ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ރިޔާސީ ކެންޑިޑޭޓު އަދި ލީޑަރު ގާސިމް އިބްރާހިމް ނ. މަނަދޫ އަށް ވަޑައިގެންނެވުމުން އެ ރަށު ގިނަ ބަޔަކު ހޫނު މަރުހަބާއެއް ކިޔައިފިއެވެ.

ގާސިމް މަނަދޫއަށް ވަޑައިގަތުމާއެކު ބަދަރު ސަރަހައްދުގައި އިސްތިގްބާލުގައި ތިބި މަނަދޫގެ ރައްޔިތުން ފޯރިއާ ޖޯޝާއެކު ދިޔައީ ގާސިމަށް ތާއީދުކޮށް އަޑު އުފުލަމުންނެވެ. ގިނަ އަދަދެއްގެ ރައްޔިތުން ބަނދަރު ސަރަހައްދަށް ޖަމާވި އިރު ބޮޑުބެރުގެ ފޯރިއާއެކު ގާސިމަށް މަރުހަބާ ދެންނެވުމަށް ދިގު ސަފެއް ހަދައި ވަނީ ފޯރި ނަގައިފައެވެ.

Ad
rt

ނ. އަތޮޅުގެ ރަށްތަކަށް ގާސިމް ކުރައްވާ ދަތުރުފުޅުގައި އެމަނިކުފާނު ވަނީ ނ. ހެނބަދޫ، ނ. ކެނދިކުޅުދޫ، ނ. މާޅެންދޫ، ނ. ލަންދޫ، ނ. މާފަރަށް ވަޑައިގެން އެ ރަށްރަށުގައި ތިބި ސަޕޯޓަރުންނާ ބައްދަލު ކުރައްވައިފައެވެ. މި ރަށްތަކުން ވެސް ގިނަ ބަޔަކު ގާސިމަށް މަރުހަބާ ކިޔަން ނުކުތެވެ.

އިންތިހާބަށް 15 ވަރަކަށް ދުވަހަށް ވެފައިވާއިރު ގާސިމްއަށް ތާއީދު ކުރާ ޖުމްހޫރީ ޕާޓީއާ ގުޅޭ ފަރާތްތައް ދަނީ އިތުރުވަމުންނެވެ. ޚާއްޞަކޮށް ގިނަ އަދަދެއްގެ ޒުވާނުން ގާސިމް އިބްރާހިމްއަށް ތާއީދުކޮށް ކެމްޕޭން ހަރަކާތްތަކުގައި ބައިވެރިވަމުންދާކަން ވަނީ ފާހަގަ ކުރެވިފައެވެ.