މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 🏛️ ހއ. އަތޮޅު (ތިލަދުންމަތީ އުތުރުބުރި) (2,981 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
2,981 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހއ. އަތޮޅުގެ ޚަބަރުތައް

2981 ޚަބަރުގެ ތެރެއިން
މާރަންދޫ ކައުންސިލްކަޕް ރައިޒިން ސްޓަރ ސްޕޯރޓްސް ޓޯނަމެންޓްގެ ފުޓްބޯޅަ ޗެމްޕިއަންކަން ހޯދީ އޮރެންޖް ސްޓާ 📍 ހއ. މާރަންދޫ

މާރަންދޫ ކައުންސިލްކަޕް ރައިޒިން ސްޓަރ ސްޕޯރޓްސް ޓޯނަމެންޓްގެ ފުޓްބޯޅަ ޗެމްޕިއަންކަން ހޯދީ އޮރެންޖް ސްޓާ

ހއ. މާރަންދޫ ކައުންސިލްގެ “އެލްމޯބައިލް ކައުންސިލްކަޕް ރައިޒިން ސްޓަރ ސްޕޯރޓްސް ޓޯނަމެންޓް 2026” ފުޓްބޯޅަ މުބާރާތުގެ ފޯރިގަދަ ފައިނަލް މެޗު ކާމިޔާބުކޮށް، މުބާރާތުގެ ޗެމްޕިއަންކަން އޮރެންޖު ސްޓަރ ޓީމުން ހޯދައިފިއެވެ. ފައިނަލް މެޗުގައި އޮރެންޖު ސްޓަރ ޓީމުން ވައިޓް ސްޓަރ ޓީމުގެ މައްޗަށް ކުރިހޯދީ 4-1 ގެ ނަތީޖާއަކުންނެވެ. މި މުބާރާތުގެ ޗެމްޕިއަންކަން ހޯދި އޮރެންޖު ސްޓަރ ޓީމަށް އެ ކައުންސިލުން ދީފައިވަނީ މެޑަލް، ގިފްޓްޕެކް އަދި މުބާރާތުގެ ޓްރޮފީއެވެ. ރަނަރަޕް ޓީމަކަށް ވައިޓް ސްޓަރ ހޮވި […]

ފާތިމަތު ސަޙާ
60،000ރ. ގެ އިނާމެއް، ހޯރަފުށީ ކައުންސިލް ކަޕްގެ ޗެމްޕިއަންކަން 22 ސްޕޯޓްސް ކްލަބަށް 📍 ހއ. ހޯރަފުށި

60،000ރ. ގެ އިނާމެއް، ހޯރަފުށީ ކައުންސިލް ކަޕްގެ ޗެމްޕިއަންކަން 22 ސްޕޯޓްސް ކްލަބަށް

ހއ. ހޯރަފުށީ ކައުންސިލުން އިންތިޒާމް ކުރި “ހޯރަފުށީ ކައުންސިލް ކަޕް ފުޓްބޯޅަ މުބާރާތް 2026″ގެ ޗެމްޕިއަންކަން،  22 ސްޕޯޓްސް ކްލަބް ހޯދައިފިއެވެ. މި މުބާރާތުގެ ޗެމްޕިއަން ޓީމް، 22 ސްޕޯޓްސް ކްލަބަށް އެ ކައުންސިލުން 60،000 ރުފިޔާގެ ފައިސާގެ އިނާމެއް ދީފައިވެއެވެ. މީގެއިތުރުން މި މުބާރާތުގެ ރަނަރަޕް މަޤާމު ހޯދި ދަންމަރު ޔުނައިޓެޑަށް އެ ކައުންސިލުން ވަނީ 25،000 ރުފިޔާގެ ފައިސާގެ އިނާމެއް ދީފައެވެ. 13 ސެޕްޓެމްބަރ 2026ގައި ފެށި، މި މުބާރާތުގެ ތިންވަނަ ޓީމަކަށް ހޮވިފައިވަނީ […]

އަޙްމަދު ވަހީދު
ނިހާލްގެ ހެޓްރިކާއެކު ކަނޑިތީމުގެ ފެށުން ވަރުގަދަ، ނައިވައިދޫއިން ފިއްލަދޫ ކޮޅަށް 8 ލަނޑު ޖަހައިފި 📍 ހއ. ފިއްލަދޫ

ނިހާލްގެ ހެޓްރިކާއެކު ކަނޑިތީމުގެ ފެށުން ވަރުގަދަ، ނައިވައިދޫއިން ފިއްލަދޫ ކޮޅަށް 8 ލަނޑު ޖަހައިފި

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބާއްވާ “ފުޓްސަލް ޒޯން ޗެމްޕިއަންޝިޕް 2026” ގެ ނޯތު ޒޯން 1 ގެ މެޗުތަކުން، ހދ. ނައިވައިދޫއާއި ށ. ކަނޑިތީމު ކުރި ހޯދައިފިއެވެ. ނައިވައިދޫގައި ކުރިއަށް ދާ މި މުބާރާތް ފެށުމުގެ ގޮތުން، އިއްޔެ ކުޅުނު ފުރަތަމަ މެޗުގައި ހއ. ފިއްލަދޫގެ މައްޗަށް ނައިވައިދޫ ކުރި ހޯދީ 8-1 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމު ޙާޞިލްކޮށްފައިވަނީ ނައިވައިދޫގެ މުޙައްމަދު ޝާއިނެވެ. ފިއްލަދޫއަށް […]

ފާތިމަތު ސަޙާ
މާރަންދޫ ''ކައުންސިލް ކަޕް ރައިޒިން ސްޓާ ސްޕޯޓްސް ޓޯނަމެންޓް''ގެ ހޭންޑްބޯލް ޗެމްޕިއަންކަން ޔެލޯ ސްޓާ އަށް 📍 ހއ. މާރަންދޫ

މާރަންދޫ ''ކައުންސިލް ކަޕް ރައިޒިން ސްޓާ ސްޕޯޓްސް ޓޯނަމެންޓް''ގެ ހޭންޑްބޯލް ޗެމްޕިއަންކަން ޔެލޯ ސްޓާ އަށް

މާރަންދޫ ކައުންސިލުން އިންތިޒާމްކޮށްގެން ބޭއްވި، “އެލްމޯބައިލް ކައުންސިލް ކަޕް ރައިޒިން ސްޓާ ސްޕޯޓްސް ޓޯނަމެންޓް 2026″ގެ ހޭންޑްބޯލް މުބާރާތުގެ ޗެމްޕިއަންކަން ހޯދައި ޚާއްޞަ ގިފްޓް ޕެކާއެކު، ޔެލޯ ސްޓާ ތަށި އުފުލާލައިފިއެވެ. މި މުބާރާތުގެ ރަނަރަޕްޓީމްގެ މަޤާމު ހޯދާފައިވާ މެރޫން ސްޓާއަށް ވެސް އެ ކައުންސިލުން ވަނީ ގިފްޓް ޕެކާއެކު މެޑަލް ޙަވާލުކޮއްފައެވެ. މީގެއިތުރުން މުބާރާތުގެ 3 ވަނައަށް ދިޔަ ޕިންކް ސްޓާއަށް ކައުންސިލުން ވަނީ ގިފްޓް ޕެކް ހަދިޔާކޮށްފައެވެ. މި މުބާރާތުގެ ފައިނަލް މެޗްގެ މޮޅު […]

ފާތިމަތު ސަޙާ
މުރައިދޫ ކައުންސިލުން އެ ރަށުގައި ޕެސްޓް ކޮންޓްރޯލް ކުރުމުގެ ހަރަކާތެއް 📍 ހއ. މުރައިދޫ

މުރައިދޫ ކައުންސިލުން އެ ރަށުގައި ޕެސްޓް ކޮންޓްރޯލް ކުރުމުގެ ހަރަކާތެއް

ހއ. މުރައިދޫ ކައުންސިލުން އެ ރަށުގައި ޕެސްޓް ކޮންޓްރޯލް ކުރުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ. މުރައިދޫ ކައުންސިލްގެ ރައީސް އަމްޖަދު މުޙައްމަދު “ތިލަދުން”އަށް ވިދާޅުވީ، އެ ރަށުގެ ހުރިހާ މުއައްސަސާތަކާ ގުޅިގެން ކުރިއަށް ގެންދެވުނު މި ހަރަކާތަކީ ރަށުތެރެ ސާފުކޮށް ބެލެހެއްޓުމަށް، ކޮންމެ ހަތަރު މަހުން އެއްފަހަރު، ބޭއްވުމަށް ނިންމާފައިވާ ހަރަކާތެއްކަމަށެވެ. މި ހަރަކާތުގެ ތެރެއިން، ރަށުގައި މަދިރި އުފެދޭ ތަންތަން ނައްތާލައިފައިވާއިރު، ފެންބޮޑުވެ، ފެން ހެދޭ ތަންތަން ނައްތާލުމަށް އެކި ސައިޓްތަކުގެ...

ފާތިމަތު ސަޙާ
ދިފާޢީ ވަޒީރު ދިއްދޫ، ބާރަށް އަދި އުތީމަށް 📍 ހއ. ބާރަށް

ދިފާޢީ ވަޒީރު ދިއްދޫ، ބާރަށް އަދި އުތީމަށް

ދިފާޢީ އަދި ވަޠަނީ ޚިދުމަތާބެހޭ ވަޒީރު، ޙަސަން ރަޝީދު، އެމް.އެން.ޑީ.އެފް ނޮދަން އޭރިއާ ކޮމާންޑަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރެއްގެ ތެރެއިން ހއ. ދިއްދޫ، ބާރަށް އަދި އުތީމަށް ވަޑައިގެންފިއެވެ. ވަޒީރު އެ ރަށްތަކަށް ވަޑައިގަންނެވުމުން، އެ ރަށްތަކުން ވަނީ އެމަނިކުފާނަށް ވަރަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ. މި ދަތުރުފުޅުގެ ތެރެއިން ބާރަށަށް ވަޑައިގެން، އެ ރަށުގެ ތަރައްޤީއަށް ކުރަމުންދާ މަސައްކަތްތައް ބައްލަވާލެއްވުމުގެ އިތުރުން، އެ ރަށުގައި ހުރި އާސާރީ ތަންތަނަށް ޒިޔާރަތްކުރައްވައި އެ ތަންތ...

ޝިއުނާ އާދަމް
ކޯސްޓްގާޑް ޝިޕް "ޢިމާދުއްދީން" އުތީމަށް: ޘަޤާފީ ހަރަކާތްތަކާއެކު ފަރިވަޅެއް އަރުވައިފި 📍 ހއ. އުތީމު

ކޯސްޓްގާޑް ޝިޕް "ޢިމާދުއްދީން" އުތީމަށް: ޘަޤާފީ ހަރަކާތްތަކާއެކު ފަރިވަޅެއް އަރުވައިފި

އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑުގެ ސަރަޙައްދަށް ކުރަމުންދާ ފުރަތަމަ ދަތުރުގެ ތެރެއިން، އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ޢިމާދުއްދީން ފުރަތަމަ ފަހަރަށް ހއ. އުތީމަށް ބަނދަރުކުރުމުން އެ ރަށު ރައްޔިތުންގެ ފަރާތުން އުޅަނދުގެ ކެޕްޓަނަށާއި ފަޅުވެރިންނަށް ހޫނު މަރުޙަބާއެއް ކިޔައިފިއެވެ. ސެޕްޓެންބަރު 26ވަނަ ދުވަހު އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ޢިމާދުއްދީން އުތީމަށް ބަނދަރުކުރުމުން، އުތީމު ރައްޔިތުންގެ ފަރާތުން ވަނީ އެ ރަށުގެ ބަނދަރު ސަރަޙައްދުގައި މަރުޙަބާ ކިޔުމުގެ ގޮތުން ޚާއްޞަ ކަންތައްތަކެއް އިންތި...

އަލީ އާދިލް
ދިއްދޫގައި ކުރިއަށް ގެންދިޔަ ޖަމާޢަތްތެރިން ތަމްރީނު ކުރުމުގެ ޕްރޮގްރާމް ނިންމާލައިފި 📍 ހއ. ދިއްދޫ

ދިއްދޫގައި ކުރިއަށް ގެންދިޔަ ޖަމާޢަތްތެރިން ތަމްރީނު ކުރުމުގެ ޕްރޮގްރާމް ނިންމާލައިފި

ހއ. ދިއްދޫގައި ކުރިއަށް ގެންދިޔަ ޖަމާޢަތްތެރިން ތަމްރީނު ކުރުމުގެ ޕްރޮގްރާމް ނިންމާލައިފިއެވެ. މިއީ ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒާއި ހއ.ދިއްދޫ ކައުންސިލް ގުޅިގެން ހއ.ދިއްދޫ އިސްލާމީ މަރުކަޒުގައި އޮގަސްޓް 6 އިން 8 އަށް ހިންގި ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެންބަރު ޢަބްދުއްލަޠީފް މުޙައްމަދު (ލަތީބެ)އެވެ. މި ރަސްމިއްޔާތުގައި މެންބަރު ލަތީފް ދެއްކެވި ވާހަކާގައި ދިއްދޫއަކީ ރާއްޖޭގެ އާބާދީ ބޮޑު ރަށްތަކުގެ ތެރޭގައ...

ފާތިމަތު ސަޙާ
ބާރަށުގައި ވެސް ބެލެނިވެރިއަކާ ނުލައި ރޭގަނޑު 9:00 ގެ ފަހުން ކުދިން ބޭރުގައި އުޅުން މަނާކޮށްފި 📍 ހއ. ބާރަށް

ބާރަށުގައި ވެސް ބެލެނިވެރިއަކާ ނުލައި ރޭގަނޑު 9:00 ގެ ފަހުން ކުދިން ބޭރުގައި އުޅުން މަނާކޮށްފި

ބެލެނިވެރިއަކާ ނުވަތަ ބަލަދުވެރި ފަރާތަކާ ނުލައި، އެއްވެސް ބޭނުމެއްނެތި ރޭގަނޑު 9:00 ގެ ފަހުން ޢުމުރުން 18 އަހަރުން ދަށުގެ ކުދިންނާއި ސްކޫލް ދަރިވަރުން ރަށުތެރޭގައި އުޅުން ހއ. ބާރަށު ކައުންސިލުން މަނާކޮށްފިއެވެ. ބާރަށު ކައުންސިލުން ކުރި އިޢުލާނެއްގައި ބުނީ، 24 ސެޕްޓެމްބަރ 2026 ވީ ބުރާސްފަތި ދުވަހުން ފެށިގެން ދުރާލާ އެއްވެސް ބޭނުމެއްނެތި 18 އަހަރުން ދަށުގެ ކުދިންނާއި ސްކޫލް ކުދިން ރޭގަނޑު 9:00 ގެ ފަހުން ބެލެނިވެރި ފަރާތެއް، ނުވަތަ އެކުއްޖެއްގެ ބަލަދުވެރި ފަރާތަކާއެކު […]

ފާތިމަތު ސަޙާ
48 އަހަރުގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ހޯރަފުށީ ސިއްޙީ މަރުކަޒަށް އެ ރަށަށް އުފަން ޑޮކްޓަރެއް 📍 ހއ. ހޯރަފުށި

48 އަހަރުގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ހޯރަފުށީ ސިއްޙީ މަރުކަޒަށް އެ ރަށަށް އުފަން ޑޮކްޓަރެއް

ހއ. ހޯރަފުށީ ސިއްޙީ މަރުކަޒުގައި އެ ރަށުގެ އުފަން ދަރިއަކު، މެޑިކަލް އޮފިސަރެއްގެ ގޮތުގައި ޚިދުމަތް ކުރަން ފައްޓަވައިފިއެވެ. ހޯރަފުށީ ޞިއްޙީމަރުކަޒުން ބުނީ، މިއީ އެ މަރުކަޒުގެ 48 އަހަރުވީ ދިގު ޚިދުމަތުގެ ތާރީޚުގައި، އެ ރަށުގެ އުފަން ދަރިއަކު ޑޮކްޓަރެއްގެ ގޮތުގައި މަސައްކަތްކުރައްވާ ފުރަތަމަ ފަހަރެވެ. މިއީ އެ މަރުކަޒަށާއި ހޯރަފުށީގެ ރައްޔިތުންނަށް ލިބުނު ވަރަށް ބޮޑު އުފަލަކާއި ތާރީޚީ ޚާއްޞަ މުނާސަބަތެކެވެ. މި ތާރީޚީ ކާމިޔާބީއާއެކު ހޯރަފުށީ ސިއްޙީ މަރުކަޒުގެ ޚިދުމަތާ އަލަށް ގުޅިވަޑައިގެންނެވި […]

ފާތިމަތު ސަޙާ
ރައްޔިތުންގެ އަޑުއަހައި ހާލުބެލުމަށް ތަކަންދޫ ކައުންސިލުން ގޭގެއަށް 📍 ހއ. ތަކަންދޫ

ރައްޔިތުންގެ އަޑުއަހައި ހާލުބެލުމަށް ތަކަންދޫ ކައުންސިލުން ގޭގެއަށް

ހއ. ތަކަންދޫ ރައްޔިތުންގެ ޙާލުބެލުމަށާއި، ދިމާވާ ދަތިތަކާއި ޚިޔާލުތައް ދެނެގަތުމަށްޓަކައި އެ ރަށު ކައުންސިލުން ގޭގެއަށް ޒިޔާރަތްކުރުމުގެ ޚާއްޞަ ޕްރޮގްރާމެއް ފަށައިފިއެވެ. މި ޒިޔާރަތްތަކުގެ މައިގަނޑު މަޤްޞަދަކީ ރައްޔިތުންގެ ކަންބޮޑުވުންތައް ގާތުން ބަލައި، ކުރިއަށް އޮތް 5 އަހަރުގެ ތަރައްޤީގެ ޕްލޭނުގައި އެ ކަންކަން ހިމެނުމެވެ. ތަކަންދޫ ކައުންސިލްގެ ރައީސް ޢަބްދުލް ރައްޒާޤް “ތިލަދުން”އަށް ވިދާޅުވީ، މި ޒިޔާރަތްތަކުގެ ތެރެއިން ރަށުގެ ސިއްޙީ މަރުކަޒުން ބައެއް ޓެސްޓުތައް ފުރިހަމައަށް ނުހެދޭ މައްސަލަ ރައ...

ފާތިމަތު ސަޙާ
ޑެންގީން ރައްކާތެރިވުމަށް އުތީމުގައި އަވަސް ފިޔަވަޅުތަކެއް އަޅަން ފަށައިފި 📍 ހއ. އުތީމު

ޑެންގީން ރައްކާތެރިވުމަށް އުތީމުގައި އަވަސް ފިޔަވަޅުތަކެއް އަޅަން ފަށައިފި

ވިއްސާރަ މޫސުމާ ގުޅިގެން ހއ. އުތީމުން ޑެންގީ ހުން ފެންނަމުންދާތީ، އެ ބަލިން ރައްކާތެރިވުމަށްޓަކައި އުތީމު ކައުންސިލާއި އެ ރަށު ސިއްޙީ މަރުކަޒު ގުޅިގެން ހާއްސަ އަދި ވަރުގަދަ ފިޔަވަޅުތަކެއް އަޅަން ފަށައިފިއެވެ. އެ ރަށުން، ޑެންގީ ކޭސްތައް ފެނުމާ ގުޅިގެން، ރަށުގެ ކޮންސްޓްރަކްޝަން ސައިޓުތައް ބަލައި މޮނިޓަރ ކުރެވިފައިވާ ކަމަށް ކައުންސިލުން މައުލޫމާތުދެއެވެ. އެގޮތުން ފުރަތަމަ މޮނިޓަރ ކުރިއިރު ބޮޑެތި ބައެއް ސައިޓުތަކުގައި، ފެން ހެދި، މަދިރި ފަނި އަޅާފައި ހުރިކަން ފާހަގަކުރެވުނު ނަމަވެސް، ފަހުން […]

ފާތިމަތު ސަޙާ
މުރައިދޫގައި ފަތުރުވެރިކަން ކުރިއަރުވާ އިސްތިހާރު ކުރުމަށް ކައުންސިލުން މަންތާ އެއާއާއެކު މަޝްވަރާކޮށްފި 📍 ހއ. މުރައިދޫ

މުރައިދޫގައި ފަތުރުވެރިކަން ކުރިއަރުވާ އިސްތިހާރު ކުރުމަށް ކައުންސިލުން މަންތާ އެއާއާއެކު މަޝްވަރާކޮށްފި

ފަތުރުވެރިކަން ކުރިއެރުވުމަށް މަންތާ އެއަރއާއެކު ހއ. މުރައިދޫ ކައުންސިލުން މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ. އެ ރަށު ކައުންސިލާއި މަންތާ އެއަރގެ ޗީފް އެގްޒެކެޓިވް އޮފިސަރ (ސީއީއޯ) މުޙައްމަދު ޚަލީލާއެކު ބޭއްވުނު މި ބައްދަލުވުމުގައި މުރައިދޫގައި ފަތުރުވެރިކަން ފެށިގެންދާއިރު، ރަށް އިޝްތިހާރުކޮށް، ޕްރޮމޯޓް ކުރުމާ ގުޅޭގޮތު ވާހަކަ ދައްކާފައިވެއެވެ. އެގޮތުން މުރައިދޫ ކައުންސިލުން ބުނީ، އެ ރަށުގައި، ފަތުރުވެރިކަން ކުރިއެރުވުމަށް، ކުރެވެން ހުރި ކަންކަމާ ގުޅޭގޮތުން ދެފަރާތުން މަޝްވަރާކުރިއެވެ. މީގެ...

ފާތިމަތު ސަޙާ
ހއ.އަތޮޅު ހޮސްޕިޓަލް އަޕްގްރޭޑް ކުރުމުގެ މަޝްރޫޢުގެ އަޕްޑޭޓް ދީފި 📍 ހއ. ދިއްދޫ

ހއ.އަތޮޅު ހޮސްޕިޓަލް އަޕްގްރޭޑް ކުރުމުގެ މަޝްރޫޢުގެ އަޕްޑޭޓް ދީފި

ހއ. ދިއްދޫގައި ހުންނަ ހއ. އަތޮޅު ހޮސްޕިޓަލް އަޕްގްރޭޑް ކުރުމުގެ މަޝްރޫޢުގެ ދަށުން ސައިޓުގައި މިހާރު ކުރިއަށްދަނީ ލީން ކޮންކްރީޓް އެޅުމާއި، ސްޓްރިޕް ފޫޓިންގ ކޮންކްރީޓް މަސައްކަތްތަކުގެ އިތުރުން ޓައި ބީމް ރީއިންފޯސްމަންޓް އަދި ޝަޓަރިންގ މަސައްކަތްތައް ކަމަށް އެމްޓީސީސީން ބުނެފިއެވެ. ހއ. އަތޮޅު ހޮސްޕިޓަލުގެ އައު ޢިމާރާތުގެ ޢަމަލީ މަސައްކަތް ފަށާފައިވަނީ 22 ނޮވެމްބަރު 2025 ގައެވެ. މި މަޝްރޫޢުގެ ދަށުން 4 ފަންގިފިލާ ހިމެނޭ ގޮތަށް 50 އެނދުގެ ޖާގައިގެ ހޮސްޕިޓަލެއް ޢިމާރާތް ކުރުމާއި، […]

ޝިއުނާ އާދަމް
ފިއްލަދޫ ޓޫރިޒަމް ޒޯނަށް ފެނާއި ނަރުދަމާ އަދި ކަރަންޓުގެ ޚިދުމަތް ދިނުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި 📍 ހއ. ފިއްލަދޫ

ފިއްލަދޫ ޓޫރިޒަމް ޒޯނަށް ފެނާއި ނަރުދަމާ އަދި ކަރަންޓުގެ ޚިދުމަތް ދިނުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ހއ. ފިއްލަދޫގައި ތަރައްޤީކުރާ ޓޫރިޒަމް ޒޯނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ޤާއިމުކުރުމަށްޓަކައި، ފެނާއި ނަރުދަމާ އަދި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމާ ގުޅޭ އެއްބަސްވުން (އެމްއޯޔޫ)ގައި ފިއްލަދޫ ކައުންސިލާއި މާލެ ވޯޓަރ އެންޑް ސެވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އާ ދެމެދު ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ ޢިއްޒަތްތެރި މެންބަރު ޢަބްދުﷲ ޝަރީފް ބައިވެރިވެވަޑައިގެންނެވިއެވެ. ފިއްލަދޫ ކައުންސިލްގެ ރައީސް މުޙައްމަދު ޙާމިދު...

ފާތިމަތު ސަޙާ