ރާއްޖެ ޖުވާގެ ވަބާގައި ޖެހި މުޅި ދިރިއުޅުން އަނދާ އަޅިއަށް؛ ޒުވާނެއްގެ ހިތްދަތި ތައުބާއާއި އާދޭސް މަޖަލަކަށް ފެށި ޖުވާކުޅުމުގެ ނުބައި ވަބާގައި ޖެހި، މުޅި ދިރިއުޅުން ބަނގުރޫޓުވެ، ކައިވެންޏާއި ރަހުމަތްތެރިން ގެއްލި އެކަނިވެރިވި ޒުވާނަކު، އޭނާގެ ކުށަށް ތައުބާވެ މުޅި މުޖުތަމަޢުގެ ކިބައިން މަޢާފަށް އެދި ހިތްދަތި އާދޭހެއް ކޮށްފިއެވެ. ”އަޅުގަނޑު މި ލިޔުން ލިޔަން މި އިށީނީ ހިތާމައާއި ލަދުވެތިކަމުން ފުރިގެންވާ ހާލުގައެވެ. ދުލުން ބުނަން ނުކުޅެދޭ ފަދަ ބޮޑު ހިތާމައެއްގެ ތެރޭގައި ހުރެ، އަޅުގަނޑުގެ އަމިއްލަ ނަފްސުގެ އިތުރުން މުޅި މުޖުތަމަޢުގެ ކިބައިން މަޢާފަށް އެދުމަށެވެ. އަޅުގަނޑު ދަންނަ ބައެއް […] ފާތިމަތު ސަޙާ · 1 މަސް ކުރިން
ބައިނަލްއަގުވާމީ ފަލަސްތީނުގެ ސާބިތުކަމުގެ ރަމްޒު: ޣައްޒާގެ ޒައިތޫނި ދަނޑުތަކުން ފެންނަނީ ނަމޫނާ އެއްބައިވަންތަކަމެއް ޣައްޒާ ސިޓީގެ ދަނޑުބިންތަކުގައި ފެށިފައިވާ އަހަރީ ޒައިތޫނި ބިނުމުގެ މޫސުމާ ދިމާކޮށް، އެ ސަރަހައްދުގެ ދަނޑުވެރިންނަށް އެހީތެރިވުމަށް ފަލަސްތީނުގެ ވޮލަންޓިއަރުން ނުކުމެ ބޮޑު އެއްބާރުލުމެއް ދީފިއެވެ. 30 ސެޕްޓެމްބަރު 2026 ގައި ކުރިއަށްދިޔަ މި މަސައްކަތުގެ ތެރެއިން ގިނަ އަދަދެއްގެ ވޮލަންޓިއަރުން ވަނީ ދަނޑުވެރިންނާއެކު ޒައިތޫނި ބިނުމުގެ އަމަލީ މަސައްކަތުގައި ބައިވެރިވެފައެވެ. ފަލަސްތީނުގައި “މައުސިމް ގަތުފު އައްޒައިތޫން” ގެ ނަމުން މަޝްހޫރުވެފައިވާ ޒައިތޫނި ބިނުމުގެ މޫސުމަކީ ސަގާފީ ގޮތުންނާއި އިގުތިސޯދ... ނާޒިމާ އަލީ · 1 މަސް ކުރިން
ރާއްޖެ ނުރައްކާތެރިކޮށް އުޅަނދު ދުއްވާ މީހުންނަށް އިތުރު އިންޒާރެއް ނެތް، ދެން ހިންގާނީ ޖިނާއީ ތަހުގީގު އާންމު ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭގޮތަށް މަގުމަތީގައި ނުރައްކާތެރިކޮށް އުޅަނދު ދުއްވުން ތަކުރާރުކުރާ ފަރާތްތައް ހުއްޓުވައި، އެ ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅު އެޅުމަށް ހާއްސަ މަސައްކަތްތަކެއް ފަށައި، އިތުރު އިންޒާރަކާ ނުލައި ޖިނާއީ ތަހުގީގު ހިންގަން ނިންމައިފި ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. ފުލުހުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، މި މަސައްކަތުގެ ދަށުން ނުރައްކާތެރިކޮށް އުޅަނދު ދުއްވާ ފަރާތްތައް ދެނެގަނެ، އެ މީހުންގެ މައުލޫމާތު ޕްރޮފައިލްކުރުމުގެ މަސައްކަ... ޔުމްނާ ޢަލީ · 1 މަސް ކުރިން
ރާއްޖެ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރު ފާތިމަތު ސައުސަން ނިޔާވެއްޖެ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރު ފާތިމަތު ސައުސަން މިއަދު ހެނދުނު ނިޔާވެއްޖެއެވެ. ސައުސަން ނިޔާވެފައިވަނީ އިންޑިއާގައި ބޭސްފަރުވާއަކަށް ގޮސް ހުންނަވަނިކޮށް ކަމަށް ވަނީ އެނގިފައެވެ. އޭނާ ނިޔާވުމާ ގުޅިގެން ވަޒީފާއާބެހޭ ޓްރައިބިއުނަލުން މީސްމީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ، މެންބަރު ސައުސަން މިއަދު ހެނދުނު ނިޔާވުމުގެ ހިތާމައިގައި، އެ ޓްރައިބިއުނަލްގެ މެންބަރުންނާއި މުވައްޒަފުންގެ ނަމުގައި މަރްޙޫމާގެ އާއިލާއަށް ތައުޒިޔާ ފޮނުވާ ކަމަށެވެ. ސައުސަންގެ ވަކިވެދިޔުމުގެ ހިތާމައިގައި ބައިވެރިވެވަޑައިގ... ޔުމްނާ ޢަލީ · 1 މަސް ކުރިން
ބައިނަލްއަގުވާމީ ފްލައިދުބާއީ ހާދިސާ: ''އެ ބާރުމިނުގައި ބޯޓު ކުދިކުދިނުވެ ސަލާމަތްވުމަކީ ގަބޫލުކުރަން ދަތި އަޖައިބެއް'' ސެޕްޓެމްބަރު 30 ގައި ހިނގައިދިޔަ ފްލައިދުބާއީގެ ފްލައިޓް އެފްޒެޑް1073 ގެ ހާދިސާގައި، ބޯޓު ކުއްލިއަކަށް ތިރިއަށް ވެއްޓެން ދިޔަ ބާރުމިނާއި ގޮތަށް ބަލާއިރު ބޯޓު ވިއްސިވިހާލިނުވެ ސަލާމަތްވުމަކީ ގަބޫލުކުރަން ވެސް ދަތި ކަމެއް ކަމަށް ވައިގެ ދަތުރުފަތުރުގެ މާހިރަކު ވިދާޅުވެއްޖެއެވެ. ސީއެންއެން މެދުވެރިކޮށް ފްލައިޓް ސިމިއުލޭޓަރެއްގައި މި ހާދިސާ އަލުން ދައްކަވަމުން، ކޮމާޝަލް ޕައިލެޓް އަދި ފްލައިޓް އިންސްޓްރަކްޓަރު އާރޮން މާފީ ވަނީ އެ ހާދިސާ ހިނގި ވަގުތު ބޯޓުގެ މެކޭނިކަލް ހާލަތު ހުރި ގޮތުގެ މުހިންމު […] ނާޒިމާ އަލީ · 1 މަސް ކުރިން
ކޮލަމް ސެންޓްރަލް ޕާކު ފުރައިލި ދަސްވެނިން: ހިނިތުންވުންތަކުގެ ފަހަތުގައި އެތައް ޤުރުބާނީއެއް! ހަވީރުގެ ހިތްގައިމު ވަގުތުގައި ހުޅުމާލޭ ސެންޓްރަލް ޕާކަށް ވަދެގެން ދިޔައިރު، މުޅި މާޙައުލު އޮތީ އާދަޔާ ޚިލާފު ދިރުމަކުން ފުރިފައެވެ. ފެހި ވިނަގަނޑާއި ބޮޑެތި ގަސްތަކުގެ ހިޔަލުގައި، ކަޅުކުލައިގެ ގްރެޖުއޭޝަން ގައުންތަކުގައި ތިބި ދަސްވެނިންގެ ހިނިތުންވުންތަކުން، ހީވަނީ އުފާވެރި ޕާޓީއެއް ކުރިއަށް ދާހެންނެވެ. ހަމައެއާއެކު، އެ އުފާވެރި ވަގުތުކޮޅު، ކެމެރާމަނުން، އެ މީހުންގެ ކެމެރާތަކުގެ ލެންސުތަކުގައި އެ އުފާވެރިކަން ރައްކާކުރުމުގައި އަވަދިނެތި އުޅުނެވެ. އެ މާޙައުލުން އޭރު ފެންނަމުން ދިޔައީ، ގްރެޖުއޭޝަނ... ސަލާމާ ޢަބްދުލް ޢަލީމް · 1 މަސް ކުރިން
ބައިނަލްއަގުވާމީ ޣައްޒާގެ އެޕާޓްމަންޓަކަށް އިޒްރޭލުން ދިން ކުއްލި ހަމަލާއެއްގައި ނިދާފައި ތިބި 5 މީހަކު ޝަހީދުކޮށްލައިފި ޣައްޒާ ސިޓީގެ ހުޅަނގުގައި ހުންނަ އާންމުން ދިރިއުޅޭ އެޕާޓްމަންޓަކަށް އިޒްރޭލުގެ ސިފައިން ވައިގެ މަގުން ދިން ނުރައްކާތެރި ހަމަލާއެއްގައި މަދުވެގެން ފަސް މީހުން ޝަހީދުވެ، އިތުރު ހަ މީހަކު ވަރަށް ބޮޑަށް ޒަޚަމްވެއްޖެ އެވެ. އަލްޝިފާ ހޮސްޕިޓަލުގެ މެޑިކަލް އޮފިޝަލުންނާ ހަވާލާދީ މިކަން ކަށަވަރުކޮށްދީފައިވާއިރު، މި ހަމަލާ ދީފައިވަނީ އެއްވެސް އިންޒާރަކާ ނުލައެވެ. ހޮނިހިރު ދުވަހުގެ ފަތިހު މި ހަމަލާ އަމާޒުވެފައިވަނީ ޣައްޒާގެ ރިމާލް އަވަށުގައި ހުންނަ އަލްއަޞާލާ އިމާރާތަށެވެ. ޚާން ޔޫނިސްގައި ހުރެ އަލްޖަޒީރާއަށ... ނާޒިމާ އަލީ · 1 މަސް ކުރިން
ރާއްޖެ ކެލާގެ ދަނޑުބިންތަކުގެ މަގަށް އަރާ އަލަކޯރުތައް ވަކިކުރުމަށް ކައުންސިލުން އިލްތިމާސްކޮށްފި ހއ. ކެލާގައި ދަނޑުވެރިކަމަށް ދޫކޮށްފައިވާ ބިންތަކުގެ މަގުތަކަށް އަރާފައިވާ އަލަކޯރުތަކުގައި ފެންސް ޖަހައިގެން ވަކިކުރުމަށް އެ ރަށު ކައުންސިލުން އިލްތިމާސް ކުރައްވައިފިއެވެ. ކެލާ ކައުންސިލުން ބުނީ، ދަނޑުވެރިކަމަށް ދޫކޮށްފައިވާ 5،000 އަކަފޫޓުގެ ބިންތަކަށް ވަދެނުކުތުމަށް ކަނޑައަޅާފައިވާ މަގުތައް ސާފުކޮށް، އެއްވަރުކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ. އެގޮތުން މަގު ހެދުމުގެ މަސައްކަތުގެ ތެރެއިން، މަގަށް އަރާފައިވާ އަލަކޯރުތަކުގެ ބައިތައް ފަސްއަޅައި ފޮރުވާލަން ޖެހޭތީ، އެ ބައިތައް ފެންސް ޖަހ... ފާތިމަތު ސަޙާ · 1 މަސް ކުރިން
ކުޅިވަރު އަނިޔާގެ ސަބަބުން ޓޮރެސް ސްޕެއިން ސްކޮޑުން ބާކީވެ، ރެއާލްގެ ޒުވާން ފޯވާޑް އެސްޕީއަށް ފުރުސަތު ވައަތު ފައިގެ ކުޑަހުޅަށް ލިބުނު އަނިޔާއެއްގެ ސަބަބުން، ސްޕެއިންގެ ގައުމީ ފުޓްބޯޅަ ޓީމުގެ ސްކޮޑުން ފޯވާޑް ފެރާން ޓޮރެސް ބާކީކޮށްފިއެވެ. އޭނާގެ ބަދަލުގައި ސްޕެއިންގެ ސްކޮޑަށް ނަގާފައިވަނީ ރެއާލް މެޑްރިޑްގެ ޒުވާން ފޯވާޑް ކާލޮސް އެސްޕީއެވެ. ދުނިޔޭގެ ޗެމްޕިއަން ސްޕެއިނުން މި އިންޓަނޭޝަނަލް ބްރޭކުގައި ނޭޝަންސް ލީގުގައި ކުރިއަށް އޮތް މެޗުތަކުގައި ބައްދަލުކުރާނީ ޗެކް ރިޕަބްލިކް އަދި ކްރޮއޭޝިއާއާއެވެ. ނަމަވެސް ފައިގެ ކުޑަހުޅުގައި ރިއްސާތީ ޓޮރެސް ސްކޮޑުން ވަކިވުމާ ގުޅިގެން، މި ދެ މެޗުގައި އޭނާއަށް ނުކުޅެވ... އަޙްމަދު ވަހީދު · 1 މަސް ކުރިން
ރާއްޖެ މާލޭގެ ބޮޑުތަކުރުފާނު މަގުގައި ގަވާއިދާ ހިލާފަށް ޕާކުކޮށްފައި ހުރި ނުވަ އުޅަނދެއް ޓޯކޮށްފި މާލޭގެ ބޮޑުތަކުރުފާނު މަގުގައި ގަވާއިދާ ހިލާފަށް ޕާކުކޮށްފައި ހުރި ހަތަރު ފުރޮޅުލީ ނުވަ އުޅަނދެއް ފުލުހުން ޓޯކޮށްފިއެވެ. މި އުޅަނދުތައް ޓޯކޮށްފައި ވަނީ ގަވާއިދާ ހިލާފަށް ޕާކުކުރާ އުޅަނދުތައް މަގުމަތިން ނެގުމަށް ފުލުހުން ކުރިއަށްގެންދާ ހާއްސަ މަސައްކަތުގެ ތެރެއިންނެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ، ބޮޑުތަކުރުފާނުމަގުގައި ގަވާއިދާ ހިލާފަށް ޕާކުކޮށްފައިވާ އުޅަނދުތައް ޓޯކުރުމަށް ކުރިއަށްގެންދާ މި މަސައްކަތުގެ ތެރެއިން، ބުރާސްފަތި ދުވަހުގެ ރެއިން ފެށިގެން ރެޔާއި ހަމައަށް ހަތަރު ފުރޮޅުލީ ނުވަ އުޅ... ޔުމްނާ ޢަލީ · 1 މަސް ކުރިން
ބައިނަލްއަގުވާމީ އެމެރިކާއިން މިސްރަށް 300 މިލިއަން ޑޮލަރުގެ އަސްކަރީ އެހީ ދެނީ އިންސާނީ ހައްގުތަކާ ގުޅޭ ޝަރުތުތަކުން އިސްތިސްނާކޮށް، މި އަހަރު މިސްރަށް ދިނުމަށް ހަމަޖެހިފައިވާ އަސްކަރީ އެހީގެ ތެރެއިން 300 މިލިއަން ޑޮލަރު ދޫކުރުމަށް އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ނިންމައިފިއެވެ. މި ނިންމުމާ ގުޅިގެން، މި ފައިސާ ބޭނުންކޮށްގެން އެމެރިކާ އާއި ހުޅަނގުން މާނަކުރާ ”އިންސާނީ ހައްގުތަކަށް އަރައިގަންނަ ކަމެއް ހިންގާތޯ” ބެލުމަށް އާންމުކޮށް ހަދާ އެސެސްމެންޓްތަކަކާ ނުލައި މިސްރަށް މި އެހީ ލިބިގެންދާނެއެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ގައުމީ ސަލާމަތަށްޓަކައި އިސްތިސްނާ ދީފައިވަނީ... ނާޒިމާ އަލީ · 1 މަސް ކުރިން
ކުޅިވަރު ގައުމީ ޓީމަށް އަލްވަދާއު ކިޔުމުގެ މެޗަށް މެސީ އާޖެންޓީނާއަށް ހިނގައްޖެ އާޖެންޓީނާގެ ގައުމީ ފުޓްބޯޅަ ޓީމަށް ކުޅޭ އެންމެ ފަހު މެޗުގައި ބައިވެރިވުމަށްޓަކައި އެ ޓީމުގެ ކެޕްޓަން ލިއޮނަލް މެސީ ހުކުރު ދުވަހު އެނބުރި ގައުމަށް ހިނގައްޖެއެވެ. އޭނާގެ ކެޕްޓަންކަމުގެ ދަށުން 2022 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރި އާޖެންޓީނާގެ ގައުމީ ޓީމަށް އެންމެ ފަހު ފަހަރަށް މެސީ ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ އަންގާރަ ދުވަހު ބުއެނޮސް އައިރިސްގައި ބެނިންއާ ދެކޮޅަށް ކުޅޭ ރަހުމަތްތެރިކަމުގެ މެޗުގައެވެ. މި މެޗާ ގުޅޭގޮތުން އާޖެންޓީނާގެ ފުޓްބޯޅަ އެސޯސިއޭޝަނުން (އޭއެފްއޭ) ބުނީ، […] އަޙްމަދު ވަހީދު · 1 މަސް ކުރިން
ވިޔަފާރި މަނަދޫގައި އެފްއެސްއެމްގެ ފިއުލް ސްޓޭޝަން ރަސްމީކޮށް ހުޅުވައި ޚިދުމަތް ދޭން ފަށައިފި ރާއްޖޭގެ ހުރިހާ އަތޮޅަކުން އެސްޓީއޯގެ ރޭޓުގައި ތެޔޮ ލިބޭ ގޮތް ހެދުމުގެ މަޝްރޫޢުގެ ދަށުން އެސްޓީއޯގެ ދަށުން ހިންގާ ތެޔޮ ކުންފުނި ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އިން ނ. މަނަދޫގައި ގާއިމުކުރި ފިއުލް ޝެޑުން މިއަދު ތެޔޮވިއްކަންފަށައިފިއެވެ. މި ޝެޑް ރަސްމީކޮށް ޚިދުމަތް ދޭން ފަށާފައިވަނީ ރޭ ބޭއްވި ޚާއްޞަ ރަސްމިއްޔާތަކަށް ފަހުގައެވެ. މި ފިއުލް ޝެޑް ރަސްމީކޮށް ހުޅުއްވައިދެއްވީ ރައްޔިތުންގެ މަޖިލީހުގެ މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރަކެވެ. ރޭ މަނަދޫގައި ބޭއްވި މި […] ޔުމްނާ ޢަލީ · 1 މަސް ކުރިން
ކުޅިވަރު އުޕަމެކާނޯ އަށް ރަތް ކާޑު ދެއްކި ފޯރިގަދަ ކުރިމަތިލުމުން ފްރާންސާއި އިޓަލީ އެއްވަރު ޔުއެފާ ނޭޝަންސް ލީގުގެ ގްރޫޕް އޭ1 ގައި ފްރާންސްގެ ސްޓޭޑް ޑި ފްރާންސްގައި ކުޅުނު ފޯރިގަދަ މެޗުން، 10 ކުޅުންތެރިންނަށް މަދުވި ފްރާންސާއި އިޓަލީ 1-1 ގެ ނަތީޖާއަކުން އެއްވަރުވެއްޖެ އެވެ. ފްރާންސްގެ ކޯޗުކަމާ ހަވާލުވި ފަހުން ޒައިނުއްދީން ޒިދާން އަމިއްލަ ގައުމުގައި ކޯޗުކޮށްދިން ފުރަތަމަ މެޗުގައި ފްރާންސުން ލީޑު ނަގާފައިވަނިކޮށް، އިޓަލީން ވަނީ ފަހަތުން އަރައި ނަތީޖާ ހަމަހަމަކޮށްފަ އެވެ. މިއާއެކު ޒިދާންގެ އިރުޝާދުގެ ދަށުން ޖެހިޖެހިގެން ތިންވަނަ މޮޅު ހޯދުމަށް ފްރާންސް ކުރި އުއްމީދުތަކަށް […] އަޙްމަދު ވަހީދު · 1 މަސް ކުރިން
ތިލަދުންމަތީ ޚަބަރު ''ދިއްދޫ ވެޓަރަންސް ފުޓްބޯޅަ މުބާރާތް 2026'' ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި"" ހއ. ދިއްދޫ ކައުންސިލުން އިންތިޒާމުކޮށްގެން ދޮށީ އުމުރުފުރާތަކުގެ ފިރިހެނުންނަށް ޚާއްޞަކޮށްގެން ބާއްވާ “ހއ. ދިއްދޫ ވެޓަރަންސް ފުޓްބޯޅަ މުބާރާތް 2026” ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. ދިއްދޫގައި ރަޖިސްޓްރީކޮށް، ހިންގަމުންދާ ކްލަބް ޖަމްޢިއްޔާތަކާއި ދިއްދޫގެ ހަރު އުމުރުގެ ރައްޔިތުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކޮށް، އިޖްތިމާޢީ ގުޅުން ބަދަހިކުރުމާއި، ކުޅިވަރުގެ ރޫޙު އާލަކޮށް ދެމެހެއްޓުމުގެ މައިގަނޑު މަޤްޞަދުގައި ކުރިއަށް ގެންދާ މި މުބާރާތުގައި ބައިވެރިވެވޭނީ، މިނިސް... ފާތިމަތު ސަޙާ · 1 މަސް ކުރިން