތުން ފައިސާ ނަގައިގެން އިގްތިސޯދު ފުނޑާލަން އުޅޭ ޕާޓީތަކަށް'' އީސީން ފިޔަވަޅު އަޅަން ޖެހޭ: ޝަރީފް ”ދައުލަތުން ފައިސާ ނަގައިގެން ގައުމުގެ އިގްތިސޯދު ފުނޑާލަން މަސައްކަތްކުރާ” ސިޔާސީ ޕާޓީތަކާ ދެކޮޅަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ފިޔަވަޅު އަޅަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ މެމްބަރު ޢަބްދުﷲ ޝަރީފް ވިދާޅުވެއްޖެއެވެ. މެމްބަރު ޢަބްދުﷲ ޝަރީފް މިހެން ވިދާޅުވީ މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ. އީސީ އާއި އޭސީސީ އަދި ރައްޔިތުންގެ މަޖިލިސް ޓެގް ކުރަށްވާ ކުރެއްވި މި ޕޯސްޓްގައި އޭނާ ވިދާޅުވީ ރާއްޖޭގެ ސިޔާސީ މަސްރަހުން މިވަގުތު ފެންނަމުންދަނީ ގައުމު އިސްކުރުމުގެ ބަދަލުގައި،... އަލީ އާދިލް · 1 މަސް ކުރިން
ކުޅިވަރު ދެރައެއް ނުވޭ، ތާރީޚީ 'ހެޑްބަޓް' އަށް 20 އަހަރު ފަހުން ޒިދާން ކޯޗެއްގެ ގޮތުގައި އިޓަލީއާ ދެކޮޅަށް 2006 ވަނަ އަހަރުގެ ވޯލްޑް ކަޕް ފައިނަލްގައި އިޓަލީގެ ޑިފެންޑަރު މާކޯ މަޓެރާޒީގެ މޭމައްޗަށް ބޮލުން ޖަހައި ތާރީޚީ “ހެޑްބަޓް” ހަމަލާދިން ހާދިސާއަށް 20 އަހަރު ފުރުނުއިރު، ފްރާންސް ގައުމީ ޓީމުގެ ކޯޗެއްގެ ގޮތުގައި ޒައިނުއްދީން ޒިދާން އަނެއްކާ ވެސް އިޓަލީއާ ދެކޮޅަށް ނުކުންނަން ތައްޔާރުވެއްޖެ އެވެ. ނޭޝަންސް ލީގުގައި ހުކުރު ދުވަހު ސްޓޭޑް ޑި ފްރާންސްގައި ކުޅޭ މި މެޗަކީ ފްރާންސްގެ ކޯޗުކަމާ ހަވާލުވި ފަހުން އަމިއްލަ ދަނޑުގައި ސޫޓު ލައިގެން ޓީމަށް އިރުޝާދުދޭން ޒިދާން […] އަޙްމަދު ވަހީދު · 1 މަސް ކުރިން
ކުޅިވަރު ފަލަސްތީނުގެ ހައްގުގައި އަޑުއުފުލައި، އިޒްރޭލާ ދެކޮޅަށް މެޗު ނުކުޅެން ގޮވާލުމުން އަޔަލެންޑް މެޗު ހުއްޓުމަކަށް ޔޫއެފާ ނޭޝަންސް ލީގުގައި އިޒްރޭލާ ދެކޮޅަށް ކުޅޭ މެޗުތައް ބޮއިކޮޓް ކުރުމަށް ގޮވާލައި ފަލަސްތީނުގެ ދިދަ ކުރަހާފައިވާ ޓެނިސް ބޯޅަތަކެއް ދަނޑުމައްޗަށް އުކުމާ ގުޅިގެން، އޮސްޓްރިއާއާ ދެކޮޅަށް ރިޕަބްލިކް އޮފް އަޔަލެންޑް ބުރާސްފަތި ދުވަހު ކުޅުނު މެޗު ވަގުތީ ގޮތުން މެދުކަނޑާލަން ޖެހިއްޖެއެވެ. މި ހާދިސާ ހިނގާފައިވަނީ މެޗު ފެށިގެން ކުރިއަށްދަނިކޮށް، ދަނޑު ބޭރުގައްޔާއި އެތެރޭގައި ވެސް މުޒާހަރާތައް ކުރިއަށްދިޔަ ވަގުތެއްގައެވެ. މެޗުގެ 12 ވަނަ މިނެޓުގައި ޓްރޯއީ ޕެރޮޓް ކާމިޔާބުކުރި މޮޅު ލަނޑާއެކު އަޔަލެންޑުން 1... އަޙްމަދު ވަހީދު · 1 މަސް ކުރިން
ތިލަދުންމަތީ ޚަބަރު ކުޅުދުއްފުށީގައި 'ގޭދޮށު އިންޖީނުގެ': ބިލު %50 ކުޑަކޮށް، 5 އަހަރު ފަހުން ހިލޭ ކަރަންޓު ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ މި ދައުރުގެ މެނިފެސްޓޯގައި ހިމެނޭ “ގޭދޮށު އިންޖީނުގެ” މަޝްރޫޢުގެ ދަށުން، ރައްޔިތުންގެ ކަރަންޓު ބިލު %50 ކުޑަކުރެވި، ފަސް އަހަރު ފަހުން ހިލޭ ކަރަންޓު ފޯރުކޮށްދެވޭނެ ކަމަށް އެ ސިޓީގެ މޭޔަރު މުޙައްމަދު ޢާޠިފް ވިދާޅުވެއްޖެއެވެ. މޭޔަރު މިކަން ހާމަކުރެއްވީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ކޮންގްރެސްގެ ތެރެއިން ކުރިއަށްގެންދިޔަ އިންވެސްޓް ފޯރަމްގައި އެ މަޝްރޫޢު ހުށަހަޅުއްވައިދެއްވަމުންނެވެ. މި މަޝްރޫޢު އެކުލަވައިލަން ޖެހުނު މައިގަނޑު ސަބަބުތައް ބަޔާންކުރައްވަމ... ޔުމްނާ ޢަލީ · 1 މަސް ކުރިން
ރާއްޖެ ފުރަން ދިޔަ ދިވެއްސެއްގެ އަތުން ވަޒަނެއްގެ ހުސް ދޯރިއެއް ފެނިއްޖެ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) ގެ ޑޮމެސްޓިކް ޓާމިނަލުން ފުރަން ގޮސް ހުރި ދިވެހި ފިރިހެނެއްގެ އަތުން ވަޒަނެއްގެ ހުސް ދޯރިއެއް ފެނިފައިވާ ކަމަށް ފުލުހުން ހާމަކޮށްފިއެވެ. ފުލުހުން ވިދާޅުވީ މި ހާދިސާ ހިނގާފައިވަނީ 2026 އޮކްޓޫބަރު 02 ވީ ހުކުރު ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ކަމަށެވެ. އެގޮތުން އެއަރޕޯޓުގެ ޑޮމެސްޓިކް ޓާމިނަލުން ފުރަން ތައްޔާރުވަމުން ދިޔަ ދިވެހި ފިރިހެނެއްގެ އަތުން ވަޒަނުގެ ހުސް ދޯރި ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. މި މައްސަލައާ ގުޅިގެން […] ޔުމްނާ ޢަލީ · 1 މަސް ކުރިން
ރާއްޖެ މުދަލު ޒަކާތުގެ ގޮތުގައި 109 މިލިއަން ރުފިޔާ ލިބި އަހަރު ނިމެން 3 މަސް އޮއްވާ މިދިޔަ އަހަރުގެ ޖުމުލަ ފަހަނައަޅައިފި މި އަހަރުގެ މިހައިތަނަށް މުދަލު ޒަކާތުގެ ގޮތުގައި ބަލައިގަތް ފައިސާގެ ޢަދަދު، ވޭތުވެދިޔަ 2025ވަނަ އަހަރު މުޅިއެކު ލިބުނު ޖުމުލަ ޢަދަދަށް ވުރެ އިތުރުވެއްޖެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުގާފާ ބެހޭ ވުޒާރާގެ ދަށުން ހިނގަމުން އަންނަ މޯލްޑިވްސް ޒަކާތު ހައުސް އިން ބުނެފިއެވެ. އެ އިދާރާއިން ހާމަކުރި މަޢުލޫމާތުތަކަށް ބަލާއިރު، 2026ވަނަ އަހަރުގެ 1 ޖަނަވަރީ އިން ފެށިގެން 30 ސެޕްޓެންބަރުގެ ނިޔަލަށް މުދަލު ޒަކާތުގެ ގޮތުގައި ޖުމުލަ 109,262,025.69 (އެއްސަތޭކަ ނުވަ މިލިއަން ދެލައްކަ ފަސްދޮޅަސް […] ފާތިމަތު ސަޙާ · 1 މަސް ކުރިން
ރާއްޖެ ކޮންގްރެސްގެ ނަމުގައި އެމްޑީޕީން ތި ހޭވީ ބޮޑު ހަޑިއެއް، ގޮތް ހުސްވީމާ ވާނީވެސް ތިހެން: ދާއޫދު ކޮންގްރެސްގެ ނަމުގައި އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން “ހޭވީ ވަރަށް ބޮޑު ހަޑިއެއް” ކަމަށާއި ”ގޮތް ހުސްވުމުން ވާނީ ވެސް އެހެން” ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު މުހައްމަދު ދާއޫދު އެ ޕާޓީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ. އެމްޑީޕީގެ ފަސް ވަނަ ކޮންގްރެސް ރޭ ރަސްމީކޮށް ފަށާފައިވާއިރު، މި ކޮންގްރެސް ފެށުމުގެ ރަސްމިއްޔާތުގައި ބޭރުގެ އެކި ގައުމުތަކުގެ ސަފީރުންނާއި ދައުވަތު އެރުވި އެހެން ބޭފުޅުން ވެސް ބައިވެރިވެވަޑައިގެންނެވި […... އަލީ އާދިލް · 1 މަސް ކުރިން
ބައިނަލްއަގުވާމީ ވައިގެ ތެރޭގައި ދިން ހަމަލާއިން 174 މީހުން ސަލާމަތްކުރި ޕައިލެޓުގެ ހާލު ސްޓޭބަލް ދުބާއީން އިސްރާއީލުގެ ތެލް އަވީވަށް ދަތުރުކުރި ފްލައިދުބާއީގެ ފްލައިޓް އެފްޒެޑް1073 ގެ ކޮކްޕިޓް ތެރޭގައި ވައިގެ ތެރޭގައި ހިނގި ނުރައްކާތެރި ހާދިސާއެއްގައި ޒަހަމްވި އިންޑިއާގެ ޕައިލެޓް، ކެޕްޓަން ސްމިތު މަޗްޗާރުގެ ހާލު މިހާރު ސްޓޭބަލް ކަމަށް ސައޫދީ އަރަބިއްޔާގައި ހުންނަ އިންޑިއާ އެމްބަސީން ބުނެފިއެވެ. ބުދަ ދުވަހު ހިނގި މި ހާދިސާއާ ގުޅިގެން އެ ބޯޓު ވަނީ ސައޫދީ އަރަބިއްޔާގެ ތަބޫކްގައި ހުންނަ ޕްރިންސް ސުލްތާން ބިން އަބްދުލްއަޒީޒް އިންޓަނޭޝަނަލް އެއާޕޯޓަށް ކުއްލި ހާލަތުގައި ޑައިވަޓްކޮށްފައެވެ. ރިޔާޟުގ... ނާޒިމާ އަލީ · 1 މަސް ކުރިން
ރާއްޖެ އާންމު ތަންތަނުގައި ނިވާކަން ކުޑަކޮށް ހެދުން އަޅާ ބިދޭސީންނާއި ފަތުރުވެރިންނާ މެދު ގާނޫނީ ފިޔަވަޅު އަޅަނީ ދިވެހިރާއްޖޭގައި ދިރިއުޅޭ ބައެއް ބިދޭސީންނާއި ރާއްޖެއަށް ޒިޔާރަތްކުރާ ބައެއް ފަތުރުވެރިން ޢާންމު ޢިޖުތިމާއީ މިންގަނޑުތަކާ ޚިލާފަށް ނިވާކަން ކުޑަކޮށް ހެދުން އަޅައިގެން އާންމު ތަންތަނުގައި އުޅޭ މައްސަލައިގައި ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވީ، ރާއްޖޭގައި ދިރިއުޅޭ ބައެއް ބިދޭސީން އާންމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފަށް ނިވާކަން ކުޑަކޮށް ހެދުން އަޅައިގެން މަގުމަތީގައާއި އާންމު އެކި ތަންތަނުގައި އު... ފާތިމަތު ސަޙާ · 1 މަސް ކުރިން