"ޒަމާނަކުން އައި ޒަމާނެކޭ" ތަފާތު އިވެންޓެއް! މާދަމާ ރޭ ސޯޝަލް ސެންޓަރުގައި
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ)ގެ ވަރަށް ޚާއްސަ ކެމްޕެއިން އިވެންޓެއް މާދަމާ (ބުރާސްފަތި) މާލޭގައި އޮންނާނެއެވެ. “ޒަމާނަކުން އައި ޒަމާނެކޭ” މި ސްލޯގަން އާއި އެކު ސޯޝަލް ސެންޓަރުގައި ކުރިއަށް ދާ މި އިވެންޓް އޮންނާނީ މާދަމާ ރޭ 8:15 ގައި އެވެ. މި ޙަރަކާތަކީ އެމް.ޑީ.ޕީއިން އާއްމުކޮށް ބާއްވާ ޖަލްސާތަކާއި އެހެނިހެން ސިޔާސީ ހަރަކާތްތަކާއި މުޅިން ތަފާތު، އާ ކޮންސެޕްޓަކަށް ބާއްވާ އިވެންޓެއްކަމަށް އެޕާޓީން ބުނެއެވެ. މީގެ ކުރިންވެސް، އެމް.ޑީ.ޕީ ފާހަގަވެގެން ގޮސްފައިވަނީ ހަރުގެ ބައްދަލުވުންތަކާއ...