މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ބ. އަތޮޅަށް (15:00 އިން 20:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ރާއްޖެ

16,873 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 524 ވަނަ ޞަފްޙާ

ކެމްޕޭން ހަރަކާތްތަކުގައި ތިމާވެއްޓަށް ގެއްލުން ނުދިނުމަށް އީޕީއޭ އިން އިލްތިމާސް ކޮށްފި

ކެމްޕޭން ހަރަކާތްތަކުގައި ތިމާވެއްޓަށް ގެއްލުން ނުދިނުމަށް އީޕީއޭ އިން އިލްތިމާސް ކޮށްފި

ކެމްޕެއިން ހަރަކާތްތައް ކުރިއަށް ގެންދާއިރު، ތިމާވެއްޓަށް ގެއްލުން ނުދިނުމަށް އެންވަޔަރްމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން އިލްތިމާސް ކުރައްވައިފިއެވެ. މިއީ ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބަށް އެކި ފަރާތްތަކުން ފޯރިއާއެކު ކެމްޕެއިން ކުރަމުން އަންނަ ދުވަސްވަރުކަން ފާހަގަކުރައްވާ އީޕީއޭ އިން ވިދާޅުވީ މިފަދަ ހަރަކާތްތައް ކުރިއަށް ގެންދާއިރު، ރާއްޖޭގެ ތިމާވެއްޓާއި ދިރޭތަކެއްޗަށް ގެއްލުންވާގޮތަށް ބައެއް ފަރާތްތަކުން ކެމްޕެއިން ހަރަކާތްތައް ހިންގަމުންދާކަން ފާހަގަކުރެވިފައިވާ ކަމަ...

މުޙައްމަދު އަފްރާޙް
ޑރ. އަނާރާ އާއި ޑރ. ޝަހީމްގެ ތާއީދު ޑރ. މުއިއްޒަށް!

ޑރ. އަނާރާ އާއި ޑރ. ޝަހީމްގެ ތާއީދު ޑރ. މުއިއްޒަށް!

މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ތެރެއިން ޑރ. އަނާރާ ނައީމް އާއި ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. ޝަހީމް އަލީ ސައީދު ތާއީދު ކުރައްވަނީ ޕީއެންސީ، ޕީޕީއެމް ގެ ރިޔާސީ ކެންޑިޑޭޓް، މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އަށް ކަން ހާމަކުރައްވައިފިއެވެ. އަނާރާ ކުރައްވާފައިވާ ޓްވީޓެއްގައި މުއިއްޒު އާއި ގުޅޭގޮތުން ވިދާޅުވީ ދިވެހީންނަށް ފަހި ހަރުދަނާ ހާރިޖީ ސިޔާސަތެއް ގެންގުޅުއްވާނެ ކަމަށާއި އިސްލާމްދީނުގެ އުސޫލުތަކަށް ރިޢާޔަތްކުރައްވާނެ ކަމަށެވެ. އަދި އަންހެނުންނަށް ހަމަހަމ...

މުޙައްމަދު އަފްރާޙް
ގާސިމް ވެލިދު އަށް ދެއްވީ އެއާޕޯޓެއްގެ އުންމީދު!

ގާސިމް ވެލިދު އަށް ދެއްވީ އެއާޕޯޓެއްގެ އުންމީދު!

ނ. ވެލިދޫގައި އެއާޕޯޓެއް އެޅޭނެތޯ ބަލައި އެކަން ފުރިހަމަކޮށް ދެއްވާނެ ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ. އަންނަ ސެޕްޓެމްބަރު 9 ގައި އޮންނަ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ނ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުގައި ނ. ވެލިދޫ އަށް ވަޑައިގެން ގާސިމް ވިދާޅުވީ އެއާޕޯޓުގެ ކަންތަކުގައި އެކަން ކުރެވެން އޮތީ ކިހިނެއްތޯ ބައްލަވާނެ ކަމަށެވެ. އަދި އެއާޕޯޓު އެޅޭނެ މަގެއް އޮތް ނަމަ، އެކަން ފުރިހަމަކޮށްދެއްވާނެ ކަމަށް ގާސިމް […]

މުޙައްމަދު
މިހާރު އަރަބިއްޔާ ސްކޫލު ކުދިން ބަދަލުކޮށްފައިވާ ތަނަކީ "ޓިނު ގުދަނެއް": މުޢިއްޒު

މިހާރު އަރަބިއްޔާ ސްކޫލު ކުދިން ބަދަލުކޮށްފައިވާ ތަނަކީ "ޓިނު ގުދަނެއް": މުޢިއްޒު

އަރަބިއްޔާ ސްކޫލު ސްކޫލު ކުދިން މިހާރު ބަދަލުކޮށްފައިވާ ތަނަކީ “ޓިނު ގުދަނެއް” ކަމަށް، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. މިހާރު އުތުރުގެ ރަށްތަކަށް ކުއްރަވުން ގެންދަވާ ދަތުރުފުޅުގައި، ށ ކަނޑިތީމުގައި ވާހަކަފުޅު ދައްކަވަމުން މުޢިއްޒު ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރެއްގައި އިސްލާމީ ތަޢުލީމަށް ވަރަށް ބޮޑު އިސްކަމެއް ދެއްވާނެކަމަށާއި، އަރަބިއްޔާ ސްކޫލު ހިންގުމަށް މާލެއިން ބޮޑު ބިމެއް ކަނޑައަޅުއްވާނެކަމަށެވެ. މުޢިއްޒުގެ ވާހަކަފުޅުގައ...

އަލީ އާދިލް
މާފަރު ކަސްޓަމްސް އޮފީސް އިމާރާތުގެ ބިންގާ އަޅައިފި

މާފަރު ކަސްޓަމްސް އޮފީސް އިމާރާތުގެ ބިންގާ އަޅައިފި

ނ. މާފަރުގައި އިމާރާތްކުރުމަށް ހަމަޖެހިފައިވާ ކަސްޓަމްސްގެ އޮފީސް އިމާރާތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ. މި އިމާރާތަކީ އުތުރުގެ އަތޮޅުތަކުގެ ތަރައްގީއަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ތެރެއިން ކަސްޓަމްސްގެ ހިދުމަތް ފުޅާކުރުމަށްޓަކައި އަޅާ އިމާރާތެކެވެ. ކަސްޓަމްސްގެ އޮފީސް އިމާރާތް އެޅުމަށް ހަމަޖެހިފައިވާ ބިމުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި އިމާރާތުގެ ބިންގާ އަޅުއްވާދެއްވީ ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް އަބްދުﷲ ޝަރީފް އާއި މަނަދޫ ދާއިރާގެ މަޖިލިސް މެން...

މުޙައްމަދު އަފްރާޙް
ވާނުވާގައި ޖަލުތަކުގައި ތިބޭ ރައްޔިތުންނަށް ހައްލު ހޯދައި ދޭނަން: ގާސިމް

ވާނުވާގައި ޖަލުތަކުގައި ތިބޭ ރައްޔިތުންނަށް ހައްލު ހޯދައި ދޭނަން: ގާސިމް

ޝަރީއަތް ނިމެންދެން “ވާނުވާ” ޖަހައި ޖަލުތަކުގައި ތިބޭ ރައްޔިތުންނަށް ހައްލު ހޯދައި ދެއްވާނެ ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ރިޔާސީ ކެންޑިޑޭޓު އަދި ލީޑަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެއެވެ. އަންނަ މަހުގެ 9 ގައި އޮންނަ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ނ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުގައި ނ. ކުޑަފަރީގައި ބޭއްވި ޖަލްސާގައި ގާސިމް ވިދާޅުވީ އަދުލު އިންސާފު ލަސްވުމާއި ވާނުވާ އެއް ނޭނގި ޝަރީއަތް ދިގުލައިގެން ގޮސް ޖަލުތަކުގައި ތިބި ރައްޔިތުންގެ ހައްގުގައި […]

މުޙައްމަދު
ޕެސްޓްގެ މައްޗަށް ކުރި ޑްރަގްގެ ބޮޑެތި ދައުވާތައް ސާބިތުނުވެ ސަލާމަތްވެއްޖެ

ޕެސްޓްގެ މައްޗަށް ކުރި ޑްރަގްގެ ބޮޑެތި ދައުވާތައް ސާބިތުނުވެ ސަލާމަތްވެއްޖެ

ރެޕް ލަވަކިޔުންތެރިޔާ އިސްމާއީލް އިފްހާމް މުހައްމަދު (ޕެސްޓް) އާއި އިތުރު ބައެއްގެ މައްޗަށް ކުރި މަސްތުވާތަކެތީގެ ބޮޑެތި ދައުވާތައް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމް ކޮށްފި އެވެ. ޕެސްޓުގެ މައްޗަށް އުފުލީ ކެނެބިސް ޓްރެފިކްކުރުމުގެ ކުށުގެ ދައުވާ އާއި ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދައުވާ އާއި ޖަދުވަލު 1 ގައިވާ މަސްތުވާއެއްޗެއް ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ ކުށްކޮށްގެން ހޯދާ މުދަލާއި ފައިސާ ބޭނުންކުރުމާއި އަތުގައި ބެހެއްޓުމާއި ސިއްރުކުރުމުގެ ކުށުގެ ދައުވާ އެވެ. ޕެސްޓުގެ […]

ހުސައިން ހަބީބް
ޕީއެންސީގެ ވެރިކަމެއްގައި ޕާކިން ޖޫރިމަނާ އެއްކޮަށް މައާފުކޮށްދޭނަން: މުއިއްޒު

ޕީއެންސީގެ ވެރިކަމެއްގައި ޕާކިން ޖޫރިމަނާ އެއްކޮަށް މައާފުކޮށްދޭނަން: މުއިއްޒު

ޕީއެންސީގެ ވެރިކަމެއްގައި ގަވައިދާ ހިލާފަށް ޕާކުކޮށްގެން ކޮށްފައިވާ ހުރިހާ ޕާކިން ޖޫރިމަނާ ކޮށްދެއްވާނެ ކަމަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަދި މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. މިއަހަރުގެ ސެޕްތެްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު މުއިއްޒު މިހެން ވިދާޅުވީ ކެމްޕެއިނަށް ށ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުގައި އެ އަތޮޅު ފުނަދޫގައި ވާހަކަ ދައްކަވަމުންނެވެ. މުއިއްޒު ވިދާޅުވީި މި ސަރުކާރުން ވެރިކަމަށް އައީ ޕާކުކުރާނެ...

މުޙައްމަދު އަފްރާޙް
ރައްޔިތުންގެ އިހުސާސްތައް ބޮލާލައި ނުޖަހާނަން، ދުވާފަރުގައި އެއާޕޯޓު އަޅައިދޭނަން: ރައީސް

ރައްޔިތުންގެ އިހުސާސްތައް ބޮލާލައި ނުޖަހާނަން، ދުވާފަރުގައި އެއާޕޯޓު އަޅައިދޭނަން: ރައީސް

ރ. ދުވާފަރު ރައްޔިތުންގެ އިހުސާސްތައް ބޮލާލައި ނުޖަހާނެ ކަމަށާއި ރައްޔިތުން އެދިފައިވާ ގޮތަށް އެރަށުގައި އެއާޕޯޓު އަޅައިދެއްވާނެ ކަމަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ކެންޑިޑޭޓު އަދި މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް މިހާރުކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ދުވާފަރުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ސާލިހު ވިދާޅުވީ އެރަށަށް ވަޑައިގަތުމުން ސަލާމްކުރެއްވި...

މުޙައްމަދު އަފްރާޙް
އެމްއެންޕީގެ ސަރުކާރެއްގައި އައްޑޫ ސިޓީ ފޭދޫގައި ރަނގަޅު ފެންވަރެއްގެ ޕްރީ ސްކޫލެއް އަޅާނަން: ނާޒިމް

އެމްއެންޕީގެ ސަރުކާރެއްގައި އައްޑޫ ސިޓީ ފޭދޫގައި ރަނގަޅު ފެންވަރެއްގެ ޕްރީ ސްކޫލެއް އަޅާނަން: ނާޒިމް

މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ގެ ސަރުކާރެއްގައި އައްޑޫ ސިޓީ ފޭދޫގައި ރަނގަޅު ފެންވަރެއްގެ ޕްރީ ސްކޫލެއް އަޅައިދެއްވާނެ ކަމަށް އެ ޕާޓީގެ ރައީސް އަދި ރިޔާސީ ކެންޑިޑޭޓު، ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ އައްޑޫ ސިޓީ އަށް ކުރައްވަމުން ގެންދަވާ ކެމްޕެއިން ދަތުރުގައި ފޭދޫއަށް ވަޑައިގެން ސަޕޯޓަރުންނާ މުހާތަބު ކުރައްވާ ވާހަކަ ދައްކަވަމުންނެވެ. ނާޒިމް ވިދާޅުވީ އެރަށުގެ ރައްޔިތުން އެންމެބޮޑަށް ބޭނުންވާ އެއް ކަމަކީ ފެންވަރުގެ ޕްރީސްކޫލެއް ކަމަށާއި ފޭ...

މުޙައްމަދު އަފްރާޙް
ހިދުމަތުގެ ގޮތުން އަޅުގަނޑާ ކައިރި ކުރެވޭނެ ބޭފުޅެއް ނެތް: ގާސިމް

ހިދުމަތުގެ ގޮތުން އަޅުގަނޑާ ކައިރި ކުރެވޭނެ ބޭފުޅެއް ނެތް: ގާސިމް

ރާއްޖޭގެ ރައްޔިތުންނަށް ފޯރުކޮށްދެއްވި ހިދުމަތާއި އެހީތެރިކަމަށް ބަލާއިރު، އޭނާއާ ގާތް ކުރެވޭ ވަރުގެ ކެންޑިޑޭޓެއް ނެތް ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ރިޔާސީ ކެންޑިޑޭޓު އަދި އެ ޕާޓީގެ ލީޑަރުގެ ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެއެވެ. އަންނަ މަހުގެ 9 ގައި އޮންނަ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ނ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުގައި މަނަދޫގައި ރޭ ބޭއްވި ޖަލްސާގައި ގާސިމް ވިދާޅުވީ ވޯޓުލާ އިރު، ކުރިމަތިލައްވާފައި ތިއްބެވީ ކިހާ ވަރެއްގެ އިހްލާސްތެރި މަސައްކަތަކެއް […]

މުޙައްމަދު
މުޢިއްޒު، މިލަންދޫ އަށް އެެއާޕޯޓެއްގެ ވައުދު

މުޢިއްޒު، މިލަންދޫ އަށް އެެއާޕޯޓެއްގެ ވައުދު

ށ. މިލަންދޫ ގައި އެެއާޕޯޓް އެޅުމަކީ، އެ ހިސާބުގެ ރައްޔިތުންނަށްޓަކައި ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށް އިދިކޮޅު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް އަދި މާލޭ ސިޓީ ކައުންސިލުގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. މުއިއްޒު މިހެން ވިދާޅުވީ ށ. އަދި ނ. އަތޮޅަށް ކުރައްވަމުން ގެންދަވާ ރިޔާސީ ކެމްޕޭން ދަތުރުގައި ށ. މިލަންދޫގައި ކުރިއަށް ގެންދިޔަ ޖަގަހަ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. މުޢިއްޒުގެ ވާހަކާގައި ވިދާޅުވީ، 30 މިނެޓުން ދެވޭ ގޮތަށް ރާއްޖޭގެ އެކި […]

ޔުމްނާ ޢަލީ
މަނަދޫން ގާސިމަށް ފޯރިގަދަ މަރުހަބާއެއް

މަނަދޫން ގާސިމަށް ފޯރިގަދަ މަރުހަބާއެއް

ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ރިޔާސީ ކެންޑިޑޭޓު އަދި ލީޑަރު ގާސިމް އިބްރާހިމް ނ. މަނަދޫ އަށް ވަޑައިގެންނެވުމުން އެ ރަށު ގިނަ ބަޔަކު ހޫނު މަރުހަބާއެއް ކިޔައިފިއެވެ. ގާސިމް މަނަދޫއަށް ވަޑައިގަތުމާއެކު ބަދަރު ސަރަހައްދުގައި އިސްތިގްބާލުގައި ތިބި މަނަދޫގެ ރައްޔިތުން ފޯރިއާ ޖޯޝާއެކު ދިޔައީ ގާސިމަށް ތާއީދުކޮށް އަޑު އުފުލަމުންނެވެ. ގިނަ އަދަދެއްގެ ރައްޔިތުން ބަނދަރު ސަރަހައްދަށް ޖަމާވި އިރު ބޮޑުބެރުގެ ފޯރިއާއެކު ގާސިމަށް މަރުހަބާ ދެންނެވުމަށް ދިގު ސަފެއް ހަދައި ވަނީ ފޯރި ނަގައިފައެވެ. […]

މުޙައްމަދު
މާލޭގެ ގެއެއްގައި ރޯވި އަލިފާން ކޮންޓްރޯލު ކޮށްފި

މާލޭގެ ގެއެއްގައި ރޯވި އަލިފާން ކޮންޓްރޯލު ކޮށްފި

މާލޭގެ މުއިވެޔޮ މަގުގައި ހުރި ގެއެއްގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލު ކޮށްފިއެވެ. އެމްއެންޑީއެފް އިން ވިދާޅުވީ އަލިފާން ރޯވީ މ. ހުދުކަނީރުގޭގައި ކަމަށެވެ. އަދި އެ ހާދިސާގެ މައުލޫމާތު ލިބިފައިވަނީ މިއަދު ހެނދުނު 7:45 ހާއިރު ކަމަށެވެ. އެ އިދާރާ އިން ވިދާޅުވީ އެ މައުލޫމާތު ލިބުމާއެކު ފަޔާ އެންޑް ރެސްކިއު ސާވިސް އިން ހަރަކާތްތެރިވެ، އަލިފާން ކޮންޓްރޯލު ކޮށްފައިވާ ކަމަށެވެ. އަލިފާން ރޯ ވެފައިވަނީ އެ ގޭގައި ހުރި ހާޑްވެއާ ރައްކާކުރާ ގުދަނެއްގައި ކަމަށާއި މި ހާދިސާގައި […]

މުޙައްމަދު އަފްރާޙް
މުސާރަތައް ބޮޑު ކުރާނެ ވާހަކަ ދައްކަނީ ވެރިކަން ހޯދަން، ދެވަނަ ދައުރެއް ނުދޭތި: ގާސިމް

މުސާރަތައް ބޮޑު ކުރާނެ ވާހަކަ ދައްކަނީ ވެރިކަން ހޯދަން، ދެވަނަ ދައުރެއް ނުދޭތި: ގާސިމް

ދައުލަތުގެ މުވައްޒަފުންގެ މުސާރަ %40 ބޮޑު ކުރާނެ ވާހަކަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދައްކަވަނީ ވެރިކަން ހޯއްދަވަން ކަމަށާއި އެމަނިކުފާނަށް ދެވަނަ ދައުރެއް ދީގެން ނުވާނެ ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެއެވެ. އަންނަ ސެޕްޓެމްބަރު މަހުގެ 9 ގައި އޮންނަ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ނ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުގައި ނ. މާޅެންދު އަށް ވަޑައިގެން ގާސިމް ވިދާޅުވީ ދައުލަތުގެ ހުރިހާ މުވައްޒަފުންގެ […]

މުޙައްމަދު