ހއ. މާރަންދޫ ކައުންސިލްގެ "އެލްމޯބައިލް ކައުންސިލްކަޕް ރައިޒިން ސްޓަރ ސްޕޯރޓްސް ޓޯނަމެންޓް 2026" ފުޓްބޯޅަ މުބާރާތުގެ ފޯރިގަދަ ފައިނަލް މެޗު ކާމިޔާބުކޮށް، މުބާރާތުގެ ޗެމްޕިއަންކަން އޮރެންޖު ސްޓަރ ޓީމުން ހޯދައިފިއެވެ.

ފައިނަލް މެޗުގައި އޮރެންޖު ސްޓަރ ޓީމުން ވައިޓް ސްޓަރ ޓީމުގެ މައްޗަށް ކުރިހޯދީ 4-1 ގެ ނަތީޖާއަކުންނެވެ.

Ad
rt

މި މުބާރާތުގެ ޗެމްޕިއަންކަން ހޯދި އޮރެންޖު ސްޓަރ ޓީމަށް އެ ކައުންސިލުން ދީފައިވަނީ މެޑަލް، ގިފްޓްޕެކް އަދި މުބާރާތުގެ ޓްރޮފީއެވެ.

ރަނަރަޕް ޓީމަކަށް ވައިޓް ސްޓަރ ހޮވި އެ ޓީމަށް މެޑަލް އަދި ގިފްޓްޕެކް ލިބުނުއިރު، މުބާރާތުގެ 3 ވަނަ ޓީމުގެ ގޮތުގައި ހޮވުނު ބުލޫ ސްޓަރ ޓީމަށް ވެސް ވަނީ ގިފްޓްޕެކް ދީފައެވެ.


ފައިނަލް މެޗުގެ ކިންގް އޮފް ދަ މެޗުގެ މަގާމު ހޯދީ އޮރެންޖު ސްޓަރ ޓީމުގެ ޖާޒީ ނަންބަރު 17، އަޙްމަދު ޔުޢާން ބިން މުޙައްމަދު އެވެ. އަދި މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ (ޓޮޕް ސްކޯރަރ) ގެ މަގާމާއި، މުބާރާތުގެ ރައިޒިން ސްޓަރގެ މަގާމު ހޯދާފައިވަނީ އޮރެންޖު ސްޓަރ ޓީމުގެ ޖާޒީ ނަންބަރު 10، އަޙްމަދު އިޔާލް އެވެ.

މީގެއިތުރުން، މުބާރާތުގެ ބެސްޓް ކޯޗަކަށް ހޮވުނީ އޮރެންޖު ސްޓަރ ޓީމުގެ ކޯޗު ޢަލީ ޝަމީމް އެވެ.

މުޅި މުބާރާތުގައި އެންމެ މޮޅު 6 ކުޅުންތެރިން ވެސް ހޮވާފައިވެއެވެ. އޭގެތެރޭގައި ހިމެނެނީ އޮރެންޖް ސްޓާގެ އަޙްމަދު އިޔާލް، ޙުސައިން ރައުޝާމް ޢަބްދުލް ރައްޒާޤް، ޙަސަން ރާހިލް މުޙައްމަދާއި ވައިޓް ސްޓާގެ ޔޫޝައު މުޙައްމަދު އަސްލަމް، މުޙައްމަދު ޝަފްރާޒު ޙަސަންގެ އިތުރުން ބްލޫ ސްޓާގެ ލައިޝް ޙަސަންއެވެ.