ހދ. ނޮޅިވަރަމުގައި ބާއްވާ ކަސްރަތު ޕްރޮގްރާމްގައި ބައިވެރިވުމަށް ފުރުޞަތު ހުޅުވާލައިފިއެވެ.
މިއީ ޒުވާނުން ބާރުވެރިކުރުވުމާއި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ އާއި ނޮޅިވަރަމް ކައުންސިލް ގުޅިގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.
ނޮޅިވަރަމް ކައުންސިލުން މަޢުލޫމާތު ދެއްވާ ގޮތުގައި، މި ޕްރޮގްރާމަކީ މިނިސްޓްރީން ކުރިއަށްގެންދާ "ހަށިހެޔޮރާއްޖެ" ޕްރޮގްރާމްގެ ދަށުން ރައްޔިތުންގެ މެދުގައި ދުޅަހެޔޮ ދިރިއުޅުމުގެ އާދަތައް އަށަގެންނެވުމުގެ މަޤްޞަދުގައި ބާއްވާ ޕްރޮގްރާމެކެވެ.
18 އަހަރުންމަތީގެ ދެ ޖިންސުގެ ފަރާތްތަކަށް ޚާއްޞަކޮށްގެން ކުރިއަށް ގެންދާ މި ޕްރޮގްރާމްގައި ބައިވެރިވުމަށް ފޯމު ހުޅަހެޅުމުގެ އެންމެ ފަހު ތާރީޚަކީ 14 އޮކްޓޫބަރު 2026 ވާ ބުދަ ދުވަހުގެ މެންދުރުފަހު 14:00 އެވެ.
މި ޕްރޮގްރާމްގައި ބައިވެރިވުމަށް، އެ ކައުންސިލްގެ ރަސްމީ ފޭސްބުކް ޕޭޖުގައިވާ ލިންކް މެދުވެރިކޮށް ފޯމު ފުރުމަށް، އެ ކައުންސިލުން އާންމުކޮށްފައިވާ އިޢުލާނުގައި ބަޔާންކޮށްފައިވެއެވެ.
މި ޕްރޮގްރާމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން 7926727 އަށް ގުޅުމަށް ކައުންސިލުން ވަނީ އެދިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!