ރާއްޖެ 2040 ގެ ތަޞައްވުރު ޙަޤީޤަތަކަށް ހެދުމުގައި ދަސްވެނީންގެ ދައުރު ބޮޑު: ނައިބު ރައީސް ދަސްވެނީންނަށް ލިބިފައިވާ ޢިލްމާއި ހުނަރުގެ އަލީގައި ޤައުމަށް ބޭނުންތެރި ދާއިރާތަކަށް އީޖާދީ ވިސްނުންތައް ހޯއްދަވައިދެއްވުމަށް ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފް އެދިވަޑައިގެންފިއެވެ. އެމަނިކުފާނު މިފަދައިން އެދިވަޑައިގެންނެވީ ރޭ ބޭއްވި ވިލާ ކޮލެޖުގެ “ސްޓޫޑެންޓް އެޗީވްމަންޓް އެވޯޑްސް 2026” ޙަފުލާ ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ. ނައިބު ރައީސްގެ ވާހަކަފުޅުގައި، ދިވެހިރާއްޖެއަކީ ފުރިހަމައަށް ތަރައްޤީވެފައިވާ ޤައުމެއްގެ ގޮތުގައި ފެނިގެންދިޔުމަކީ އެންމެހާ ދިވެހި ރައްޔިތުންގެވެ... ޔުމްނާ ޢަލީ · 1 މަސް ކުރިން
ތިލަދުންމަތީ ޚަބަރު ބޮޑު މޮޅަކާއެކު ނައިވާދޫ ފައިނަލަށް، ދެވަނަ ޖާގައަށް އިހަވަންދޫ އާއި ކަނޑިތީމުގެ ކުރިމަތިލުމެއް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބާއްވާ “ފުޓްސަލް ޒޯން ޗެމްޕިއަންޝިޕް 2026” ގެ ނޯތު ޒޯން 1 ގައި ހޮނިހިރު ދުވަހު ކުޅުނު މެޗުތަކަށް ފަހު، ނައިވާދޫން ފައިނަލުގެ ޖާގަ ކަށަވަރުކޮށް، ފިއްލަދޫ މުބާރާތުން ވަކިވެއްޖެއެވެ. މި މުބާރާތުގައި ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗުގައި ކަނޑިތީމާ ވާދަކޮށް ނައިވާދޫން ވަނީ 0-5 ގެ ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވެފައެވެ. މި ކާމިޔާބީއާއެކު އެ ޓީމު މިހާރު ވަނީ ފައިނަލުގެ ފުރަތަމަ ޖާގަ ހޯދާފައެވެ. […] ފާތިމަތު ސަޙާ · 1 މަސް ކުރިން
ރާއްޖެ މާލޭ ގެއަކުން 1،700 އަށް ވުރެ ގިނަ ބަނގުރާ ފުޅިއާއެކު ދެ ބިދޭސީން އަތުލައިގެންފި މާލޭގައި ފުޅާ ދާއިރާއެއްގައި ބަނގުރަލުގެ ވިޔަފާރިކުރަމުން ދިޔަ ދެ ބިދޭސީއަކު، 1،700 އަށް ވުރެ ގިނަ ބަނގުރާ ފުޅިއާއެކު ފުލުހުން ހިންގި އޮޕަރޭޝަނެއްގައި އަތުލައިގެންފިއެވެ. އެ ދެ މީހުން ހައްޔަރުކޮށްފައިވަނީ ގަވާއިދާ ހިލާފަށް ބަނގުރާ ގެންގުޅެ، އޭގެ ވިޔަފާރިކުރުމާއި، މަސްތުވާތަކެއްޗާއި ބަނގުރާ ބޭނުންކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެންނެވެ. މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ އިންޑިއާއަށް ނިސްބަތްވާ އުމުރުން 44 އަހަރުގެ ޕެރުމަލް މަޔަވަން އަދި ސްރީލަންކާއަށް ނ... ޝިއުނާ އާދަމް · 1 މަސް ކުރިން
ރާއްޖެ ކުރީގެ އެސްޖީ ޝަމްޢޫން ޙަމީދު އެޗްއާރްސީއެމްގެ މެންބަރުކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) ގެ މެންބަރުކަމުގެ މަޤާމަށް، އެ ކޮމިޝަނުގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް ހ. މީނާޒް، ޝަމްޢޫން ޙަމީދު، މިއަދު ޢައްޔަންކުރައްވައިފިއެވެ. މި މަޤާމަށް ޝަމްޢޫން ޢައްޔަން ކުރެއްވުމަށްޓަކައި ޚާއްޞަ ރަސްމިއްޔާތެއް ބާއްވަވާފައިވަނީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. މި ރަސްމިއްޔާތުގައި ޝަމްޢޫން ޙަމީދު ވަނީ ހިއުމަން ރައިޓްސް ކޮމިޝަނުގެ މެންބަރު ކަމުގެ ހުވައި ކުރައްވާފައެވެ. ޝަމްޢޫން ޙަމީދަށް އެޗްއާރް... ޔުމްނާ ޢަލީ · 1 މަސް ކުރިން
ކުޅިވަރު އާޖެންޓީނާ ހުއްޓުވުމެއް ނެތް، ބުރުކީނާ ފާސޯ ކޮޅަށް 7 ލަނޑުގެ ވިއްސާރައެއް ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗުގައި ރޭ ފެނިގެންދިޔަ މޮޅު ކުޅުމާއެކު، ބުރުކީނާ ފާސޯގެ މައްޗަށް 7-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން އާޖެންޓީނާ ފުރިހަމަ ކާމިޔާބީއެއް ހޯދައިފިއެވެ. އަމިއްލަ ދަނޑު ކަމަށްވާ އެސްޓާޑިއޯ މޮނިއުމެންޓަލްގައި ކުޅުނު މި މެޗުގައި ދުނިޔޭގެ ޗެމްޕިއަން އާޖެންޓީނާއިން ވަނީ ހަމަލާތަކުން ފުރިގެންވި މޮޅު ކުޅުމެއް އެ ޓީމުގެ ސަޕޯޓަރުންގެ ކުރިމަތީގައި ދައްކާލައިފައެވެ. މިއީ ބައިނަލްއަގުވާމީ މި ބްރޭކުގައި އާޖެންޓީނާ ކުޅުނު އެކުވެރިކަމުގެ ދެވަނަ މެޗެވެ. މި ބްރޭކުގެ ފުރަތަމަ މެޗުގައި ބޮލ... އަޙްމަދު ވަހީދު · 1 މަސް ކުރިން
ކުޅިވަރު ޔަމާލްގެ ޖާދޫ އަނެއްކާވެސް ދައްކާލައިފި، ސްޕެއިނުން ބަލިނުވެ 40 މެޗު ހަމަކޮށްފި ޔުއެފާ ނޭޝަންސް ލީގުގައި ހޮނިހިރު ދުވަހު އަމިއްލަ ދަނޑުގައި ޗެކިއާގެ މައްޗަށް 3-1 އިން ހޯދި މޮޅާއެކު، ބަލިނުވެ ސްޕެއިނުން ޖެހިޖެހިގެން 40 މެޗު ހަމަކޮށްފިއެވެ. މި މެޗުގައި ސްޕެއިންގެ ޒުވާން ތަރި ލަމީން ޔަމާލް ވަނީ މެޗު ފެށިގެން މާގިނައިރުތަކެއް ނުވަނީސް ހިތްގައިމު ލަނޑެއް ޖަހައި، ކުރީކޮޅު ލަނޑު ޖެހުމުގެ ސިލްސިލާ ދަމަހައްޓައިފައެވެ. މެޗުގެ ހަވަނަ މިނެޓުގައި ޔަމާލް މި ލަނޑު ކާމިޔާބުކުރީ ކަނާތްފަރާތު އަރިމަތިން އެތެރެއަށް ވަދެ، ވާތު ފައިން ފޮނުވާލި ބާރު އަދި […] އަޙްމަދު ވަހީދު · 1 މަސް ކުރިން
ވާހަކަ ސިލްސިލާ ވާހަކަ: ލޯބިވޭ ނިހާޔަތަށް (29) ސެޕްޓެމްބަރު 30 އަދަދާއި ގުޅޭ: އާއިޒް މާޔާއަށް ގޮވަމުން ބާރަށް ހިނގައިގަތް ނަމަވެސް، އޭނާއަށް އެ ހިސާބަށް ދެވުމުގެ ކުރިން މާޔާ ކާރަށް އަރައި ދޮރު ޖަހައިފިއެވެ. ކާރު ދުއްވާލި ވަގުތު، ކާރުގެ ބިއްލޫރިގަނޑުން މާޔާގެ ރޮވިފައިވާ މޫނު ފެނި، އާއިޒް ވަރަށް ބޮޑަށް ދެރަވެއްޖެއެވެ. ދެން އާއިޒް އަވަސްވެގަތީ މާޔާއަށް ގުޅައިގެން ވާހަކަ ދެއްކުމަށެވެ. ބާރުދުވެލީގައި ދިޔަ ކާރާ ދިމާލަށް ބަލަހައްޓައިގެން ހުރެ، އޭނާ މާޔާއަށް ގުޅަމުން ދިޔައީ ހާސްހިތަކައިގެންނެވެ. ނަމަވެސް މާޔާ ފޯނެއް ނުނެގިއެވެ. […] ސަލާމާ ޢަބްދުލް ޢަލީމް · 1 މަސް ކުރިން
ވިޔަފާރި 6000 އަށްވުރެ ގިނަ އުފެއްދުމާއެކު ބާއްވާ "އުފެއްދުންތެރިކަމުގެ މަޢުރަޒު 2026" ލޯންޗުކޮށްފި ދިވެހި އުފެއްދުންތެރިންގެ 6،000 އަށްވުރެ ގިނަ އުފެއްދުމާއެކު ބާއްވާ “ދިވެހިންގެ އުފެއްދުންތެރިކަމުގެ މަޢުރަޒު 2026″، “ރެޑީ ސެޓް މަޢުރަޒު 26” ގެ ނަމުގައި ކުރިއަށްގެންދިޔަ ޚާއްސަ ހަރަކާތުގެ ތެރެއިން ރަސްމީކޮށް ރޭ އިފްތިތާޙުކޮށްފިއެވެ. އިޤުތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާއާއި، ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) ގުޅިގެން ކުރިއަށްގެންދިޔަ މި ހަރަކާތުގައި މަޢުރަޒުގެ ރިވީލިންގ ވީޑިއޯއެއް ވަނީ ދައްކާލާފައެވެ. މި ވީޑިއޯގައި މިއަހަރުގެ އެކްސްޕޯ އާންމުންނަށް ފެންނާނެ ގޮތުގެ ނަމޫނ... ޔުމްނާ ޢަލީ · 1 މަސް ކުރިން
ރާއްޖެ ''ބޮޑު ބަދަލު'' ގަރާރާއި ޗެއާޕާސަނަށް ދިން ބާރުތަކާއެކު އެމްޑީޕީގެ 5 ވަނަ ކޮންގްރެސް ނިންމާލައިފި ދައުލަތުގެ އެންމެ މަތީ ވެރިޔާއާއި ސަރުކާރުގެ ވެރިޔަކީ ވަކި ދެ މަގާމެއްގެ ގޮތުގައި ކަނޑައެޅުން ހިމެނޭ ގޮތަށް، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް އިއުލާންކުރައްވާފައިވާ އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ކުރީގެ އެކޮނޮމިކް މިނިސްޓަރު ފައްޔާޟު އިސްމާއީލާއި އެ ޕާޓީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުށަހެޅުއްވި “ބޮޑު ބަދަލު” ސިޔާސަތާއި ގުޅޭ ގަރާރު ފާސްކޮށް، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ފަސްވަނަ ކޮންގްރެސް ރޭ ނިންމާލައިފި އެވެ. މި […] ޔުމްނާ ޢަލީ · 1 މަސް ކުރިން
ރާއްޖެ ރައީސްގެ މަގާމު އުވާލުމަށްފަހު ބާއްވާ އެމްޑީޕީގެ ފުރަތަމަ އިންތިހާބު ނޮވެމްބަރު 27 ގައި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ގައުމީ މަޖިލީހުގެ އިންތިހާބު މިއަހަރުގެ ނޮވެމްބަރު މަހުގެ 27 ވަނަ ދުވަހު ބޭއްވުމަށް ރަސްމީކޮށް ނިންމައި އިއުލާނު ކޮށްފިއެވެ. މިއީ އެ ޕާޓީގެ އިސް މަގާމުތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ޕާޓީގެ ރައީސްގެ މަގާމު އުވާލި ފަހުން ބާއްވާ ފުރަތަމަ ގައުމީ މަޖިލީހުގެ އިންތިހާބެވެ. އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބު އަންނަ ނޮވެމްބަރު މަހުގެ 27 ގައި ބާއްވާނެކަން ރަސްމީކޮށް އިއުލާނު ކުރެއްވީ “އެމްޑީޕީ ކޮންގްރެސް 2026” ނިންމުމުގެ ރަސްމިއްޔާތުގައި […] ޔުމްނާ ޢަލީ · 1 މަސް ކުރިން
ކުޅިވަރު ކޮންމެ ގޮތެއް ވިޔަސް ރޮނާލްޑޯ އަކީ އަބަދުވެސް ޕޯޗުގަލްގެ އެންމެ ބޮޑު ރަމްޒު: ބްރޫނޯ މެޗެއްގެ ފުރަތަމަ އެގާރައިގައި ނުހިމެނޭކަން އެނގުމުން ސްކޮޑް ދޫކޮށް ދިޔަ ނަމަވެސް، ކްރިސްޓިއާނޯ ރޮނާލްޑޯ އަކީ އަބަދުވެސް އެ ގައުމުގެ ފުޓްބޯޅައިގެ އެންމެ ބޮޑު ރަމްޒު ކަމަށް ޕޯޗުގަލްގެ މިޑްފީލްޑަރު ބްރޫނޯ ފެނާންޑޭޒް ބުނެފިއެވެ. އޭނާ މިހެން ބުނީ ނޭޝަންސް ލީގުގައި ނޯވޭއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން، ގައުމީ ޓީމާއި ސަޕޯޓަރުންގެ މެދުގައި އެއްބައިވަންތަކަން ދެމެހެއްޓުމަށް ގޮވާލަމުންނެވެ. އުމުރުން 41 އަހަރުގެ ރޮނާލްޑޯ ޕޯޗުގަލް ސްކޮޑް ދޫކޮށް ދިޔަކަން ހާމަކުރީ މިދިޔަ ބުދަ ދުވަހުއެވެ. އޭނާ […] އަޙްމަދު ވަހީދު · 1 މަސް ކުރިން
ތިލަދުންމަތީ ޚަބަރު ފުނަދޫ ''ސެންޓްރަލް ސްކެއަރ–ފޭސް 01''ގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަނީ ށ. ފުނަދޫ ކައުންސިލުން އެރަށުގައި ތަރައްޤީކުރުމަށް ނިންމާފައިވާ “ސެންޓްރަލް ސްކެއަރ” ޕާކުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އެ ކައުންސިލުން އިޢުލާނުކޮށްފިއެވެ. މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމުގެ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ 05 އޮކްޓޯބަރ 2026 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 13:00 ގައި ފުނަދޫ ކައުންސިލް އިދާރާގައިކަމަށް އެ ކައުންސިލުން މައުލޫމާތުދެއެވެ. މީގެއިތުރުން މި މަޝްރޫޢަށް އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 08 އޮކްޓޯބަރ 2026 ވ... ފާތިމަތު ސަޙާ · 1 މަސް ކުރިން
ބައިނަލްއަގުވާމީ ''ގްރޭޓާ އިސްރާއީލް'' ހިންގަން ސޯމާލިއާގެ ފަސްގަނޑުން އެންމެ އިންޗިއެއް ވެސް ނުދޭނަން: ރައީސް ކޮންމެ ހާލަތެއްގައި ވެސް ސޯމާލިއާގެ އެއްވެސް ސަރަހައްދެއްގައި އިސްރާއީލުގެ ހަރަކާތްތަކެއް ނުވަތަ ބާރެއް ހިންގުމަށް ފުރުސަތު ނުދޭނެ ކަމަށާއި، މެދުއިރުމަތީގެ ހަމަނުޖެހުންތަކުގެ ތެރެއަށް ސޯމާލިއާ ދަމައިގަތުމަށް ކުރާ އެއްވެސް މަސައްކަތެއް ކާމިޔާބު ނުވާނެ ކަމަށް އެ ގައުމުގެ ރައީސް ހަސަން ޝައިހް މަހްމޫދު ވިދާޅުވެއްޖެއެވެ. އަލްޖަޒީރާއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ރައީސް ވިދާޅުވީ އިސްރާއީލުގެ މި ރޭވުންތަކަކީ “ގްރޭޓާ އިސްރާއީލް” މަޝްރޫއުގެ ތެރޭގައި ހިމެނޭ ކަންކަން ކަމަށެވެ. ރައީސް މަހްމޫދު ހާމަކުރ... ނާޒިމާ އަލީ · 1 މަސް ކުރިން
ތިލަދުންމަތީ ޚަބަރު 16 ގަޑިއިރުގެ ޚިދުމަތް 24 ގަޑިއިރަށް: މަރޮށީގައި ލެބޯޓްރީގެ ޚިދުމަތް ރަސްމީކޮށް ފަށައިފި ކުރިން 16 ގަޑިއިރަށް ޚިދުމަތް ދެމުން އައި ށ. މަރޮށި ޞިއްޙީ މަރުކަޒުގެ ޚިދުމަތް 24 ގަޑިއިރަށް ބަދަލުކޮށް، އެ ރަށުގައި ލެބޯޓްރީގެ ޚިދުމަތް ރަސްމީކޮށް ދޭން ފަށައިފިއެވެ. މަރޮށީގައި މި ޚިދުމަތްތައް ރަސްމީކޮށް ފައްޓަވައިދެއްވީ ޞިއްޙަތާއި ޢާއިލާއާއި އިޖްތިމާޢީ އެހީއާ ބެހޭ ވަޒީރު ޤީލާ ޢަލީއެވެ. މަރޮށީ ޞިއްޙީ މަރުކަޒުގައި ލެބޯޓަރީގެ ޚިދުމަތް ފެށުމަށްޓަކައި އިއްޔެ ވަނީ ޚާއްޞަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތުގައި ޞިއްޙީ ވަޒީރު ޤީލާ ޢަލީގެ އިތުރުން، ޞިއްޙީ ވުޒާރާގެ އިސްވެރިންނާއި، […] ފާތިމަތު ސަޙާ · 1 މަސް ކުރިން
ބައިނަލްއަގުވާމީ ފްލައިދުބާއީގެ ފްލައިޓުގައި ހިނގީ ޓެރަރިސްޓް އަމަލެއް، ކޯ-ޕައިލެޓް ކެޕްޓަނަށް ހަމަލާދިނީ ފުރޯއަކުން: ޔޫއޭއީ ފްލައިދުބާއީގެ ފްލައިޓެއްގެ ކޮކްޕިޓް ތެރޭގައި މި ހަފުތާގެ ކުރީކޮޅު ހިނގައިދިޔަ އަނިޔާވެރި ހާދިސާއަކީ އެ ފްލައިޓުގެ ކޯ-ޕައިލެޓް ހިންގަން އުޅުނު “ޓެރަރިސްޓް އަމަލެއް” ކަމަށާއި، އޭނާ ކެޕްޓަނަށް ހަމަލާދިނީ ކޮކްޕިޓުގައި އޮތް ފުރޯއަކުން ކަމަށް ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ) އިން ކުރިއަށްގެންދިޔަ ތަހުގީގަށްފަހު ބުނެފިއެވެ. ޔޫއޭއީގެ އެޓާނީ ޖެނެރަލް ޙަމަދު ސައިފް އަލް-ޝަމްސީއާ ހަވާލާދީ އެ ގައުމުގެ ދައުލަތުގެ ނިއުސް އެޖެންސީ “ވަމް” އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ބުދަ ދުވަހު ހިނގި މި ހާދިސާގައި ކޯ-... ނާޒިމާ އަލީ · 1 މަސް ކުރިން