ބައިނަލްއަގުވާމީ ފްލައިދުބާއީގެ ފްލައިޓުގައި ހިނގީ ޓެރަރިސްޓް އަމަލެއް، ކޯ-ޕައިލެޓް ކެޕްޓަނަށް ހަމަލާދިނީ ފުރޯއަކުން: ޔޫއޭއީ ފްލައިދުބާއީގެ ފްލައިޓެއްގެ ކޮކްޕިޓް ތެރޭގައި މި ހަފުތާގެ ކުރީކޮޅު ހިނގައިދިޔަ އަނިޔާވެރި ހާދިސާއަކީ އެ ފްލައިޓުގެ ކޯ-ޕައިލެޓް ހިންގަން އުޅުނު “ޓެރަރިސްޓް އަމަލެއް” ކަމަށާއި، އޭނާ ކެޕްޓަނަށް ހަމަލާދިނީ ކޮކްޕިޓުގައި އޮތް ފުރޯއަކުން ކަމަށް ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ) އިން ކުރިއަށްގެންދިޔަ ތަހުގީގަށްފަހު ބުނެފިއެވެ. ޔޫއޭއީގެ އެޓާނީ ޖެނެރަލް ޙަމަދު ސައިފް އަލް-ޝަމްސީއާ ހަވާލާދީ އެ ގައުމުގެ ދައުލަތުގެ ނިއުސް އެޖެންސީ “ވަމް” އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ބުދަ ދުވަހު ހިނގި މި ހާދިސާގައި ކޯ-... ނާޒިމާ އަލީ · 1 މަސް ކުރިން
ކުޅިވަރު ފަލަސްތީނަށް ތާއީދުކުރާތީ އިޒްރޭލު ނޫސްވެރިން އަޔަލެންޑް ކޯޗާ ދިމާކުރުމުން ޕްރެސް ހޫނުވެ މެދުކަނޑާލައިފި ޔުއެފާ ނޭޝަންސް ލީގުގައި އިޒްރޭލާ ދެކޮޅަށް ކުޅޭ ފުޓްބޯޅަ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ފަލަސްތީނުގެ މައްސަލައިގައި އަޔަލެންޑުން ގެންގުޅޭ ވިސްނުމާ ގުޅުވައިގެން އިޒްރޭލުގެ ނޫސްވެރިން އެ ގައުމުގެ ކޯޗު ހެއިމިރ ހަލްގްރިމްސަންއަށް ބަހުގެ ހަމަލާތަކެއް ދިނުމުން ބައްދަލުވުން ހޫނުވެ، ކުއްލި ގޮތަކަށް މެދުކަނޑާލައިފިއެވެ. މި މެޗާ ދެކޮޅަށް ސިޔާސީ ގޮތުންނާއި އާންމުންގެ މެދުގައި ބޮޑެތި އިހުތިޖާޖުތަކެއް ހިނގަމުންދާ ދަނޑިވަޅެއްގައި ބޭއްވި މި ޕްރެސް ކޮންފަރެންސް ހޫނުވީ އިޒްރޭލު މީޑިއާގެ ފަރާ... އަޙްމަދު ވަހީދު · 1 މަސް ކުރިން
ވިޔަފާރި ރާއްޖެއަށް ޒިޔާރަތްކުރުމުގެ އަހަރުގެ ކެމްޕެއިން ލޯންޗުކޮށް، ކައުންސިލްތަކަށް ވެސް އެވޯޑަށް ކުރިމަތިލެވޭ ގޮތް ހަދައިފި އަންނަ އަހަރު ފާހަގަކުރުމަށް ހަމަޖެހިފައިވާ “ވިޒިޓް މޯލްޑިވްސް އިޔަރ” ނުވަތަ ރާއްޖެއަށް ޒިޔާރަތްކުރުމުގެ އަހަރުގެ ކެމްޕެއިން ރަސްމީކޮށް އިފްތިތާޙުކޮށްފިއެވެ. ޤައުމީ ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތުގެ ތެރެއިން މި ކެމްޕެއިން އިފްތިތާޙުކުރުމާއެކު، ކެމްޕެއިންގެ ރަސްމީ ލޯގޯ އާއި ރަސްމީ ލަވަ އަދި ބްރޭންޑިން ވަނީ އާންމުކޮށް ދައްކާލާފައެވެ. މި ކެމްޕެއިން ރަސްމީކޮށް އިފްތިތާޙުކޮށްދެއްވީ ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން އަދި މި ރަސްމިއްޔާތ... ޔުމްނާ ޢަލީ · 1 މަސް ކުރިން
ވިޔަފާރި އަމީނީ މަގުން މަރާމާތުކުރި ބައި ހުޅުވާލައި، ސެގްމަންޓް 3 ގެ މަސައްކަތަށް ތައްޔާރުވެއްޖެ އަމީނީ މަގުގައި މަރާމާތުކުރި ސަރަޙައްދު އާންމު ދަތުރުފަތުރަށް އަލުން ހުޅުވާލާފައިވާ ކަމަށް ބިނާރާއި ގެދޮރުވެރިކަމާ ޢުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ބުނެފިއެވެ. މި މަސައްކަތުގެ ތެރެއިން ދެ ސެގްމަންޓެއްގެ މަރާމާތު މިހާރު ނިންމާލާފައިވާއިރު، ދެން ފެށުމަށް ހަމަޖެހިފައިވަނީ ސެގްމަންޓް ތިނެއްގެ މަސައްކަތެވެ. އަމީނީ މަގު މަރާމާތުކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ ޖޫން މަހުގެ 15 ވަނަ ދުވަހުއެވެ. މި މަޝްރޫޢުގެ ދަށުން ފުރަތަމަ ކުރިއަށްގެންދިޔަ ދެ ސެގްމަންޓް ނިންމައި މިހާރު ވަނީ އާންމުނ... ޔުމްނާ ޢަލީ · 1 މަސް ކުރިން
ވިޔަފާރި އެންމެ ދެކުނުގެ ދެ ސިޓީގެ ފެނާއި ނަރުދަމާގެ ނިޒާމު އެމްޑަބްލިއުއެސްސީން ރަސްމީކޮށް ހިންގަން ފަށައިފި އައްޑޫ ސިޓީއާއި ފުވައްމުލައް ސިޓީގެ ފެނާއި ނަރުދަމާގެ ޚިދުމަތް މާލެ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން ރަސްމީކޮށް ހަވާލުވެ، އެ ޚިދުމަތްތައް ހިންގަން ފަށައިފިއެވެ. އެމްޑަބްލިއުއެސްސީން މި ދެ ސިޓީގެ ފެނާއި ނަރުދަމާގެ އެންމެހައި ޚިދުމަތްތަކާ ރަސްމީކޮށް ހަވާލުވެފައިވަނީ މި ހިނގާ އޮކްޓޫބަރު މަހުގެ 1 ވަނަ ދުވަހުއެވެ. އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރު ހުސެއިން ފަހުމީ ވިދާޅުވީ، މި ބަދަލަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ކޯޕަރޭޓް ދާއިރާ އިޞްލާޙުކުރ... އަޙްމަދު ވަހީދު · 1 މަސް ކުރިން
ކުޅިވަރު ކްރޮއޭޝިއާ ދަނޑުގައި 7-0 އިން އެގައުމު ''ފުނޑާލައި'' އިންގްލެންޑުން ވަރުގަދަ އިންޒާރެއް ދީފި ޔުއެފާ ނޭޝަންސް ލީގުގައި ހޮނިހިރު ދުވަހު ކުޅުނު މެޗުގައި ކްރޮއޭޝިއާގެ މައްޗަށް 7-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ކުރިހޯދައި، ކޯޗު ތޯމަސް ޓުޗެލްގެ އިރުޝާދުގެ ދަށުން ކުޅޭ އިންގްލެންޑުން ވަރުގަދަ ކުޅުމެއް ދައްކައިފިއެވެ. ކްރޮއޭޝިއާގެ ރިޔޭކާގައި ކުޅުނު މި މެޗުގައި ކެޕްޓަން ހެރީ ކޭން އަދި ބުކާޔޯ ސަކާ ކުރެ ކޮންމެ ކުޅުންތެރިއަކު ދެ ލަނޑު ޖެހިއިރު، މިއީ އެ ޓީމުން ނޭޝަންސް ލީގު ގްރޫޕްގައި ކުޅުނު ތިން މެޗުގެ ތެރެއިން ހޯދި ދެވަނަ މޮޅެވެ. […] އަޙްމަދު ވަހީދު · 1 މަސް ކުރިން
ތިލަދުންމަތީ ޚަބަރު ނޮޅިވަރަންފަރުގެ ''މަދަހަވީ ބަހާރު''ގެ ފަޚުރުވެރި 1ވަނަ ރިޔާޟަށް؛ ގްރޫޕް މަދަހައިގެ 1ވަނަ މުސްތަރީއަށް ނޮޅިވަރަންފަރު ކައުންސިލާއި، އެ ރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ (އތމކ) އަދި ނޮޅިވަރަންފަރު ސްކޫލް ގުޅިގެން ކުރިއަށްގެންދިޔަ “މަދަހީ ބަހާރު”ގެ ވަކިވަކި މަދަހައިގެ ބައިން ފަޚުރުވެރި 1 ވަނަ އެ ރަށު ޓިޔުލިޕް މުޙައްމަދު ރިޔާޟަށް ލިބުނު އިރު މުޅި މުބާރާތުގެ ގުރޫޕް މަދަހައިގެ ބައިން 1 ވަނަ ހޯދާފައިވަނީ މުސްތަރީއެވެ. މި މުބާރާތުގެ ވަކިވަކި މަދަހައިގެ ބައިން މުޅި މުބާރާތުން 2 ވަނަ އާޞިމް މުޙައްމަދަށް ލިބިފައިވާއިރު 3 ވަނަ ހޯދާފައިވަނީ ސިމާނާ ޙުސައިނެވެ. […] ފާތިމަތު ސަޙާ · 1 މަސް ކުރިން
ކުޅިވަރު އިންޑިއާ އަތުން ބްރެޒިލް މޮޅުވީ 4-0 އިން، މެޗަށްފަހު ކުޅުންތެރިން ދިޔައީ ވިނީޝިއަސް ފަހަތުން ފޮޓޯ ނަގަން ބްރެޒިލްއާ ދެކޮޅަށް ކުޅުނު މެޗުން އިންޑިއާގެ ގައުމީ ފުޓްބޯޅަ ޓީމު 4-0 ގެ ނަތީޖާއަކުން ބަލިވި ނަމަވެސް، މެޗު ނިމުމާ އެކު އިންޑިއާގެ ގާތްގަނޑަކަށް ހުރިހާ ކުޅުންތެރިންހެން ވަނީ ބްރެޒިލްގެ ތަރި ވިނީޝިއަސް ޖޫނިއާއާ އެކު ފޮޓޯ ނެގުމަށް އޭނާގެ ފަހަތުން ގޮސްފައެވެ. ދުނިޔޭގެ ފުޓްބޯޅައިގެ ގަދަބާރެއް ކަމަށްވާ ބްރެޒިލްގެ ކުޅުންތެރިން ފެނުނީ މުޅި މެޗުގައި ވެސް ވަރަށް ޕްރޮފެޝަނަލް ކޮށެވެ. މެޗު ނިމުމަށް ފަހު ދެ ޓީމުގެ ކުޅުންތެރިން އެކަކު އަނެކަކާ ސަލާމްކޮށް ގިނަ އަދަދެއްގެ […] ޔުމްނާ ޢަލީ · 1 މަސް ކުރިން
ތިލަދުންމަތީ ޚަބަރު ޓެސްޓު ހަދަން އެހެން ރަށްރަށަށް ދިއުން ނިމުމަކަށް، ޅައިމަގުގައި ލެބޯޓަރީގެ ޚިދުމަތް ފަށައިފި ށ. ޅައިމަގު ޞިއްޙީ މަރުކަޒުގައި ލެބޯޓަރީގެ ޚިދުމަތް ރަސްމީކޮށް މިއަދު ފަށައިފިއެވެ. މި ޚިދުމަތް އެ ރަށުގައި ރަސްމީކޮށް ފައްޓަވައިދެއްވީ ޞިއްޙަތާއި ޢާއިލާއާއި އިޖްތިމާޢީ އެހީއާއި ބެހޭ ވަޒީރު ޤީލާ ޢަލީއެވެ. ޅައިމަގު ޞިއްޙީ މަރުކަޒުގައި މި ޚިދުމަތް ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި، ވަޒީރު ޤީލާ ޢަލީގެ އިތުރުން ޞިއްޙީ ވުޒާރާގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ޅައިމަގު ކައުންސިލްގެ އިސްވެރިންނާއި، އެ ރަށު ޞިއްޙީ މަރުކަޒުގެ އިސްވެރިން ވެސް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވ... ފާތިމަތު ސަޙާ · 1 މަސް ކުރިން
ތިލަދުންމަތީ ޚަބަރު ވައިކަރަދޫ ޔޫތު ކްލަބްގެ "ޖާޑިކަޕް" 14 އަހަރަށްފަހު އަލުން ބާއްވަނީ ހދ. ވައިކަރަދޫ “ޖާޑިކަޕް” 14 އަހަރުގެ މެދުކެނޑުމަކަށްފަހު، ފުޓްސަލް މުބާރާތެއްގެ ގޮތުގައި އަލުން ބާއްވަން ނިންމައި، މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. ޖާޑިކަޕަކީ، 2000 ވަނަ އަހަރުން ފެށިގެން، ގިނަ އަހަރުތަކެއް ވަންދެން ވައިކަރަދޫގައި ކުރިއަށްދިޔަ އެންމެ ފޯރިގަދަ ފުޓްބޯޅަ މުބާރާތެވެ. އެންމެ ފަހުން ޖާޑިކަޕް ފުޓްބޯޅަ މުބާރާތް ބާއްވާފައިވަނީ 2012ވަނަ އަހަރެވެ. ވީއައިސީގެ ޗެއަރމަން އަޙްމަދު ވަޙީދު “ތިލަދުން”އަށް ވިދާޅުވީ، ފުޓްސަލް މުބާރާތެއްގެ ގޮތުގައި، 16 އަހަރުން ދަށުގެ ކުދިންނ... ފާތިމަތު ސަޙާ · 1 މަސް ކުރިން
ކުޅިވަރު ޗައިނާގެ އަމިއްލަ ދަނޑުގައި 5-0 އިން ބަލިކޮށް ފަލަސްތީނުން ދުނިޔެ ސިއްސުވާލައިފި ޗައިނާގެ ޗޮންގްޗިންގް ލޮންގްޒިންގް ސްޓޭޑިއަމްގައި ހުކުރު ދުވަހު ކުޅުނު އެކުވެރިކަމުގެ މެޗުގައި، އެ ގައުމުގެ އަމިއްލަ ދަނޑުގައި 5-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ޗައިނާ ބަލިކޮށް ފަލަސްތީނުގެ ގައުމީ ޓީމުން ބޮޑު މޮޅެއް ހޯދައިފިއެވެ. މި ކާމިޔާބީއާއެކު ފަލަސްތީނުން ވަނީ ޗައިނާގައި ކުރިއަށްގެންދިޔަ “ފިދާއީ” ތަމްރީނު ކޭމްޕް ނިންމާލައި، އޭޝިއަން ފުޓްބޯލް ކޮންފެޑެރޭޝަން (އޭއެފްސީ) ގެ ކުރިއަށް އޮތް ބޮޑެތި މުބާރާތްތަކަށް ވަރުގަދައަށް ތައްޔާރުވެފައިވާކަން ސާބިތުކޮށްދީފައެވެ. މެޗުގެ ފުރަތަމަ ހާފުގައި ފަލަސްތީނ... ނާޒިމާ އަލީ · 1 މަސް ކުރިން
ރާއްޖެ ފައްޔާޟުގެ ހުށަހެޅުން ފާސްކޮށްފި؛ އެމްޑީޕީގެ އެންމެ ބާރުގަދަ މަގާމަކަށް ދެން ޗެއާޕާސަން އެމްޑީޕީގެ ރައީސާއި ނައިބު ރައީސްގެ މަގާމު އުވާލައި، އެ ޕާޓީގެ އެންމެ އިސް މަގާމުގެ ގޮތުގައި ޗެއާޕާސަންގެ މަގާމު ހަމަޖެއްސުމަށް އެ ޕާޓީގެ އަސާސީ ގަވާއިދަށް ހުށަހެޅި އިސްލާހުތައް ބޮޑު އަގުލަބިއްޔަތަކުން ފާސްކޮށްފިއެވެ. އަސާސީ ގަވާއިދަށް މި ބަދަލުތައް ގެނައުމަށް ހުށަހެޅުއްވީ އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޟު އިސްމާއީލެވެ. މާލޭ ސިޓީ ކައުންސިލުގެ ހޯލުގައި ކުރިއަށްދިޔަ އެމްޑީޕީގެ ކޮންގްރެސްގައި އެ އިސްލާހުތަކާ މެދު ބަހުސްކުރުމަށް ފަހު ނެގި ވޯޓުގައި، ފައްޔާޟު ހުށަހެޅުއްވި އިސްލާހުތައް ފާސްކުރަން 54... އަލީ އާދިލް · 1 މަސް ކުރިން
ރާއްޖެ ޒަކާތު ފައިސާ ބަލަހައްޓަނީ އެމްއެމްއޭއިން، ޚަރަދުކުރަނީ ދެފުށް ފެންނަ ގޮތަށް: ޝަހީމް ދިވެހިރާއްޖޭގެ ޒަކާތުގެ ނިޒާމަކީ ޤާނޫނަކުން ރައްކާތެރިކަން ލިބިފައިވާ، ހަރުދަނާ އުޞޫލުތަކެއްގެ މައްޗަށް އާރާސްތުކުރެވިފައިވާ ނިޒާމެއް ކަމަށާއި، ޒަކާތު ފައިސާ ބަލަހައްޓަމުންދަނީ މަރުކަޒީ ބޭންކް (އެމްއެމްއޭ) އިން ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ، މިއަހަރުގެ މިހާތަނަށް މުދަލު ޒަކާތުގެ ގޮތުގައި ބަލައިގަތް ފައިސާގެ ޢަދަދު، ވޭތުވެދިޔަ 2025ވަނަ އަހަރު މުޅިއެކު ލިބުނު ޖުމުލަ ޢަދަދަށް ވުރެ އިތުރުވުމާ ގުޅިގެން މީ... ޔުމްނާ ޢަލީ · 1 މަސް ކުރިން
ރާއްޖެ ދެ ވެރިންގެ ނިޒާމަކަށް މަގުފަހިކުރާ 'ބޮޑު ބަދަލު' ކަރުދާސް އެމްޑީޕީ ކޮންގްރެސްއިން ފާސްކޮށްފި ދައުލަތުގެ އެންމެ މަތީ ވެރިޔާއާއި ސަރުކާރުގެ ވެރިޔަކީ ވަކި ދެ މަގާމެއްގެ ގޮތުގައި ކަނޑައެޅުން ހިމެނޭ ގޮތަށް، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް އިއުލާންކުރައްވާފައިވާ އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ކުރީގެ އެކޮނޮމިކް މިނިސްޓަރު ފައްޔާޟު އިސްމާއީލާއި އެ ޕާޓީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުށަހެޅުއްވި ‘ބޮޑު ބަދަލު’ ގަރާރު އެމްޑީޕީގެ ކޮންގްރެސްއިން މިއަދު ފާސްކޮށްފިއެވެ. މިހާރު ކުރިއަށްދާ އެމްޑީޕީގެ ކޮންގްރެސްގައި މި ގަރާރު ފާސްވީ ވޯޓުގައި ބައިވެރިވެ... ޔުމްނާ ޢަލީ · 1 މަސް ކުރިން
ތިލަދުންމަތީ ޚަބަރު ކޭއާރްއެޗުގެ އައު ޓާޝަރީ އިމާރާތާ ގުޅޭގޮތުން ސަރުކާރުގެ އިސް ވަފުދަކާއެކު މަޝްވަރާކޮށްފި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރްއެޗް) ގެ ސީނިއާ މެނޭޖްމަންޓް ޓީމުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޓާޝަރީ ހެލްތު ސާވިސަސް މުޙައްމަދު ޠަލާލް ހިމެނިވަޑައިގަންނަވާ ގޮތަށް ސަރުކާރުގެ މަތީ ފަންތީގެ ވަފުދަކަށް މަރުހަބާ ދަންނަވައި، މަޝްވަރާތަކެއް ބާއްވައިފިއެވެ. މި ވަފުދުގައި ޕްރިންސިޕަލް ސެކްރެޓަރީ މުޙައްމަދު ޠަލާލްގެ އިތުރުން ޑެޕިއުޓީ މިނިސްޓަރު އަޙްމަދު ޙަމްދާން، ޑެޕިއުޓީ މިނިސްޓަރު ސަމާހާ އިބްރާހީމް، ސިވިލް އިންޖިނިއަރު އިސްމާޢީލް ޝިހާބް އަދި... ފާތިމަތު ސަޙާ · 1 މަސް ކުރިން