ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ފެނިފައިވާ ޑޮލަރުތަކެއްގެ ވެރިފަރާތް ނޭންގިގެން އެ ފަރާތެއް ހޯދުމަށް ފުލުހުން އިޢުލާންކޮށްފި އެވެ. ފުލުހުންގެ ވެބްސައިޓްގައި ފުލުހުން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވަނީ، މި ޑޮލަރުތައް ފެނިފައިވަނީ 2023 ޖުލައި 20 ވަނަ ދުވަހުގެ 18:28 އެހާކަންހާއިރު ގެވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ އިންޓަރނޭޝަނަލް ޓަރމިނަލް ކަފިހިހުރަސް ސަރަހައްދުންކަމަށެވެ. މި ފައިސާތަކުގެ ވެރިފަރާތް ހޯދުމަށްޓަކައި ފުލުހުން މިހާތަނަށް ކުރި މަސައްކަތުން މިފައިސާގެ ވެރިފަރާތް ހޯދިފައިނުވާކ...
އަލީ އާދިލް
ރާއްޖޭގެ ދީނީ އިލްމުވެރިޔާ ޝައިޚް އުސްމާން އަބްދުﷲ އަވަހާރަވެއްޖެ އެވެ. ޝައިޚް އަވަހާރަވީ މިއަދު ފަތިހުގެ ވަގުތެއްގައެވެ. ދީނީ މައުލޫމާތު ފެތުރުއްވުމުގަ އާއި އިސްލާމްދީނުގެ ކަންކަން ދިވެހިންނަށް ދަސްކޮށްދެއްވުމުގައި ވަރަށް އިސް ދައުރެއް އަދާކުރެއްވި އިލްމުވެރިޔާ އުސްމާން އަބްދުﷲ އަކީ ށ. މަރޮއްޓަށް އުފަން ބޭފުޅެކެވެ. ގައުމީ އިނާމާއި ޝަރަފުވެރި ކަމުގެ ގައުމީ އިނާމު ވެސް ލިބިވަޑައިގެންފައިވާ ޝެއިހް އުސްމާން، ކުއްލިއްޔާ އުސޫލުއްދީން ވައްދައުވާ އިން މަތީ ތައުލީމު ހާސިލު ކުރެއްވުމަށްފަހު ރާއްޖެ ވަޑައި...
މުޙައްމަދު އަފްރާޙް
ޑިމޮކްރެޓުންގެ ސަރުކާރެއްގައި ރާއްޖޭގެ އަތޮޅުތަކުގައި ހުންނަ ރިސޯޓުތަކުން ނަގާ ގްރީން ޓެކްސްގެ 50 އިންސައްތަ އެ އަތޮޅެއްގެ ކައުންސިލަށް ދެއްވާނެ ކަމަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު އިލްޔާސް ލަބީބު ވިދާޅުވެއްޖެއެވެ. ނ. އަތޮޅަށް ފެއްޓެވި ދަތުރުގައި އެ އަތޮޅުގެ އެންމެ އާބާދީ ބޮޑު ރަށް ކަމަށްވާ ވެލިދޫއަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައި އޭނާ ވަނީ އެ އަތޮޅަކީ ދުނިޔޭގެ ނިސްބަތުން ބެލިޔަސް އެންމެ އަގުބޮޑު ރިސޯޓުތައް ހުރި އެއް އަތޮޅުކަން ފާހަގަ ކުރައްވާފައެވެ. “އަތޮޅުގަ މިހިރަ […]
މުޙައްމަދު އަފްރާޙް
ޝަރުތު ފުރިހަމަވާ 18 އަހަރުން މަތީގެ ކޮންމެ ރައްޔިތަކަށް ގޯއްޗެއް ނުވަތަ އެޕާޓްމަންޓެއް ކަށަވަރު ކޮށްދެއްވާނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް އަދި މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އޭނާ މިހން ވިދާޅުވީ މެނިފެސްޓޯ ހާމަކުރުމަށް ބޭއްވި ރަސްމިއްޔާތުގައެވެ. އެ ރަސްމިއްޔާތުގައި މުއިއްޒު ވިދާޅުވީ އަލަށް ގެދޮރު އިމާރާތްކުރާ ހުރިހާ ފަރާތްތަކަށް، ފަސޭހައިން ދައްކާ ޚަލާސްކުރެވޭނެ ގޮތަށް، 5 އިންސައްތައިގެ އިންޓްރެސްޓް ރޭޓުގައި، ގެދޮރުވެރިކަމުގެ ބޭންކް ލޯނު ލިބޭނެ އިންތިޒާމު ވެސ...
މުޙައްމަދު އަފްރާޙް
މިއަހަރުގެ ޖުލައި މަހު 4.7 ބިލިއަން ރުފިޔާގެ މުދާ ރާއްޖެއަށް އެތެރެކޮށްފައިވާ ކަމަށް މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ތަފާސްހިސާބުން ދައްކައިފިއެވެ. އެ އިދާރާ އިން ނެރުނު ތަފާސްހިސާބުން ދައްކާ ގޮތުގައި ފާއިތުވި ޖުލައި މަހު ރާއްޖެއަށް އިމްޕޯޓް ކުރެވުނު މުދަލުގެ ސީ.އައި.އެފް އަގު 2022 ވަނަ އަހަރުގެ ޖުލައި މަހާ އަޅާބަލާއިރު، 12 އިންސައްތަ ވަނީ އިތުރުވެފައެވެ. އެގޮތުން މިދިޔަ 2022 ވަނަ އަހަރުގެ ޖުލައި މަހު ރާއްޖެއަށް 4.2 ބިލިއަން ރުފިޔާގެ މުދާ […]
މުޙައްމަދު އަފްރާޙް
ޚިޔާނާތެއްގައި ބައިވެރިވި ކަމަށް ތުހުމަތުވެގެން އެމްޕީއެލްގެ ވަޒީފާއިން ވަކިކުރި މުވައްޒަފަކަށް ބަދަލުގެ ގޮތުގައި އެއް ރުފިޔާ ނަގައިދޭން ހައި ކޯޓުން ހުކުމްކޮށްފި އެވެ. ހައި ކޯޓުން މިގޮތަށް ހުކުމްކުރީ އެމްޕީއެލްގެ ތެރެއިން ފެންމަތިވި ތެލުގެ ހިޔާނާތުގައި ބައިވެރިވާ ކަމަށް ޝައްކު ކުރެވިގެން ވަޒީފާއިން ވަކިކުރި މުހައްމަދު އައިމަން ކިޔާ މީހެއްގެ މައްސަލާގަ އެވެ. ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ނިންމާފައިވަނީ އޭނާއަށް ބަދަލުގެ ގޮތުގައި މުސާރަ އާއ އިނާޔަތުގެ ގޮތުގައި ލިބެމުން ދިޔަ ގާތްގަނޑަކަށް 19،000ރ....
ހުސައިން ހަބީބް
މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ވެރިކަމެއްގައި މާލެ ސަރަހައްދަށް ބޮޑު ބަދަލެއް ގެނައުމަށް ނިންމައި އެކަމުގެ މައުލޫމާތު ހާމަކޮށްފިއެވެ. “އުޖާލާ ޒަމާން” ޖަލްސާގައި ރޭ ވަނީ އެ ޕާޓީގެ ވެރިކަމެއްގައި މާލެ ސަރަހައްދުގައި ހިންގަން ނިންމާފައިވާ ބިޔަ 16 މަޝްރޫއެއްގެ މައުލޫމާތު ހިއްސާކޮށްފައެވެ. އެގޮތުން ދަރުބާރުގެ ހުރި ކޮށްޓަށް ގެންނަ ބިޔަ މަޝްރޫއަކީ ކޮންވެންޝަން ޓޫރިޒަމް ޕްރޮޖެކްޓެކެވެ. މީގެ ދަށުން 25 ބުރީގެ ދެ އިމާރާތް ހަދައި، އެ ތަން ތަރައްގީކުރާއިރު، ކޮންވެންޝަން ފްލޯސް، ޝޮޕިން މޯލް، […]
މުޙައްމަދު އަފްރާޙް
ކުރީގެ ނޫސްވެރިޔާ އަދި އެކްޓިވިސްޓު އައިޝަތު އާނިޔާ ނިޔާވެއްޖެއެވެ. ކެންސަރު ބަލީގައި އޭނާ ނިޔާވެފައިވަނީ މިއަދުއެވެ. ކުރީގެ ރައީސް މައުމޫންގެ ވެރިކަމުގެ ފަހު ދުވަސްވަރު ހެދި މިނިވަން ނޫހާއި މިނިވަން ރޭޑިއޯ ހިންގުމުގައި އިސް ދައުރެއް އަދާކުރި އާނިޔާ ނިޔާވީ ކެންސަރުގެ ބައްޔަށް ފަރުވާ ކުރަމުން ދަނިކޮށް އިންޑިއާގެ ބެންގަލޫރުގައެވެ. އާނިޔާ އަކީ ސޯޝަލް މީޑިއާގައި އެކި ކަންކަމާ ގުޅޭ ގޮތުން ހިޔާލު ފާޅުކުރަމުން އައި އެކްޓިވިސްޓެކެވެ. އެގޮތުން ކްލަބްހައުސާއި އެކްސް ގައި އެކި ކަންކަމާ ގުޅޭގޮތުން […]
މުޙައްމަދު އަފްރާޙް
ރޭސް ޖަހަން ޝައުގުވެރިވާ ފަރާތްތަކުގެ ކަންބޮޑުވުންތަކަށް ހައްލު ހޯއްދަވައިދެއްވާނީ ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ކަމަށް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަދި ރަސްމީ ކެމްޕޭން އެޖެންޓު އަދި ޤާސިމްގެ ސްޕެޝަލް އެޑްވައިޒަރ އަލީ ވަހީދު ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ ށ. މިލަންދޫގައި ބޭއްވި ޖޭޕީގެ ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. އަލީ ވިދާޅުވީ މި ސަރުކާރުން އެކިފަހަރުމަތިން، ރޭސް ޖަހަން ބޭނުންވާ ފަރާތްތަކަށް ރޭސިންގ ޓްރެކެއް އަޅައިދޭނެކަމުގެ ވައުދުވެފައިވީނަމަވެސް އ...
މުޙައްމަދު އަފްރާޙް
ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ވެރިކަމެއްގައި ރައްޔިތުންނަށް ސިއްރުން އެއްވެސްކަމެއް ނުކުރައްވާނެ ކަމަށް އެ ޕާޓީގެ ލީޑަރު، ރިޔާސީ ކެންޑިޑޭޓް އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ. ބޮޑު ތިލަދުންމައްޗަށް މިހާރުކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ށ. މިލަންދޫއަށް ވަޑައިގެން އެ ރަށުގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ގާސިމް ވިދާޅުވީ މިކަން މިކުރަނީ ރައްޔިތުންގެ ހައްގުގައި، އިސްލާހީ ބަދަލު ގެނައުމަށް ކަމަށެވެ. އަދި ރައްޔިތުންނަށް ނިކަމެތިކަމެއް އަޔަނުދިނުމަށް ކަމަށެވެ. “ތިބޭފުޅުން...
މުޙައްމަދު އަފްރާޙް
ރާއްޖެ ބަދަލުކުރުމުގެ ކޮންމެ ބަދަލެއްގެ މަރުހަލާއެއްގެ އެންމެ ބަރު އުފުލާފައިވަނީ ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމްގެ ކޮނޑުފުޅުން ކަމަށް ރައްޔިތުން މަޖިލީހުގެ ވިލިމާލޭ ދާއިރާގެ ކުރީގެ މެންބަރު އަހްމަދު ނިހާން ހުސެއިން މަނިކު ވިދާޅުވެއްޖެއެވެ. ހދ. ހަނިމާދޫގައިި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ ގާސިމް މަސައްކަތް ކުރައްވަނީ ވަރަށް އާދޭހާއެކު ރައްޔިތުންނަށް އުންމީދުތަކެއް އޮވެގެން ކަމަށާއި ވެރިކަމަށް އަންނަ ސަރުކާރަކުން މި ގައުމަށް ރަނގަޅު ހެޔޮކަމެއް މި ގައުމަށް...
މުޙައްމަދު އަފްރާޙް
ގައުމެއްގެ ކުރިއެރުމާއި ތަރައްގީގެ އަސްލަކީ އަމިއްލަ މިނިވަންކަމާއި އިސްތިގުލާލް ރައްކާތެރިކަމާއެކު އޮތުން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު، އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ. ހދ. ނޮޅިވަރަންފަރަށް ވަޑައިގެން ޖޭޕީގެ ސަޕޯޓަރުންނާ ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ ރާއްޖޭގައި މިހާރު އޮތް ޖިއޯ ޕޮލިޓިކްސްގެ ސަބަބުން ރާއްޖެ މިހާރު މިއޮތީ ހަތަރެސްކަން ގޯޅިއެއްގެ މެދަށް އައިސް ތާށިވެފައި ކަމަށެވެ. މީގެ އިތުރުން ގައުމެއްގެ ކުރިއެރުމާއި ތަރައްގީގެ އަސްލަކީ އަމިއްލަ މިނިވަންކަމާއ...
މުޙައްމަދު އަފްރާޙް
ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ރިޔާސީ ކެންޑިޑޭޓް، ގާސިމް އިބްރާހިމްގެ މެނިފެސްޓޯއިން ހުރިހައި ސަރުކާރަކުން ވެސް ކޮށްދިނުމަށް މަސައްކަތް ކުރި ރަނގަޅު ކަންތައް ފެނިގެންދާ ކަމަށް ކުރީގެ ފިޝަރީޒް މިނިސްޓަރ ޑރ. މުހައްމަދު ޝައިނީ ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ މަސްވެރިކަމާއި ދަނޑުވެރިކަމާއި ގުޅޭގޮތުން ޖޭޕީގެ މެނިފެސްޓޯގައި ހިމެނޭ ކަންތައްތަކާއި ގުޅޭގޮތުން ވީޓީވީ އިން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުންނެވެ. ޝައިނީ ވިދާޅުވީ ވެރިއަކަށް ހުންނަ މީހާއަކީ މަސްވެރިއަކަށް ނުވަތަ ދަނޑުވެރިއަށް ވެއ...
މުޙައްމަދު އަފްރާޙް
ޑިމޮކްރެޓްސްގެ ވެރިކަމެއްގައި ބޮޑުތިލަދުންމަތީގެ ފަތުރުވެރިކަން ކުރިއެރުވުމަށްޓަކާ އެ ސަރަހައްދުގައި، ފަތުރުވެރިކަމުގެ ހަރަކާތްތައް ހިންގުމަށް އިންވެސްޓްކުރާ ފަރާތްތަކަށް ބޮޑެތި އިންސެންޓިވްތަކެއް ދިނުމަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު އިލްޔާސް ލަބީބު ވައުދުވެވަޑައިގެންފިއެވެ. ރިޔާސީ ކެމްޕޭނުގައި ހއ. ދިއްދޫގައި ހުންނަވާ އިލްޔާސް ވިދާޅުވީ ހަނިމާދޫ އެއާޕޯޓާއި ކުޅުދުއްފުށީ ވިޔަފާރި ބަނދަރާއެކީ އެ ސަރަހައްދުގައި ޓޫރިޒަމް ވަސީލަތްތައް ގާއިމުވާން ޖެހޭ ކަމަށެވެ. އެގޮތުން އެ ސަރަހައްދުގައި ޓޫރިސްޓު ރިސޯޓު...
މުޙައްމަދު އަފްރާޙް
އިމާމުވެ ހުކުރު ނަމާދުކުރާ ހުރިހާ ޚަޠީބުން ޖުއްބާލައިގެން ހުކުރުނަމާދު ކުރާގޮތަށް ހަމަޖައްސައި މިއަދުން ފެށިގެން އެގޮތަށް ޢަމަލުކުރަން ފަށައިފިއެވެ. މިއީ ހުކުރު ކުރާ ހުރިހާ ޚަޠީބުންނަކީވެސް އެއްގޮތަކަށް، އެއް މިންގަނޑަކަށް ހެދުން އަޅާބަޔަކަށް ހަދައި، އިމާމުންނާއި ޚަޠީބުންގެ ހައިބަތު ދެމެހެއްޓުމުގެ މަޤްސަދުގައި ޢަމަލުކުރަން ފެށި އުސޫލެކެވެ. މި އުސޫލަށް މިވަގުތު ހަމައެކަނި މާލޭ ސަރަޙައްދުގެ ޚަޠީބުން ޢަމަލުކުރަމުންދިޔަނަމަވެސް، ކުރިއަށް އޮތްތާނގައި ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް މިގޮތަށް ޢަމަލުކުރ...
އަލީ އާދިލް