ކުޅިވަރު ކްލޮޕްގެ އިރުޝާދުގެ ދަށުން ޖަރުމަނަށް އާ ދިރުމެއް، ސާބިއާ އަތުން 2-0 އިން މޮޅުވެއްޖެ ޔޫއެފާ ނޭޝަންސް ލީގުގައި ސާބިއާއާ ދެކޮޅަށް ކުޅުނު މެޗު 2-0 އިން ކާމިޔާބުކޮށް، އާ ކޯޗު ޔާގަން ކްލޮޕްގެ އިރުޝާދުގެ ދަށުން ޖަރުމަނު ޓީމު މޮޅު ކުޅުމެއް ދައްކައިފިއެވެ. މުޅި މެޗު ކޮންޓްރޯލްކޮށްގެން ކުޅުނު ޖަރުމަނުން ވަނީ ސާބިއާގެ ވަރުގަދަ ޑިފެންސް ފޫއަޅުވާލައި ހައްގު މޮޅެއް ހޯދާފައެވެ. ވެލްކޯ ޕައުނޮވިޗްގެ އިރުޝާދުގެ ދަށުން ނުކުތް ސާބިއާ ޓީމުން ޖަރުމަނުގެ ކުރިއަށް ކުޅޭ ހަމަލާތައް ހުއްޓުވުމަށް މަސައްކަތްކުރި ނަމަވެސް، ޖަރުމަނުން ޖެހި ޑައަގަނަލް ޕާސްތަކާއެކު ސާބިއާގެ ޑިފެންސް ވަނީ […] އަޙްމަދު ވަހީދު · 1 މަސް ކުރިން
ރާއްޖެ ދިވެހިންގެ ދީލަތިކަން ޓިކްޓޮކުން: ދޮންކަލޯގެ ގެ ހަދަން އެންމެ ރެޔަކުން 1.2 މިލިއަން ރުފިޔާ ޚާއްޞަ އެހީއަށް ބޭނުންވާ އުމުރުން 19 އަހަރުގެ ފައްޔާހް ހަސަން ފަޔާޒް (ދޮންކަލޯ) އަށް ރައްކާތެރި ދާއިމީ ބޯހިޔާވަހިކަމެއް ހޯދައިދިނުމަށް ދިވެހި ޓިކްޓޮކް ކޮމިއުނިޓީން އިސްނަގައިގެން ކުރިއަށްގެންދިޔަ ޚާއްޞަ ފަންޑްރައިޒިން އިވެންޓުން، ރެކޯޑް އަދަދެއް ކަމަށްވާ 1.2 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޯދައިފިއެވެ. ”ހިޔާ ފޯ ދޮންކަލޯ”ގެ ނަމުގައި ރޭ ބޭއްވި މި ޚާއްޞަ ލައިވް އިވެންޓް ކުރިއަށް ގެންގޮސްފައިވަނީ ދޮންކަލޯގެ ބައްޕަ، ފަޔާޒްގެ ރަސްމީ ޓިކްޓޮކް އެކައުންޓް މެދުވެރިކޮށެވެ. މި ހަރަކާތަކީ ދޮންކަލޯގެ އާއިލާއަށް... ފާތިމަތު ސަޙާ · 1 މަސް ކުރިން
ކުޅިވަރު ރޮނާލްޑޯ ނުލައި ޑެންމާކް ބަލިކޮށް، ޕޯޗުގަލުން އާ ޒަމާނެއްގެ ފެށުން ދައްކައިފި ޔުއެފާ ނޭޝަންސް ލީގުގައި ޑެންމާކް އަތުން 4-2 އިން ޕޯޗުގަލް މޮޅުވި މެޗާއެކު، ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ނެތް ޒަމާނެއްގައި އެ ޓީމު ފެނިދާނެ ގޮތުގެ ތަސައްވުރެއް ސަޕޯޓަރުންނަށް ދައްކާލައިފިއެވެ. ކޯޕަންހޭގަންގައި ކުޅުނު މި މެޗަކީ ނޯވޭއާ ދެކޮޅަށް ކުޅުނު މެޗުގައި ބެންޗުގައި ބޭންދުމުން، އުމުރުން 41 އަހަރުގެ ރޮނާލްޑޯ ގައުމީ ޓީމުގެ ކޭމްޕް ދޫކޮށް ދިޔަ ފަހުން ޕޯޗުގަލް ކުޅުނު ފުރަތަމަ މެޗެވެ. މި މެޗުގައި ޕޯޗުގަލަށް ދެ ފަހަރެއްގެ މަތިން ލީޑު ނަގައިދިނީ ޔާއޯ […] އަޙްމަދު ވަހީދު · 1 މަސް ކުރިން
ތިލަދުންމަތީ ޚަބަރު އިސްރާފު ކުޑަކޮށް ސަލާމަތްކުރި ފައިސާއިން ފީވަކު ކައުންސިލުން އެޅި އެކޮމޮޑޭޝަން ބްލޮކް ހިންގަން ޙަވާލުކޮށްފި ށ. ފީވަކު ކައުންސިލުން އަލަށް ތަރައްޤީކުރި އެކޮމޮޑޭޝަން ބްލޮކް ހިންގުމަށް “ބަލްމާ ސަންސެޓް ރެސްޓޯރެންޓް” އާ ޙަވާލުކޮށް، އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. 20 އަހަރު ދުވަހުގެ މުއްދަތަށް މި އެއްބަސްވުމުގެ ދަށުން، މި ތަން ކުއްޔަށް ދޫކޮށްފައިވަނީ މަހަކު 22,500 ރުފިޔާގެ މަގުންނެވެ. މި އެއްބަސްވުމުގައި ފީވަކު ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްގެ ރައީސްކަމުގެ ތިންވަނަ ދައުރު ފުރިހަމަކުރައްވަމުން ގެންދަވާ ޢަލީ ރަޝީދެވެ. އަދި ބަލްމާ ސަންސެޓް ރެސްޓޯރެންޓްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނ... ފާތިމަތު ސަޙާ · 1 މަސް ކުރިން
ކޮލަމް ''ނަފްސާނީ ބުރަތަކުން އަރައިގަނެ ހިތުގެ ފިނިކަން ހޯދުމަށް އޮތް އެންމެ ކުރު މަގަކީ ޛިކުރުކުރުން'' ދިރިއުޅުމުގެ ދަތިތަކާއި ނަފްސާނީ އެކި ގޮންޖެހުންތަކާއި ހާސްކަމުން އަރައިގަނެ، ހިތްތަކަށް ހަމަޖެހުމާއި އުފާވެރިކަން ހޯދުމަށް އޮތް އެންމެ މަތިވެރި އަދި އެންމެ ފުރިހަމަ ފަރުވާއަކީ ގިނަގިނައިން މާތް ﷲ ހަނދުމަކުރުން ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ. ރާއްޖޭގެ މިސްކިތްތަކުގައި މިއަދު އިއްވި ހުކުރު ޚުޠުބާ ޚާއްޞަކޮށްފައިވަނީ “ގިނަގިނައިން ﷲ ހަނދުމަކުރުން” މި މައުޟޫޢަށެވެ. ޚުޠުބާގައި ފާހަގަކުރި ގޮތުގައި، މިއަދު މީސްތަކުން ވޭތިކުރަމުންދަނީ ހާސްކަމާއި ނަފުސާނީ ގޮންޖެހުންތަކުން ފުރިފައިވާ ދުވަސްތ... ޔުމްނާ ޢަލީ · 1 މަސް ކުރިން
ތިލަދުންމަތީ ޚަބަރު އިހަވަންދޫ އަތުން ނައިވައިދޫ މޮޅުވެއްޖެ، ފިއްލަދޫ ހޯދި މޮޅާއެކު ހަނިމާދޫ އަށް ހިތްދަތި ނިމުމެއް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބާއްވާ “ފުޓްސަލް ޒޯން ޗެމްޕިއަންޝިޕް 2026 ނޯތު ޒޯން 1” ގެ މިއަދު ކުޅުނު މެޗުތަކުން ނައިވާދޫއާއި އިހަވަންދޫ ބައްދަލު ކުރި މެޗުން ނައިވާދޫ މޮޅުވެފައިވާއިރު، ފިއްލަދޫ އަދި ހަނިމާދޫ ކުޅުނު މެޗުން ފިއްލަދޫ ކުރި ހޯދައި ހަނިމާދޫ އަށް ފައިނަލްގެ ދޮރު އެއްކޮށް ބަންދުވެއްޖެއެވެ. ބުރާސްފަތި ދުވަހު ހަވީރު ކުޅުނު މެޗުގައި ނައިވާދޫ ވަނީ، އިހަވަންދޫގެ މައްޗަށް 2-0 ގެ ނަތީޖާއަކުން ކުރިހޯދާފައެވެ. މި މެޗުގައި ނައިވާދޫގެ […] ފާތިމަތު ސަޙާ · 1 މަސް ކުރިން
ރާއްޖެ އެމްޑީޕީގެ ކޮންގްރެސް ފަށައިފި އިދިކޮޅު ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ފަސް ވަނަ ކޮންގްރެސް މިރޭ ފަށައިފިއެވެ. މާލެ ސިޓީ ހޯލުގައި މިރޭ މި ކޮންގްރެސް ފަށާފައިވާއިރު، އެމްޑީޕީގެ ލީޑާޝިޕާއި، ކައުންސިލަރުންނާއި ގައުމީ މަޖިލީހާއި ގޮފިތަކުގެ ރައީސުންގެ އިތުރުން ބޭރުގެ ބައެއް ޤައުމުތަކުގެ ޢިއްޒަތްތެރިން ވެސް ދަނީ ބައިވެރިވަމުންނެވެ. ކޮންގްރެެސްގެ ދެ ވަނަ ދުވަސް ކަމަށްވާ ހުކުރު ދުވަހު އިންވެސްޓްމަންޓް ފޯރަމެއް ކުރިއަށްގެންދަން ނިންމާފައިވާއިރު، ހޮނިހިރު ދުވަހު ކޮންގްރެސްގެ ރިޕޯޓު ހުށަހެޅުމާއި އެމްޑީޕީގެ އެޕްލިކޭޝަ... ޔުމްނާ ޢަލީ · 1 މަސް ކުރިން
ކުޅިވަރު އަހަރެންގެ ނިންމުން ރޮނާލްޑޯއަކަށް ވެސް ބަދަލެއް ނުކުރެވޭނެ: ޕޯޗުގަލްގެ ކޯޗު ޔުއެފާ ނޭޝަންސް ލީގުގައި ނޯވޭއާ ދެކޮޅަށް ކުޅުނު މެޗަށްފަހު ކްރިސްޓިއާނޯ ރޮނާލްޑޯ ކުއްލި ގޮތަކަށް ގައުމީ ޓީމުގެ ކޭމްޕު ދޫކޮށް ދިއުމާ ގުޅިގެން، ޓީމުގެ ނިންމުންތައް ނިންމުމުގެ ފުރިހަމަ އިޚްތިޔާރު އޮތީ އޭނާގެ އަތުގައި ކަމަށް ބުނެ ޕޯޗުގަލްގެ ކޯޗު ޖޯޖް ޖީސަސް އޭނާގެ ނިންމުން ދިފާއުކޮށްފިއެވެ. ޖީސަސް ބުނީ ނޯވޭ މެޗުގައި ރޮނާލްޑޯ ނުކުޅުވަން ނިންމި ނިންމުމުގައި ސާބިތުވެ ހުރި ކަމަށެވެ. ޕޯޗުގަލް އިން 2-1 ގެ ނަތީޖާއަކުން ނޯވޭ ބަލިކުރި މި މެޗުގެ ފުރިހަމަ […] އަޙްމަދު ވަހީދު · 1 މަސް ކުރިން
ބައިނަލްއަގުވާމީ ފަލަސްތީނު މިނިވަންވަންދެން މެޗު ފުރިހަމައެއް ނުވާނެ: 89 ވަނަ މިނެޓުގައި ކުޅުން ހުއްޓާލި އަސަރުގަދަ މެޗު ތުރުކީވިލާތުގެ ކޮންޔާގައި ކުޅުނު އެކުވެރިކަމުގެ ފުޓްބޯޅަ މެޗެއްގައި، ފަލަސްތީނުގެ ރައްޔިތުންނާ އެކު އޮތް އެއްބައިވަންތަކަން ރަމްޒުކޮށްދިނުމުގެ ގޮތުން 89 ވަނަ މިނެޓާއި 59 ވަނަ ސިކުންތުގައި މެޗުގެ ކުޅުން ހުއްޓާލައިފިއެވެ. ކޮންޔާސްޕޯ އަދި ފަލަސްތީނުގެ ގައުމީ ފުޓްބޯޅަ ޓީމު ބައްދަލުކުރި މި މެޗު 2-2 ގެ ނަތީޖާއަކުން އެއްވަރުވި ނަމަވެސް، މި މެޗު ވެގެންދިޔައީ ކުޅިވަރުގެ ނަތީޖާއަށް ވުރެ ބޮޑަށް އިންސާނިއްޔަތުކަމާއި އަސަރުގަދަ މެސެޖުތަކުން ފުރިގެންވި ހާއްސަ ހަރަކާތަކަށެވެ. މޭދާސް ކޮންޔާ ބުޔުކްޝެހިރް ސްޓޭޑިއ... ނާޒިމާ އަލީ · 1 މަސް ކުރިން
ރާއްޖެ 14 ދުވަހުގެ މަސައްކަތް 2 ދުވަހަށް؛ ތިލަފުށީ ޕޯޓާއެކު މުދާ ކްލިއަރކުރުމަށް އިންގިލާބީ ބަދަލެއް މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަކީ ރާއްޖޭގެ އިޤްތިޞާދު ފުޅާކުރުމަށާއި، އުފެއްދުންތެރިކަން މައްޗަށް ގެންދިއުމަށާއި، ވިޔަފާރިތައް ކުރިއަށްގެންދިއުމަށް ހުރިހާ ގޮތަކުންވެސް މިހާރަށް އެންމެ މުހިންމު މަޝްރޫޢުކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ. ރައީސް މިފަދައިން ވިދާޅުވީ މާލޭ ވިޔަފާރި ބަނދަރުގެ އޮޕަރޭޝަން ތިލަފުއްޓަށް ބަދަލުކުރުމަށް ކުރަމުންގެންދާ މަސައްކަތްތައް ބައްލަވާލެއްވުމަށް މިއަދު ތިލަފުއްޓަށް ކުރެއްވި ޒިޔާރަތުގައި މީޑިއާތަކަށް ދެއްވި ބަސްދީގަތުމެއްގައެވެ.... ޔުމްނާ ޢަލީ · 1 މަސް ކުރިން
ރާއްޖެ އުތީމު ގަނޑުވަރު ސަރަޙައްދު ލޭންޑްސްކޭޕްކޮށް ތަރައްޤީކުރުމުގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފި ހއ. އުތީމު ގަނޑުވަރު ހިމެނޭ ސަރަޙައްދު ލޭންޑްސްކޭޕްކޮށް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް “އެކްސެސް އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑް” އާ ޙަވާލުކޮށް، އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. މި މަޝްރޫޢަކީ އިންޑިއާ ސަރުކާރުން ދެއްވި ގްރާންޓްގެ ދަށުން، ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ ފަންނީ ލަފަޔާއި އިރުޝާދު އަދި ހުއްދައާއެކުގައި ކުރިއަށްގެންދެވޭ މަޝްރޫޢެކެވެ. އުތީމު ކައުންސިލްގެ ރައީސް “ތިލަދުން”އަށް ވިދާޅުވީ، ގާތްގަނޑަކަށް 2 މިލިއަން ދިވެހި ރުފިޔާގެ މި މަޝްރޫޢުގެ މަސައްކަތް... ފާތިމަތު ސަޙާ · 1 މަސް ކުރިން
ވިޔަފާރި އޭޓީއެމް މެދުވެރިކޮށް މަހެއްގެ މައްޗަށް ނެގޭނީ 3،500 ޑޮލަރު ކަމަށް ބީއެމްއެލުން ކަނޑައަޅައިފި އޭޓީއެމް މެދުވެރިކޮށް ކަސްޓަމަރަކަށް މަހެއްގެ މައްޗަށް ނަގުދު ފައިސާއިން ޑޮލަރު ނެގޭނެ އެންމެ މަތީ އަދަދަކީ 3،500 ޑޮލަރު ކަމުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިއަދު ކަނޑައަޅައިފިއެވެ. ބީއެމްއެލުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވާ ގޮތުގައި، މި ބަދަލަށް މިއަދުން ފެށިގެން އަމަލުކުރަން ފަށާނެއެވެ. މި ބަދަލު ގެނައި ނަމަވެސް، ކާޑު ބޭނުންކޮށްގެން ދުވާލެއްގެ މައްޗަށް ނެގޭ 1،600 ޑޮލަރުގެ ލިމިޓަށް އެއްވެސް ބަދަލެއް ގެނެސްފައި ނުވާ ކަމަށް އެ ބޭންކުން މައުލޫމާތުދެއެވެ. ބީއެމްއެލުން ބުނި […] ޔުމްނާ ޢަލީ · 1 މަސް ކުރިން
ތިލަދުންމަތީ ޚަބަރު ފިއްލަދޫ އަންހެނުންގެ ކޮމެޓީގެ މަދަހަ މުބާރާތުގެ 1 ވަނަ ޔަމަކް އަށް ހއ. ފިއްލަދޫގެ “އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ” (އތމ) ގެ މަދަޙަ މުބާރާތުގެ ފަޚްރުވެރި 1 ވަނަ ޔަމަކް ފަތުހުﷲ ޙަސަން ހޯދައިފިއެވެ. މުޖްތަމަޢުގައި ދީނީ ރޫޙު އާލާކޮށް ލޯބި ޖެއްސުމާއި، ފަންނުވެރި، ހުނަރުވެރި ޖީލެއް ބިނާކުރުމަށް މަގުފަހި ކުރުމުގެ އިތުރުން، ރީތިކޮށް މަދަހަކިޔާ، އުފެއްދުންތެރި ޖީލެއް ބިނާކުރުންކަމުގެ މަޤްޞަދުގައި ކުރިއަށް ގެންދިޔަ މި މުބާރާތުގެ 2 ވަނަ އާމިނަތު ލީމް މުޙައްމަދު ނާޒިމް، ހޯދާފައިވާއިރު މުޅި މުބާރާތުގެ 3 ވަނަ ހޯދާފައިވަނީ އާއިޝަތު އީނާޝް އާމިރެވެ. […] ފާތިމަތު ސަޙާ · 1 މަސް ކުރިން
ބައިނަލްއަގުވާމީ ހިނގާ މީހުންނާއި އުޅަނދުތަކުގެ ރައްކާތެރިކަމަށް ސަޢޫދީގެ މަގުތަކުގެ އުސޫލުތަކަށް ބޮޑު ބަދަލެއް ސަޢޫދީ ޢަރަބިއްޔާގެ މަގުތަކުގެ ރައްކާތެރިކަން އިތުރުކުރުމާއި ކާރުބާރު ބޮޑުވުން ކުޑަކުރުމުގެ މަޤްޞަދުގައި، މަގުމަތީގައި އުޅަނދުފަހަރު ޕާކުކުރާނެ ގޮތުގެ ފަންނީ މިންގަނޑުތަކެއް ‘ސަޢޫދީ ރޯޑް ކޯޑު’ ގެ ދަށުން އެ ޤައުމުގެ ރޯޑްސް ޖެނެރަލް އޮތޯރިޓީ (އާރްޖީއޭ) އިން ކަނޑައަޅައިފިއެވެ. މިއީ ސަޢޫދީގެ މަގުތަކުގެ ފެންވަރު މަތިކޮށް، ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުމާއި، މަގުމަތީގެ ރައްކާތެރިކަމާއި ހިންގުންތެރިކަން އިތުރުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ނިންމި ނިންމުމެކެވެ. އާރްޖީއޭ އިން ބުނި ގޮތުގ... ނާޒިމާ އަލީ · 1 މަސް ކުރިން
ރާއްޖެ އިސްލާމީ މާލީ ދާއިރާ ކުރިއަރުވަން ''ނޭޝަނަލް އެކްސްޗޭންޖް'' ގެ ނަމުގައި ކުންފުންޏެއް ރާއްޖޭގެ އިސްލާމީ މާލީ ދާއިރާ ފުޅާކޮށް ކުރިއެރުވުމަށާއި ސަރުކާރުގެ މާލީ ބޭނުންތަކަށް ހައްލު ހޯދައިދިނުމުގެ މަގުސަދުގައި، “ނޭޝަނަލް އެކްސްޗޭންޖް ލިމިޓެޑް” ގެ ނަމުގައި ސަރުކާރުގެ 100 ޕަސެންޓް ހިއްސާވާ ކުންފުންޏެއް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު އުފައްދަވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މި ކުންފުނި އުފެއްދެވީ ޤާނޫނު ނަންބަރު 2023/7 (ކުންފުނީގެ ޤާނޫނު) ގެ 15 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚުތިޔާރުގެ ދަށުން، ރައީސުލްޖުމްހޫރިއްޔާގެ ނަންބަރު 2026/1... ޔުމްނާ ޢަލީ · 1 މަސް ކުރިން