މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 🏛️ ހދ. އަތޮޅު (ތިލަދުންމަތީ ދެކުނުބުރި) (3,879 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
3,879 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހދ. އަތޮޅުގެ ޚަބަރުތައް

3879 ޚަބަރުގެ ތެރެއިން
ކުޅުދުއްފުށީ ފުޓްސަލް ޗެލެންޖު ފަށައިފި 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީ ފުޓްސަލް ޗެލެންޖު ފަށައިފި

ހދ. ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީ(އތމކ) ގުޅިގެން ކުރިއަށް ގެންދާ “ކުޅުދުއްފުށި ފުޓްސަލް ޗެލެންޖު 2026” އިއްޔެ ފަށައިފިއެވެ. ކުޅުދުއްފުށި ސިޓީކައުންސިލުން މައުލޫމާތު ދެއްވާ ގޮތުގައި މި މުބާރާތް ކުރިއަށް ގެންދަނީ އަންހެން އަދި ފިރިހެން ޑިވިޜަނަށެވެ. އެ ގޮތުން އަންހެން ޑިވިޜަންގެ 5 ޓީމު ވާދަކުރާނީ ލީގު އުޞޫލުން ކަމަށް ވާއިރު، ފިރިހެން ޑިވިޜަނުގައި ވާދަކުރާ 16 ޓީމުގެ މެޗުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ގްރޫޕް ސްޓޭޖު އުސޫލުންނެވެ. މި […]

ފާތިމަތު ސަޙާ
ވީރާނާވާން ދޫކޮށްލާފައިވާތީ ނައިވާދޫގެ ދެ ޖަމްޢިއްޔާއެއްގެ ބިން އަނބުރާ ކައުންސިލަށް 📍 ހދ. ނައިވާދޫ

ވީރާނާވާން ދޫކޮށްލާފައިވާތީ ނައިވާދޫގެ ދެ ޖަމްޢިއްޔާއެއްގެ ބިން އަނބުރާ ކައުންސިލަށް

ހދ. ނައިވާދޫ ޒުވާނުންގެ ޖަމްޢިއްޔާއާއި އެ ރަށު ސްކޫލް އިސްދަރިވަރުންގެ ޖަމްޢިއްޔާއަށް ދޫކޮށްފައިވާ ބަންޑާރަ ބިމާއި ޢިމާރާތްތައް އަނބުރާ ކައުންސިލަށް ނެގުމަށް ނިންމައި، އެ ތަންތަނުގައި ހުރި މުދާތައް ނެރުމަށް ނައިވާދޫ ކައުންސިލުން އަންގައިފިއެވެ. ނައިވާދޫ ކައުންސިލުން ކޮށްފައިވާ އިޢުލާނެއްގައި ބަޔާންކޮށްފައިވަނީ، އެ ދެ ޖަމްޢިއްޔާގެ ބިމާއި ޢިމާރާތްތަކުގައި ހުރި ނުއުފުލޭ މުދާ ފިޔަވައި އެހެނިހެން އެންމެހައި ތަކެތި ނެރެ ބިން ހުސްކުރަންޖެހޭނެ ކަމަށެވެ. އެގޮތުން، 08 އޮކްޓޫބަރު 2026 އިން ފެށިގެން 15 ދުވަ...

ފާތިމަތު ސަޙާ
ދިއްދޫ މެޗަށް ތައްޔާރުވާން ނިއުގެ ފުރަތަމަ ފަރިތަކުރުން ހަނިމާދޫގައި ބާއްވައިފި 📍 ހއ. ދިއްދޫ

ދިއްދޫ މެޗަށް ތައްޔާރުވާން ނިއުގެ ފުރަތަމަ ފަރިތަކުރުން ހަނިމާދޫގައި ބާއްވައިފި

ދިވެހި ޕްރިމިއާ ލީގުގައި ހއ. ދިއްދޫ ފުޓުބޯޅަ ޓީމާ ދެކޮޅަށް ކުޅުމަށް ހަމަޖެހިފައިވާ މެޗަށް ތައްޔާރުވުމުގެ ގޮތުން، ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ ފުރަތަމަ ފަރިތަކުރުން އިއްޔެ ހދ. ހަނިމާދޫގައި ބާއްވައިފިއެވެ. މި މެޗަކީ ލީގުގައި ނޯތު ޗެމްޕިއަން ދިއްދޫ ޓީމު އަމިއްލަ ރަށުގައި ކުޅޭ ފުރަތަމަ މެޗަށް ވުމާއެކު، އެ ޓީމުން ވެސް ދަނީ މެޗަށް ވަރަށް ބޮޑަށް ތައްޔާރުވަމުންނެވެ. ދިއްދޫއާ ދެކޮޅަށް ކުޅޭ މެޗަށް ނިއުރޭޑިއަންޓުގެ ޓީމު ވަނީ ބުދަ ދުވަހުގެ ރޭގެ ވަގުތެއްގައި ދިއްދޫއަށް […]

ޝިއުނާ އާދަމް
މަކުނުދޫ މަގުމަތި ބައްތިތަކުގެ ދަނޑީގެ ކަވަރުތައް ނުނެއްޓުމަށް އިލްތިމާސްކޮށްފި 📍 ހދ. މަކުނުދޫ

މަކުނުދޫ މަގުމަތި ބައްތިތަކުގެ ދަނޑީގެ ކަވަރުތައް ނުނެއްޓުމަށް އިލްތިމާސްކޮށްފި

ހދ. މަކުނުދޫގެ އެކި މަގުތަކާއި ގޯޅިތަކުގައި ހަރުކުރެވިފައިވާ، މަގުމަތި ބައްތިތަކުގެ ދަނޑީގެ ކަވަރުތައް ނައްޓަމުންދާތީ، އެކަން ނުކުރުމަށް އެ ރަށު ކައުންސިލުން އިލްތިމާސްކޮށްފިއެވެ. މި ކަމާގުޅިގެން ކައުންސިލުން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ މަގުމަތި ބައްތިތަކުގެ ދަނޑީގެ ކަވަރުތައް ނެއްޓުމަކީ ވަރަށް ނުރައްކާތެރިކަމެއް ކަމެއްކަމަށެވެ. އަދި އެ ގޮތަށް ބައްތިތަކުގެ ކަވަރުތައް ނެއްޓުމުގެ ސަބަބުން، ބައްތީގެ އެތެރޭގައި ހުންނަ ކަރަންޓު ނަރުތައް ބޭރަށް ހާމަވުމުން، މަގުމަތިން ހިނގާބިނގާވެ އުޅޭ މީހުންނާއ...

ފާތިމަތު ސަޙާ
ނޮޅިވަރަމުގައި ބާއްވާ ކަސްރަތު ޕްރޮގްރާމްގައި ބައިވެރިވުމަށް ފުރުޞަތު ހުޅުވާލައިފި 📍 ހދ. ނޮޅިވަރަމް

ނޮޅިވަރަމުގައި ބާއްވާ ކަސްރަތު ޕްރޮގްރާމްގައި ބައިވެރިވުމަށް ފުރުޞަތު ހުޅުވާލައިފި

ހދ. ނޮޅިވަރަމުގައި ބާއްވާ ކަސްރަތު ޕްރޮގްރާމްގައި ބައިވެރިވުމަށް ފުރުޞަތު ހުޅުވާލައިފިއެވެ. މިއީ ޒުވާނުން ބާރުވެރިކުރުވުމާއި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ އާއި ނޮޅިވަރަމް ކައުންސިލް ގުޅިގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. ނޮޅިވަރަމް ކައުންސިލުން މަޢުލޫމާތު ދެއްވާ ގޮތުގައި، މި ޕްރޮގްރާމަކީ މިނިސްޓްރީން ކުރިއަށްގެންދާ “ހަށިހެޔޮރާއްޖެ” ޕްރޮގްރާމްގެ ދަށުން ރައްޔިތުންގެ މެދުގައި ދުޅަހެޔޮ ދިރިއުޅުމުގެ އާދަތައް އަށަގެންނެވުމުގެ މަޤްޞަދުގައި ބާއްވާ ޕްރޮގްރާމެކެވެ. 18 އަހަރުންމަތީގެ ދެ ޖިންސުގެ ފ...

ފާތިމަތު ސަޙާ
އިހަވަންދޫ އަށް ބައި ގޯލަކުން ހިތްދަތި ނިމުމެއް، ނައިވާދޫ ތަށި އުފުލާލައިފި 📍 ހއ. އިހަވަންދޫ

އިހަވަންދޫ އަށް ބައި ގޯލަކުން ހިތްދަތި ނިމުމެއް، ނައިވާދޫ ތަށި އުފުލާލައިފި

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބާއްވާ “ފުޓްސަލް ޒޯން ޗެމްޕިއަންޝިޕް 2026” ގެ ނޯތު ޒޯން 1ގެ ޗެމްޕިއަންކަން ހދ. ނައިވާދޫ ހޯދާފައެވެ. މި މުބާރާތުގެ ފައިނަލް މެޗުގައި ނައިވާދޫ އާއި އިހަވަންދޫގެ ކުރިމަތިލުން ނިމުނީ 2-1 ގެ ނަތީޖާއަކުން ނައިވާދޫ މޮޅުވެގެންނެވެ. މި މެޗުގައި ނައިވާދޫ އަށް ލަނޑުޖަހައިދިނީ މުހައްމަދު އަސްލަމް (މޯންޑޭ) އެވެ. އަނެއް ލަނޑަކީ އިހަވަންދޫގެ އިބްރާހީމް ހާމިދު އަތުން ވަތް ބައި ގޯލެކެވެ. އިހަވަންދޫގެ ލަނޑު ޖަހައިދިނީ އަހްމަދު […]

ފާތިމަތު ސަޙާ
ނޭކުރެންދޫގައި ހިންގާ އާދައިގެ ފަހާފޮށިން މާޖަހަ ދަސްކޮށްދޭ ކޯހުގައި ބައިވެރިވުމަށް ފުރުޞަތު ހުޅުވާލައިފި 📍 ހދ. ނޭކުރެންދޫ

ނޭކުރެންދޫގައި ހިންގާ އާދައިގެ ފަހާފޮށިން މާޖަހަ ދަސްކޮށްދޭ ކޯހުގައި ބައިވެރިވުމަށް ފުރުޞަތު ހުޅުވާލައިފި

ހދ. ނޭކުރެންދޫގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ، އާދައިގެ ފަހާފޮށިން މާޖަހަން ދަސްކޮށްދޭ ކޯހުގައި ބައިވެރިވުމަށް ފުރުޞަތު ހުޅުވާލައިފިއެވެ. މިއީ އެރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (އ.ތ.މ) އިން އިސްނަގައިގެން ބާއްވާ ކޯހެކެވެ. އތމ ކޮމިޓީން ބުނެފައިވަނީ މި ކޯހަކީ އައު ހުނަރެއް ދަސްކޮށްގެން އަމިއްލަ މަސައްކަތެއް ނުވަތަ ވިޔަފާރިއެއް ފަށަން ބޭނުންވާ ފަރާތްތަކަށް ވަރަށް މުޙިއްމު ކޯހަކަށް ވާނެކަމަށެވެ. މީގެއިތުރުން މާޖެހުމަށް ޚާއްޞަ ވަކި ފޮއްޓެއް ނެތް ނަމަވެސް، ގޭގައި ގެންގުޅ...

ފާތިމަތު ސަޙާ
ނައިވާދޫގައި ކުނި އުފުލުމުގައި ސަމާލުވޭ: މަގުމައްޗަށް އެޅޭ ކުނި ސާފުނުކޮށްފިނަމަ ޚަރަދު އަތުލާނެކަން ހަނދާންކޮށްދީފި 📍 ހދ. ނައިވާދޫ

ނައިވާދޫގައި ކުނި އުފުލުމުގައި ސަމާލުވޭ: މަގުމައްޗަށް އެޅޭ ކުނި ސާފުނުކޮށްފިނަމަ ޚަރަދު އަތުލާނެކަން ހަނދާންކޮށްދީފި

ކުނި އުފުލުމުގެ ތެރޭގައި މަގުމައްޗަށް އެޅޭ ކުނި ސާފުނުކޮށްފި ނަމަ، ކައުންސިލުން އެ ތަނެއް ސާފުކުރުމަށް ދިޔަ ޚަރަދު، އެކަމަށް ޒިންމާވާ މީހެއް ނުވަތަ ބައެއްގެ އަތުން އަތުލެވޭނެ ކަމަށް ހދ. ނައިވާދޫ ކައުންސިލުން ހަނދާންކޮށްދީފިއެވެ. ނައިވާދޫ ކައުންސިލުން ރައްޔިތުންނަށް މިކަން ހަނދާންކޮށްދީފައި ވަނީ “ކުނި އުކާލުމާއި ނައްތާލުމުގެ އާއްމު ޤަވާޢިދުތައް” ހަނދާންކޮށްދިނުމުގެ ގޮތުން ރަސްމީ ފޭސްބުކް ޕޭޖުގައި ޝާއިއުކުރި ޕޯސްޓެއް މެދުވެރިކޮށެވެ. އެ ޕޯސްޓުގައި ބަޔާންކޮށްފައިވާ ގޮތުގައި، ކުނިއުކާލުމާއި ކުނި ނައް...

ފާތިމަތު ސަޙާ
ނައިވާދޫއިން ހަނިމާދޫކޮޅަށް 6 ލަނޑު ޖަހައިފި 📍 ހދ. ނައިވާދޫ

ނައިވާދޫއިން ހަނިމާދޫކޮޅަށް 6 ލަނޑު ޖަހައިފި

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބާއްވާ “ފުޓްސަލް ޒޯން ޗެމްޕިއަންޝިޕް 2026” ގެ ނޯތު ޒޯން 1 ގެ ފަހު މެޗުގައި ނައިވާދޫން ހަނިމާދޫ ކޮޅަށް 6 ލަނޑު ޖަހައި އަތޮޅު ފައިނަލުން ބަލިވުމުގެ ބަދަލު ހިފައިފިއެވެ. ރޭ ފަހު މެޗަށް ނުކުތް އިރުވެސް ނައިވާދޫ އޮތީ މެޗަކުން ބަލިނުވެ ތާވަލުގެ އެއްވަނާގައި ފައިނަލް ކަށަވަރުކޮށްގެންނެވެ. މި މުބާރާތުގެ ހދ. އަތޮޅު ބުރުގައި ނައިވާދޫ ބަލިކޮށް ޗެމްޕިއަންކަން ހޯދި ހަނިމާދޫ ފަހު މެޗަށް ނުކުތީ […]

ޝިއުނާ އާދަމް
އީދެއްހާ ފޯރިގަދަ ކުޅުދުއްފުށީ ބޮޑުބާޒާރު ނިމުމަކަށް، 25،000 އަށް ވުރެ ގިނަ މީހުން ޒިޔާރަތްކުރި 📍 ހދ. ކުޅުދުއްފުށި

އީދެއްހާ ފޯރިގަދަ ކުޅުދުއްފުށީ ބޮޑުބާޒާރު ނިމުމަކަށް، 25،000 އަށް ވުރެ ގިނަ މީހުން ޒިޔާރަތްކުރި

ބޮޑުތިލަދުންމައްޗަށް އަމާޒުކޮށްގެން ބޭއްވި “ބޮޑުތިލަދުންމަތީ ބޮޑުބާޒާރު” އަދި އައިލެންޑް ކާނިވަލް ކާމިޔާބުކަމާއެކު ރޭ ނިންމާލައިފިއެވެ. މިއީ ހދ. ކުޅުދުއްފުށި ސިޓީ ކައުންސިލުން އިންތިޒާމުކޮށްގެން 30 ސެޕްޓެމްބަރ 2026 އިން އޮކްޓޯބަރު 4 ވަނަ ދުވަހުގެ ނިޔަލަށް ކުޅުދުއްފުށި ސިޓީގެ ބީޗް ހޭންޑްބޯލް އެރީނާ ސަރަހައްދުގައި ބޭއްވުނު ހަރަކާތެކެވެ. ކުޅުދުއްފުށީގެ އިޤްތިޞާދު ކުރިއެރުވުމަށާއި، އެ ސިޓީގައި ހިންގަމުން އަންނަ ވިޔަފާރިތަކަށް އަމާޒުކޮށްގެން، އެ ވިޔަފާރިތައް އެއްފަހަރާ ބޮޑު މާކެޓަކަށް އިޝްތިހާރުކުރުމ...

ފާތިމަތު ސަޙާ
އެއް އުނގަކުން ތަޢުލީމީ ދާއިރާއަށް ތިން މުދައްރިސުން, މިއީ އެ ނަމޫނާ މަންމައެއްގެ ފަޚުރުވެރި ވާހަކަ 📍 ހދ. ނޭކުރެންދޫ

އެއް އުނގަކުން ތަޢުލީމީ ދާއިރާއަށް ތިން މުދައްރިސުން, މިއީ އެ ނަމޫނާ މަންމައެއްގެ ފަޚުރުވެރި ވާހަކަ

ކޮންމެ މުދައްރިސެއްގެ ފަހަތުގައި އެ މީހަކަށް ހެޔޮ ތަރުބިއްޔަތު ދިން މައިވަންތަކަމުގެ ލޯތްބާއި ހިތްވަރު ވާނެކަން ޔަޤީނެވެ. މިއަދު ފާހަގަކުރާ މުދައްރިސުންގެ ދުވަހު މި ގެނެސްދެނީ، މުޖުތަމައު ބިނާކުރާ އެންމެ މުހިންމު އެއް ޚިދުމަތަށް، އެއް ފުރާޅެއްގެ ދަށުން، ތިން ދަރިން ހަދިޔާކުރި ނަމޫނާ މަންމައެއްގެ ފަޚުރުވެރި ވާހަކައެވެ. މުޅި ޤައުމުގެ މުސްތަޤުބަލު އުޖާލާކުރަން މަސައްކަތްކުރާ ތިން މުދައްރިސުންގެ ހިޔާވަހިކަމަކީ އެ މަންމަގެ އުނގެވެ. ހދ. ނޭކުރެންދޫ މަހުމާގޭ ފާޠިމަތު ޚާލިދާއަކީ ތިން މުދައްރިސުންގެ މަންމ...

ސަލާމާ ޢަބްދުލް ޢަލީމް
ހަންދަ ތޮށި އުކުމަށް، މަކުނުދޫއިން ވަކި ސަރަޙައްދެއް ޚާއްސަކޮށްފި 📍 ހދ. މަކުނުދޫ

ހަންދަ ތޮށި އުކުމަށް، މަކުނުދޫއިން ވަކި ސަރަޙައްދެއް ޚާއްސަކޮށްފި

ހަންދަ ތޮށިތައް އުކުމަށް، މަކުނުދޫގެ ވަކި ސަރަހައްދެއް ޚާއްސަކޮށް، ހދ. މަކުނުދޫ ކައުންސިލުން އެކަން އާންމުކޮށް އަންގައިފިއެވެ. އެ ރަށު ކައުންސިލުން މައުލޫމާތު ދެއްވާ ގޮތުގައި، މި ފަހަކަށް އައިސް، ރަށުގެ އެކި ސަރަހައްދުތަކަށް ހަންދަ ތޮއްޓާއި، މިޒާތުގެ ސާމާނު އުކާލާކަން އެ އިދާރާއަށް ފާހަގަ ކުރެވިފައިވެއެވެ. އެހެންކަމުން، މި ގޮތަށް ނިންމަން ޖެހުނީ އާންމުންނަށް އެކި ކަހަލަ އުނދަގޫތައް ކުރިމަތިވަމުންދާތީ ކަމަށް ވެސް އެ އިދާރާއިން ހާމަކުރައްވާފައިވެއެވެ. އެ ގޮތުން ، އެ ފަދަ ތަކެތި […]

ފާތިމަތު ސަޙާ
އިލެކްޓްރޯނިކް ލޮގްފޮތް ފުރަން ދަސްކޮށްދޭ ސެޝަނެއް: ކުޅުދުއްފުށީ މަސްވެރިންނަށް ދައުވަތު 📍 ހދ. ކުޅުދުއްފުށި

އިލެކްޓްރޯނިކް ލޮގްފޮތް ފުރަން ދަސްކޮށްދޭ ސެޝަނެއް: ކުޅުދުއްފުށީ މަސްވެރިންނަށް ދައުވަތު

ހދ. ކުޅުދުއްފުށި ސިޓީގައި ކަނޑުމަހުގެ މަސްވެރިކަމުގައި ހަރަކާތްތެރިވާ ކެޔޮޅުންނާއި މަސްވެރިންނަށް، ‘ކެޔޮޅު އެޕް’ މެދުވެރިކޮށް އިލެކްޓްރޯނިކް ލޮގްފޮތް ފުރިހަމަކުރާނެ ގޮތުގެ މައުލޫމާތު ދިނުމުގެ ސެޝަނެއް މިރޭ ބޭއްވުމަށް ސިޓީ ކައުންސިލުން ތައްޔާރުވެއްޖެއެވެ. މި ސެޝަނުގައި އެ ސިޓީގެ މަސްވެރިން ބައިވެރިވުމަށް ކުޅުދުއްފުށި ސިޓީ ކައުންސިލުން މިހާރު ވަނީ ދައުވަތު ދީފައެވެ. މިއީ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ޚާއްސަ އޮންލައިން ސެޝަނެކެވެ. މި ސެޝަންގެ...

ފާތިމަތު ސަޙާ
ތިން ޖީލު އެކުގައި، ޕެންޝަން އޮފީހުގެ ''3ޖެން ވޯކް'' މިމަހު ހަނިމާދޫގައި 📍 ހދ. ހަނިމާދޫ

ތިން ޖީލު އެކުގައި، ޕެންޝަން އޮފީހުގެ ''3ޖެން ވޯކް'' މިމަހު ހަނިމާދޫގައި

ޕެންޝަން އޮފީހުން ސިލްސިލާކޮށް ބާއްވަމުން އަންނަ “ތްރީ ޖެނެރޭޝަން ވޯކް” (3ޖެން ވޯކް) ގެ ހަތަރުވަނަ އެޑިޝަން، މި މަހުގެ 17 ވަނަ ދުވަހު ހދ. ހަނިމާދޫގައި ބޭއްވުމަށް ނިންމައިފިއެވެ. މިއީ ކުޑަކުދިންނާއި ބޮޑެތި މީހުން އަދި ދޮށީއުމުރުގެ މީހުން ހިމެނޭހެން، މުޅި އާއިލާއަށް ހާއްސަކޮށްގެން ބާއްވާ ހިނގާލުމެކެވެ. މި ހަރަކާތަކީ ދުޅަހެޔޮކަމާއި މާލީ ރައްކާތެރިކަން އިތުރުކުރުމާއެކު، ފަހަށް ފައިސާ ރައްކާކުރުމާއި، އިންވެސްޓްކުރުން އަދި ރިޓަޔާމަންޓަށް ތައްޔާރުވުމުގެ މުހިންމުކަމާމެދު އާއިލާގެ ހުރިހާ މެންބަރުންގެ މެދ...

ޔުމްނާ ޢަލީ
ކުދިންގެ އުނދަގޫ މިޒާޖުތައް މެނޭޖްކުރަން ދަސްކޮށްދޭ ޚާއްޞަ ސެޝަނެއް ކުޅުދުއްފުށީގައި؛ ރަޖިސްޓްރީވުން ހުޅުވާލައިފި 📍 ހދ. ކުޅުދުއްފުށި

ކުދިންގެ އުނދަގޫ މިޒާޖުތައް މެނޭޖްކުރަން ދަސްކޮށްދޭ ޚާއްޞަ ސެޝަނެއް ކުޅުދުއްފުށީގައި؛ ރަޖިސްޓްރީވުން ހުޅުވާލައިފި

ހދ. ކުޅުދުއްފުށި ސިޓީގައި ބޭއްވުމަށް ހަމަޖެހިފައިވާ ކުޑަކުދިންގެ މިޒާޖާއި އަޚްލާޤަށް އަންނަ ބަދަލުތަކަށް މުޖުތަމަޢު ހޭލުންތެރިކުރުވުމުގެ ގޮތުން ބާއްވާ ޚާއްޞަ ސެޝަނުގައި ބައިވެރިވުމަށް ފުރުޞަތު ހުޅުވާލައިފިއެވެ. މިއީ ކުޅުދުއްފުށި ސިޓީ ކައުންސިލާއި ޗައިލްޑް އެބިއުސް ޕްރިވެންޝަން ސޮސައިޓީ (ސީ.އޭ.ޕީ.އެސް) ގުޅިގެން ކުރިއަށް ގެންދާ ސެޝަނެކެވެ. މި ސެޝަން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ 2026 އޮކްޓޫބަރު 14 އަދި 15 ވާ ބުދަ އަދި ބުރާސްފަތި ދުވަހުއެވެ. މިއީ ބެލެނިވެރިންނާއި، ކުދިން ބަލަހައްޓާ ފަރާތްތަ...

ފާތިމަތު ސަޙާ