މާލޭގެ މުއިވެޔޮ މަގުގައި ހުރި ގެއެއްގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލު ކޮށްފިއެވެ.
އެމްއެންޑީއެފް އިން ވިދާޅުވީ އަލިފާން ރޯވީ މ. ހުދުކަނީރުގޭގައި ކަމަށެވެ. އަދި އެ ހާދިސާގެ މައުލޫމާތު ލިބިފައިވަނީ މިއަދު ހެނދުނު 7:45 ހާއިރު ކަމަށެވެ.
އެ އިދާރާ އިން ވިދާޅުވީ އެ މައުލޫމާތު ލިބުމާއެކު ފަޔާ އެންޑް ރެސްކިއު ސާވިސް އިން ހަރަކާތްތެރިވެ، އަލިފާން ކޮންޓްރޯލު ކޮށްފައިވާ ކަމަށެވެ.
އަލިފާން ރޯ ވެފައިވަނީ އެ ގޭގައި ހުރި ހާޑްވެއާ ރައްކާކުރާ ގުދަނެއްގައި ކަމަށާއި މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބުނުކަމުގެ މައުލޫމާތު މިހައިތަނަށް ލިބިފައި ނުވާ ކަމަށް ވެސް އެމްއެންޑީއެފް އިން ވިދާޅުވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!