ބައިނަލްއަގުވާމީ ޕެނަމާއަށް 8.0 ގެ ބާރުގަދަ ބިންހެލުމެއް، ސުނާމީގެ އިންޒާރު ނެރެފި ޕެނަމާ ކައިރިއަށް މެގްނިޓިއުޑް 8.0 ގެ ބާރުގަދަ ބިންހެލުމެއް އައިސްފައިވާކަމަށް ރިޕޯޓުތައް ބުނެފިއެވެ. މި ބާރުގަދަ ބިންހެލުމާ ގުޅިގެން މެދުތެރޭ އެމެރިކާއަށާއި ޕެސިފިކް ސަރަހައްދުގެ ގައުމުތަކަށް ސުނާމީގެ ނުރައްކާ އޮތް މިންވަރު ބެލުމުގެ މަސައްކަތް ކަމާބެހޭ އިދާރާތަކުން މިހާރު ދަނީ ކުރަމުންނެވެ. ރިޕޯޓުތައް ބުނާ ގޮތުގައި މި ބިންހެލުން ރެކޯޑު ކުރެވިފައިވަނީ 2026 އޮކްޓޫބަރު 9 ވީ ދުވަހު، އެ ގައުމުގެ ގަޑިން މެންދުރުފަހު 12:56 ހާއިރު (ޔޫޓީސީ ގަޑިން 17:56 ގައި) އެވެ. މި ބިންހެލުމުގެ […] ނާޒިމާ އަލީ · 4 ހަފްތާ ކުރިން
ވިޔަފާރި ބީއެމްއެލްގެ ފައިދާ 26 ޕަސެންޓު މައްޗަށް؛ ޑިޕޮސިޓްތައް 42 ބިލިއަން ރުފިޔާއަށް އުފުލިއްޖެ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް މިއަހަރުގެ ފުރަތަމަ ނުވަ މަސްދުވަހުގެ ތެރޭގައި ޓެކްސް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި 1.93 ބިލިޔަން ރުފިޔާ ލިބިއްޖެއެވެ. މިއީ ވޭތުވެދިޔަ އަހަރުގެ އެ މުއްދަތާ އަޅައިބަލާއިރު 26 ޕަސެންޓުގެ ބޮޑު ކުރިއެރުމެކެވެ. އެ ބޭންކުން އާންމުކޮށްފައިވާ މިއަހަރުގެ ތިންވަނަ ކުއާޓަރުގެ މާލީ ހިސާބުތައް ދައްކާގޮތުން، ހަމައެކަނި މި ކުއާޓަރުގައިވެސް ސާފު ފައިދާގެ ގޮތުގައި 647.2 މިލިޔަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ މިދިޔަ އަހަރުގެ ތިންވަނަ ކުއާޓަރާ އަޅައިބަލާއިރު […] އަޙްމަދު ވަހީދު · 4 ހަފްތާ ކުރިން
ބައިނަލްއަގުވާމީ އަޒަރުބައިޖާނުގެ ސްކޫލުތަކުގައި ބުރުގާ މަނާކުރުމުން އާންމުންގެ ރުޅިގަދަވެއްޖެ އަޒަރުބައިޖާނުގެ ސަރުކާރު ސްކޫލުތަކުގައި ސެކިއުލާ ހެދުމުގެ ހަރުކަށި ގަވާއިދެއް ތަންފީޒުކޮށް، ދަރިވަރުން ބުރުގާ އެޅުން އަމަލީ ގޮތުން މަނާކުރުމާ ގުޅިގެން އެ ގައުމުގެ އާންމުންނާއި ދީނީ ހައްގުތަކަށް ވަކާލާތުކުރާ ފަރާތްތަކުގެ މެދުގައި ބޮޑު ނުރުހުމެއް އުފެދި، އިހުތިޖާޖުތައް ފެށިއްޖެއެވެ. މިދިޔަ ސެޕްޓެމްބަރު މަހުގެ ފަހުކޮޅު އެ ގައުމުގެ ކަމާބެހޭ އިދާރާތަކުން ވަނީ ސަރުކާރު ސްކޫލުތަކުގެ ދަރިވަރުން ވަކި ހާއްސަ ޔުނީފޯމެއް އެޅުން ލާޒިމުކޮށް، އާންމު ތައުލީމުގައި ސެކިއުލަރިޒަމްގެ އުސޫލުތަކާ ހިލާފުވާ ހެދުން އެޅ... ނާޒިމާ އަލީ · 4 ހަފްތާ ކުރިން
ތިލަދުންމަތީ ޚަބަރު ސްޓެލްކޯއިން ހއ.އަތޮޅުގެ ޚިދުމަތްތަކާ ހަވާލުވުމުގެ މަސައްކަތް ފަށައިފި ހއ. އަތޮޅުގެ ރަށްތަކުގައި ފެނަކައިގެ ދަށުން ދެމުންދިޔަ ޚިދުމަތްތަކާ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ހަވާލުވުމުގެ އަމަލީ މަސައްކަތްތައް ފަށައިފިއެވެ. މި މަސައްކަތުގެ ތެރެއިން އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރާއި އިސްވެރިންގެ ޓީމެއް މިހާރު ދަނީ އެ އަތޮޅަށް ޒިޔާރަތްކުރައްވަމުންނެވެ. އެގޮތުން، އެ އަތޮޅު ތުރާކުނު އިންޖީނުގެއާއި ހަވާލުވެ އެ އިންޖީނުގޭގައި ސްޓެލްކޯގެ ދިދަ ނެގުމަށް ވަނީ ޚާއްޞަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތުގައި ޤައުމީ ދިދަ ނަންގަވައިދެއްވީ ކުންފުނީގެ މެނޭޖިންގ... ޔުމްނާ ޢަލީ · 4 ހަފްތާ ކުރިން
ބައިނަލްއަގުވާމީ އިނާމް ނުލިބުމުން ޓްރަމްޕްގެ ރުޅިގަނޑު އައިސީސީ އަށް، އެ ކޯޓާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅައިފި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ރިޔާސީ ގަރާރެއްގެ ދަށުން ބައިނަލްއަގުވާމީ ޖިނާއީ ކޯޓު (އައިސީސީ) އާ ދެކޮޅަށް އެމެރިކާއިން ރަސްމީކޮށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅައިފިއެވެ. އެމެރިކާ ސަރުކާރުން ނެރުނު ރިޔާސީ ގަރާރު ނަންބަރު 14203 ގެ ދަށުން، ނެދަލަންޑްސްގެ ދަ ހޭގްގައި ގާއިމުވެފައިވާ އެ ކޯޓާ ދެކޮޅަށް ސީދާ މުއައްސަސާގެ ފެންވަރުގައި ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް ވަނީ އަމުރުކޮށްފައެވެ. މި ފިޔަވަޅުތައް އިއުލާނުކޮށްފައި މިވަނީ، ރައީސް ޓްރަމްޕް ވަރަށް ބޮޑަށް އުންމީދު ކުރައްވަމުން ގެންދެވި ނޯބެލް... ނާޒިމާ އަލީ · 4 ހަފްތާ ކުރިން
ރާއްޖެ ދޮރު ވައްޓާލައި ފުލުހުން ވަތްއިރު މަސްތުވާތަކެތި ހުރީ ހާމައަށް މޭޒުމަތީގައި ވިލިމާލޭގައި ފުލުހުން އިއްޔެ ހިންގި އެންޓި ނާކޮޓިކްސް އޮޕަރޭޝަނެއްގައި ރާއްޖޭގެ މަގުބޫލު ތިން ފިލްމީ ތަރިން ހިމެނޭހެން ހައްޔަރުކުރި މީހުން ތިބި ކޮޓަރިއަށް ފުލުހުން ބާރުގެ ބޭނުންކޮށްގެން ވަތްއިރު، އެތަނުގައި ހުރި މޭޒެއްގެ މަތީގައި ހާމައަށް މަސްތުވާތަކެތި ހުރި ކަމަށް ކޯޓު އަމުރުން ހާމަވެއްޖެ އެވެ. މި މައްސަލައިގެ ތުހުމަތުގައި އިއްޔެ ހައްޔަރުކުރި ހަތަރު މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އެ އެންމެން ވެސް 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބައިތިއްބަން ކޯޓުން ވަނީ […] ޝިއުނާ އާދަމް · 4 ހަފްތާ ކުރިން
ރާއްޖެ ވިލިމާލޭގައި އަޅާ ޖާގަ ތަނަވަސް އާ މިސްކިތުގެ ބިންގާ އަޅައިފި ވިލިމާލޭގައި ހުންނަ މަސްޖިދުއްސަލާމް މިހާރު ހުރި ބިމުގައި އިމާރާތްކުރާ ޒަމާނީ ފެންވަރުގެ އާ މިސްކިތުގެ ބިންގާ މިއަދު އަޅައިފިއެވެ. މި މަޝްރޫޢުގެ ބިންގާ އެޅުމަށްޓަކައި މިއަދު ހަވީރު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި، މިސްކިތުގެ ބިންގާ އަޅުއްވައިދެއްވީ އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ. ފިޔަ ފައުންޑޭޝަނުން ބިނާކުރާ މި މިސްކިތަކީ އެއްފަހަރާ 1،000 މީހުންނަށް ނަމާދު ކުރެވޭނެ ޖާގައިގެ މިސްކިތެކެވެ. މިއާއެކު މި މިސްކިތް ވެގެންދާނީ ވިލިމާލޭގައި އަޅާ ޖާގަ ތަނަ... ޔުމްނާ ޢަލީ · 4 ހަފްތާ ކުރިން
ތިލަދުންމަތީ ޚަބަރު ދިއްދޫ ޓީމަށް ސަޕޯޓްކުރަން ބާރަށުން ދާން ބޭނުންވާ މީހުންނަށް ޚާއްސަ ދަތުރެއް ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ހއ. ދިއްދޫ ކުޅޭ ފުރަތަމަ ހޯމް މެޗުގައި، އެ ޓީމަށް ހިތްވަރުދީ ސަޕޯޓުކުރުމަށް ދާން ބޭނުންވާ ބާރަށު ރައްޔިތުންނަށް ޚާއްސަ ފެރީ ދަތުރެއް ހަމަޖައްސައިފިއެވެ. މި މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރު ދިއްދޫގައެވެ. ބާރަށު ކައުންސިލުން ހާމަކުރި ގޮތުގައި، ދިއްދޫ ޓީމަށް ސަޕޯޓްކުރަން ދާ މީހުންނަށް ޚާއްޞަކޮށްފައިވަނީ ހއ. އަތޮޅު ފެރީއެވެ. އަދި މި ފެރީން ދަތުރުކުރުމުގެ ފުރުޞަތު ލިބިގެންދާނީ، 105 މީހުންގެ ޖާގަ ފުރެންދެން ކަމަށްވެސް އެ ކައުންސިލުން […] ފާތިމަތު ސަޙާ · 4 ހަފްތާ ކުރިން
ރާއްޖެ ބަޔަކު މާލޭ ގެއަކަށް ވަދެ ފޭރުނު މައްސަލައެއް ބަލަނީ މާލޭގެ ގެއަކަށް ވަދެ ބަޔަކު ފޭރުނު މައްސަލައެއް ބަލަމުން އަންނަކަމަށް ފުލުހުން ބުނެފިއެވެ. ފުލުހުން ބުނިގޮތުގައި މިކަން ހިނގާފައި ވަނީ ރޭގައެވެ. ”މާލެ، ގަލޮޅުގަައި ހުންނަ ގެއަކަށް ރޭގެ ވަގުތެއްގައި ބަޔަކު ވަދެ ފޭރުނު މައްސަލައެއް ފުލުހުން ގެންދަނީ ތަހުގީގު ކުރަމުން” ފުލުހުން ބުނެފަވެއެވެ. މި ހާދިސާގެ އިތުރު މައުލޫމާތު ފަހުން ހިއްސާނެ ކުރާނެކަމަށް ވެސް ފުލުހުން ބުންޏެވެ. މިހާދިސާއާއި ގުޅިގެން މީސް މީޑިއާގައިދައުރުވާ ފުލުހުން އަދި ކަށަވަރުނުކޮށްދޭ މައުލޫމާތުގައިވާގޮތުން މާލޭ ގެއަކަށް ފޭރުމަށް ބަޔަ... ޔުމްނާ ޢަލީ · 4 ހަފްތާ ކުރިން
ރާއްޖެ ރާއްޖޭގެ ކޮންމެ 5 މީހަކުން އެކަކަށް ޑިޕްރެޝަން؛ ސާވޭގެ ބިރުވެރި ނަތީޖާއެއް ދިވެހިރާއްޖޭގެ އާބާދީގެ ކޮންމެ ފަސް މީހަކުން އެކަކީ ޑިޕްރެޝަންގެ އަލާމާތްތައް ތަހައްމަލުކުރަމުންދާ މީހެއްކަން ސިއްހަތާއި އާއިލާ އަދި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާ އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފިއެވެ. ދުނިޔޭގެ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަހާ ގުޅިގެން ނެރުނު މި ނޫސްބަޔާނުގައި އެ ވުޒާރާއިން ހާމަކުރި ގޮތުގައި، 2020 އިން 2021 އަށް ކުރިއަށް ގެންދިޔަ ސްޓެޕް ސާވޭގެ ނަތީޖާތަކުން ދައްކާ ގޮތުގައި ރާއްޖޭގެ ކޮންމެ ފަސް މީހަކުން އެކަކު އަންނަނީ މާޔޫސްވުމުގެ ނުވަތަ ޑިޕްރެޝަންގެ އަލާމާތްތައް ތަހައްމަލ... ޝިއުނާ އާދަމް · 4 ހަފްތާ ކުރިން
ބައިނަލްއަގުވާމީ ސައޫދީގެ ރިޔާޟް އެއާޕޯޓަށް ދިން ހަމަލާތަކެއްގައި 3 މީހުން މަރުވެ، އެއާޕޯޓަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެ ސައޫދީ އަރަބިއްޔާގެ ވެރިރަށް ރިޔާޟްގައި އޮންނަ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓަށް ބުރާސްފަތި ދުވަހު ދިން ދެ ހަމަލާއެއްގައި ސައޫދީގެ ތިން ރައްޔިތަކު މަރުވެ، އިތުރު ބަޔަކު ޒަޚަމްވެއްޖެއެވެ. މި ހާދިސާ ހިނގިކަން އެ ޤައުމުގެ ޖެނެރަލް އޮތޯރިޓީ އޮފް ސިވިލް އޭވިއޭޝަން (ގާކާ) އިން ވަނީ ހުކުރު ދުވަހު ކަށަވަރުކޮށްދީފައެވެ. އެ އޮތޯރިޓީން ބުނި ގޮތުގައި، އެއާޕޯޓަށް އަމާޒުކޮށް ދިން ދެ ހަމަލާގެ ތެރެއިން ފުރަތަމަ ހަމަލާ އަމާޒުވެފައިވަނީ އެއާޕޯޓުގެ ވަސީލަތްތަކަށެވެ. އަދި ދެވަނަ ހަމަލާ […] ނާޒިމާ އަލީ · 4 ހަފްތާ ކުރިން
ތިލަދުންމަތީ ޚަބަރު ބިލެތްފަހީގައި ކުރިޔަށް ގެންދިޔަ ހޭންޑްބޯލް ތަމްރީނު ކާމިޔާބުކަމާއެކު ނިންމާލައިފި ށ. ބިލެތްފަހީގައި ކުރިޔަށް ގެންދިޔަ، ހޭންޑްބޯލް ތަމްރީނު ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. މިއީ ބިލެތްފަހީ ކައުންސިލާއި އެ ރަށުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (އތމ) ގުޅިގެން އެ ރަށުގައި ކުރިއަށްގެންދިޔަ ޕްރޮގްރާމެކެވެ. 10 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި ތަމްރީނު ޕްރޮގްރާމްގައި ޖުމްލަ 42 ފަރާތަކުން ބައިވެރިވެފައިވެއެވެ. ބިލެތްފަހީ ރައީސް ޙުސައިން ފުއާދު “ތިލަދުން”އަށް މައުލޫމާތު ދެއްވި ގޮތުގައި، ހޭންޑްބޯލް ކޯޗެއްގެ އެހީތެރިކަމާއެކު ކުރިއަށްގެންދިޔަ މި ޕްރޮގ... ފާތިމަތު ސަޙާ · 4 ހަފްތާ ކުރިން
ބައިނަލްއަގުވާމީ ޣައްޒާގައި އިޒްރޭލުން ހިންގަނީ ގަތުލުއާންމެއްކަން ކަނޑައެޅި ނަވީ ޕިއްލޭ އަށް ނޯބެލް ސުލްހައިގެ އިނާމު އިޒްރޭލުން ޣައްޒާގައި ހިންގަމުންދަނީ ގަތުލުއާންމެއް ކަމަށް ކަނޑައެޅި އދ. ގެ ތަހުގީގީ ކޮމިޝަނުގެ ކުރީގެ ވެރިޔާ އަދި އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކުރީގެ ހައިކޮމިޝަނަރު ނަވަނެތަމް “ނަވީ” ޕިއްލޭ އަށް 2026 ވަނަ އަހަރުގެ ނޯބެލް ސުލްހައިގެ އިނާމު ދޭން ނިންމައިފިއެވެ. ނޯވޭޖިއަން ނޯބެލް ކޮމިޓީން މި އިނާމު އޭނާއަށް އަރުވަން ނިންމީ ބައިނަލްއަގުވާމީ ގާނޫނުތަކާއި ސުލްހަ ކުރިއެރުވުމަށް އޭނާ ކުރައްވާފައިވާ އަގުހުރި މަސައްކަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުންނެވެ. އިރުއިމަތީ ގުދުސް ހިމެނޭހެން ފަލަސްތީނުގެ ބިނ... ނާޒިމާ އަލީ · 4 ހަފްތާ ކުރިން
ތިލަދުންމަތީ ޚަބަރު ދިއްދޫ މެޗަށް ތައްޔާރުވާން ނިއުގެ ފުރަތަމަ ފަރިތަކުރުން ހަނިމާދޫގައި ބާއްވައިފި ދިވެހި ޕްރިމިއާ ލީގުގައި ހއ. ދިއްދޫ ފުޓުބޯޅަ ޓީމާ ދެކޮޅަށް ކުޅުމަށް ހަމަޖެހިފައިވާ މެޗަށް ތައްޔާރުވުމުގެ ގޮތުން، ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ ފުރަތަމަ ފަރިތަކުރުން އިއްޔެ ހދ. ހަނިމާދޫގައި ބާއްވައިފިއެވެ. މި މެޗަކީ ލީގުގައި ނޯތު ޗެމްޕިއަން ދިއްދޫ ޓީމު އަމިއްލަ ރަށުގައި ކުޅޭ ފުރަތަމަ މެޗަށް ވުމާއެކު، އެ ޓީމުން ވެސް ދަނީ މެޗަށް ވަރަށް ބޮޑަށް ތައްޔާރުވަމުންނެވެ. ދިއްދޫއާ ދެކޮޅަށް ކުޅޭ މެޗަށް ނިއުރޭޑިއަންޓުގެ ޓީމު ވަނީ ބުދަ ދުވަހުގެ ރޭގެ ވަގުތެއްގައި ދިއްދޫއަށް […] ޝިއުނާ އާދަމް · 4 ހަފްތާ ކުރިން
ވިޔަފާރި 72 މިލިއަން ޑޮލަރަށް ރާއްޖެއިން ޕްރައިވެޓް ރަށެއް، އަގު ދެއްކެނީ ކްރިޕްޓޯ ފައިސާއިން ރާއްޖޭގައި ތަރައްގީކުރަމުން އަންނަ ބަކާރާ ހޮޓެލް އެންޑް ރެޒިޑެންސަސް މޯލްޑިވްސް އިން، ޕްރައިވެޓް ރަށެއް 72 މިލިއަން އެމެރިކާ ޑޮލަރަށް ވިއްކަން ހުޅުވާލައިފިއެވެ. މި ރަށް ގަތުމުގެ މުއާމަލާތްތައް ހާއްސަކޮށްފައިވަނީ ޑިޖިޓަލް ކަރަންސީ ނުވަތަ ކްރިޕްޓޯ ފައިސާ ގެންގުޅޭ ފަރާތްތަކަށެވެ. މި ޕްރައިވެޓް ރަށް އޮންނަނީ ބަކާރާ މޯލްޑިވްސްގެ މައި ރަށުގެ ދެކުނު ކޮޅުގައެވެ. އަމިއްލަ ގޮނޑުދޮށަކާއި ފަރެއް އޮންނަ މި ރަށުގައި، ފުރިހަމައަށް ފަރުނީޗަރު ހަރުކޮށްފައިވާ ހަތަރު ކޮޓަރީގެ ހަތަރު ވިލާ ހިމެނެއެވެ. ކޮންމެ ވިލާއެއ... ނާޒިމާ އަލީ · 4 ހަފްތާ ކުރިން