މައި ޚަބަރަށް ދިޔުމަށް

ރާއްޖެ

16,874 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 529 ވަނަ ޞަފްޙާ

ދައުރު ނިމުމުގެ ކުރިން ހުރިހާ ރައްޔިތުންނަށް ވެސް ބޯހިޔާވަހިކަން ކަށަވަރުކޮށްދޭނަން: އަމީން

ދައުރު ނިމުމުގެ ކުރިން ހުރިހާ ރައްޔިތުންނަށް ވެސް ބޯހިޔާވަހިކަން ކަށަވަރުކޮށްދޭނަން: އަމީން

އަންނަ ރިޔާސީ އިންތިޚާބު ޖުމްހޫރީ ޕާޓީ (ޖޭޕީ) އަށް ކާމިޔާބުވެއްޖެނަމަ، ވެރިކަމުގެ ދައުރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ވެސް ބޯހިޔާވަހިކަން ކަށަވަރުކޮށްދެއްވާނެ ކަމަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް، މާމިގިލި ދާއިރާގެ ޤާސިމް އިބްރާޙީމްގެ ރަނިން މޭޓު، ޕާޓީގެ ޑެޕިއުޓީ ލީޑަރު ޑރ. އަމީން އިބްރާހީމް ވިދާޅުވެއްޖެއެވެ. އަމީން މިހެން ވިދާޅުވީ، “ކަށަވަރު ބޯހިޔާވަހިކަން” ނަމުގައި ޖުމްހޫރީ ޕާޓީން ރޭ ކުރިއަށްގެންދިޔަ ޕެނަލް ޑިސްކަޝަނެއްގައި ވާހަކަ ދައްކަވަމުންނެވެ. ވީޓީވީއިން ލައިވް ކުރި ޕެނަލް...

ޔުމްނާ ޢަލީ
އިގްތިސާދީ އިންގިލާބެއް ގެނެސް، ރައްޔިތުންގެ ޖީބަށް ފައިސާ ލިބޭނެ ގޮތް ހަދާނަން: ނާޒިމް

އިގްތިސާދީ އިންގިލާބެއް ގެނެސް، ރައްޔިތުންގެ ޖީބަށް ފައިސާ ލިބޭނެ ގޮތް ހަދާނަން: ނާޒިމް

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ވެރިކަމެއްގައި ރާއްޖެއަށް އިގްތިސާދީ އިންގިލާބެއް ގެނެސް، ރައްޔިތުންގެ ޖީބަށް ފައިސާ ލިބޭނެ ގޮތް ހަދާނެކަމަށް އެ ޕާޓީގެ ރައީސް، ރިޔާސީ ކެންޑިޑޭޓް އަދި ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ. ހައްދުންމަތީ ގަމުގައި ބޭއްވި “އުޖާލާ ޒަމާން” ޖަލްސާގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ އެ ސަރަހައްދުގައި އެޑްވެންޗާ ޓޫރިޒަމް ތައާރަފުކޮށް، އޭގެ ނަފާ އެންމެންނަށް ލިބޭނެ ގޮތް ހައްދަވައިދެއްވާނެ ކަމަށް ވިދާޅުވެފައެވެ. ރާއްޖެއަކީ ގުދުރަތީ ގޮތުން ގ...

މުޙައްމަދު އަފްރާޙް
ޕާޓީ ދޫކޮށް ދިޔައީ އަމިއްލަ އެދުން އިސްކުރި މީހުން، މަގުމަތިވީ ވެސް އެމީހުން: އަދުރޭ

ޕާޓީ ދޫކޮށް ދިޔައީ އަމިއްލަ އެދުން އިސްކުރި މީހުން، މަގުމަތިވީ ވެސް އެމީހުން: އަދުރޭ

ޕާޓީ ދޫކޮށް ދިޔައީ އަމިއްލަ އެދުން އިސްކުރި މީހުން ކަމަށާއި މަގުމަތިވީ ވެސް އެމީހުން ކަމަށް ވިދާޅުވެ، ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ)، ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން އަށް ރައްދު ދެއްވައިފިއެވެ. އޭނާ މިފަދައިން ވިދާޅުވެ، ރައްދު ދެއްވާފައި މިވަނީ ޕީޕީއެމް އިން ވަކިވެވަޑައިގެން ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެން ވަހީދު، މާމިގިލީގައި ދެއްކެވި ވާހަކަފުޅަށް އިޝާރާތް ކުރައްވައެވެ. ވަހީދު ވިދާލުވެފައިވަނީ ޕީޕީއެމްގައި ޑިމޮކްރަސީ ނެތުމުގެ ސަބަބުން އެއްވެސް މީހަކު ރިޔާސީ އިންތިހާ...

މުޙައްމަދު އަފްރާޙް
ޒުވާނުން ބާރުވެރިކުރަން ގިނަ ކަންތައްތަކާއެކު އެމްޑީޕީގެ ސިޔާސަތު ލޯންޗުކޮށްފި

ޒުވާނުން ބާރުވެރިކުރަން ގިނަ ކަންތައްތަކާއެކު އެމްޑީޕީގެ ސިޔާސަތު ލޯންޗުކޮށްފި

ޒުވާނުން ބާރުވެރިކުރަން ގިނަ ކަންތައްތަކާއެކު، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ސިޔާސަތު ލޯންޗުކޮށްފިއެވެ. މިސިޔާސަތު ލޯންޗުކޮށްދެއްވީ “އާ ޒުވާނުންގެ ޖީލު” ގެ ނަމުގައި ނ. ވެލިދޫގައި ރޭ ބޭއްވި ރައީސް ސާލިހުގެ ކެމްޕޭން ޖަލްސާގައެވެ. މި ސިޔާސަތުގައި ޒުވާނުންނާ ގުޅޭ ޖުމްލަ އަށް ކަމަކަށް އިސްކަން ދީފައިވާިއރު، އެމްޕަވާޑް ޒުވާނުން، ޒުވާނުންގެ ބޯހިޔާވަހިކަން، ޒުވާނުންނަށް ހެލްތު އެންޑް ވެލް ބީން ވަނީ ހިމަނާފައެވެ. އަދި ޒުވާނުންނާއި ޓެކްނޮލޮޖީ، ސްކިލްޑް ޒުވާނުން، ޒުވާން އެންޓަޕްރޮނާ،...

މުޙައްމަދު އަފްރާޙް
ގޯތި ލިބޭ މީހުންގެ ދާއިމީ ލިސްޓް ނެރެފި

ގޯތި ލިބޭ މީހުންގެ ދާއިމީ ލިސްޓް ނެރެފި

ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ ޕްރޮގްރާމް، “ބިންވެރިޔާ ސްކީމް” ގެ ދަށުން ގޯއްޗަށް ހުށައެޅި ފަރާތްތަކުގެ ތެރެއިން ގޯތި ލިބޭ މީހުން ހިމެނޭ، ދާއިމީ ލިސްޓް ސަރުކާރުން ރޭ އިޢުލާނު ކުރައްވައިފިއެވެ. މި ލިސްޓް މިހާރު ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢުކުރައްވާފައި ވާއިރު، ރޭ ސަރުކާރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ އޮފް ސްޓޭޓް ފޮރ ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އަކްރަމް ކަމާލުއްދީން ވަނީ، “ބިންވެރިޔާ ސްކީމް” ގެ ދާއިމީ ލީސްޓް އެކުލަވާލި ގޮތުގެ މަޢުލޫމާތު […...

ޔުމްނާ ޢަލީ
ހަނިމާދޫ އެއާޕޯޓް ތަރައްގީ ކުރަނީ ''ދޮލަނގު'' ޓެކްނޮލޮޖީ ބޭނުންކޮށްގެން: ޓޮމް

ހަނިމާދޫ އެއާޕޯޓް ތަރައްގީ ކުރަނީ ''ދޮލަނގު'' ޓެކްނޮލޮޖީ ބޭނުންކޮށްގެން: ޓޮމް

ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫޢު މިހާރު ހިންގަމުން ދަނީ މަށަންދައްޗާއި ފަކީރާ އަދި ދޮލަނގު ޓެކްނޮލޮޖީ ބޭނުންކޮށްގެން ކަމަށް މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގް (ޓޮމް) ވިދާޅުވެއްޖެއެވެ. ޓޮމް މިހެން ވިދާޅުވީ، ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީގެ މަޝްރޫއުގެ މަސައްކަތުގައި އުޅޭ ބަޔަކު ފެންނަ ވީޑިއޯއެއް ޓްވީޓާގައި ހިއްސާ ކުރައްވަމުންނެވެ. އެ ވީޑިއޯ އަށް އިޝާރާތް ކުރައްވައި ޓޮމް ވިދާޅުވީ، އެއީ 136 މިލިއަން ޑޮލަރުން ދިވެހި ދައުލަތް ޒިންމާވެ، އިންޑިޔާގެ […]

ޔުމްނާ ޢަލީ
ޓެރަރިޒަމާ ގުޅުން ހުރި އޮޕަރޭޝަނެއް 3 ތަނެއްގައި ހިންގައި، 3 މީހަކު ހައްޔަރުކޮށްފި

ޓެރަރިޒަމާ ގުޅުން ހުރި އޮޕަރޭޝަނެއް 3 ތަނެއްގައި ހިންގައި، 3 މީހަކު ހައްޔަރުކޮށްފި

ޓެރަރިޒަމާ ގުޅުން ހުރި އޮޕަރޭޝަނެއް 3 ތަނެއްގައި ހިންގައި، 3 މީހަކު ހައްޔަރުކޮށްފިއެވެ. ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވީ މިއީ 2017 ވަނަ އަހަރުގެ ފަހުކޮޅު ހަތަރު ދިވެއްސަކު ރާއްޖެއާއި އަވަށްޓެރި ގައުމެއްގައި ޓެރަރިޒަމްގެ ހަމަލާއެއް ދިނުމަށް ރާވައި، ރާއްޖެއިން ބޭރުގެ ޓެރަރިސްޓް ޖަމާއަތަކަށް މާލޭ އެހީތެރިކަން ފޯރުކޮށްދީ ޓެރަރިޒަމް އަމަލެއް ހިންގުމަށް އެހީތެރިކަން ފޯރުކޮށްދީފައިވާކަމުގެ ހެކި އެކުވެރި ދެ ދައުލަތަކުން ކޮށްފައިވާ ތަހުގީގަކުން ކޮށްފައިވާ ތަހްގީގަކުން ހާމަވެފައިވާތީ އެ ގައުމުތަކުގެ...

މުޙައްމަދު އަފްރާޙް
ޔާމީންގެ ޖޫރިމަނާ ފަސްކޮށްދީފި, ޖަލު ހުކުމް ފަސްކޮށެއް ނުދިން

ޔާމީންގެ ޖޫރިމަނާ ފަސްކޮށްދީފި, ޖަލު ހުކުމް ފަސްކޮށެއް ނުދިން

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވާފައިވާ ފަސް މިލިއަން ޑޮލަރު (77 މިލިއަން ރުފިޔާ) ގެ ޖޫރިމަނާ ތަންފީޒުކުރުން ފަސްކޮށް, ނަމަވެސް ޖަލު ހުކުމް ފަސްކޮށްދެވެން ނެތް ކަމަށް ހައި ކޯޓުން މިއަދު ނިންމައިފި އެވެ. ޔާމީން 11 އަހަރަށް ޖަލަށްލައި، ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކުރަން ކްރިމިނަލް ކޯޓުން ކުރި ހުކުމުގެއިސްތިއުނާފް ނިމެންދެން ޖަލު ހުކުމާއި ޖޫރިމަނާގެ ފަސްކުރަން ޔާމީންގެ ފަރާތްޕުޅުން ހައި ކޯޓުގައި ދާދިފަހުން އެދިވަޑައިގަތެވެ. ހައި ކޯޓުން މިއަދު އެންގީ ޖޫރިމަނާގެ […]

ހުސައިން ހަބީބް
ވޯޓުފޮށި ނުބަހައްޓާ ތަންތަނުގައި ރަޖިސްޓްރީކުރި މީހުން އެހެންތަނެއްގައި ރަޖިސްޓްރީވުމަށް ފުރުސަތެއް

ވޯޓުފޮށި ނުބަހައްޓާ ތަންތަނުގައި ރަޖިސްޓްރީކުރި މީހުން އެހެންތަނެއްގައި ރަޖިސްޓްރީވުމަށް ފުރުސަތެއް

މިއަހަރުގެ ސެޕްޓެމްބަރު މަހު 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވޯޓުލުމަށް ރަޖިސްޓްރީކޮށްފައިވާ މީހުންގެ ތެރެއިން ވޯޓުފޮށި ނުބަހައްޓާ ތަންތަނުގައި ރަޖިސްޓްރީވެފައިވާ މީހުން އެހެންތަނެއްގައި ރަޖިސްޓްރީވުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހުޅުވައިލައިފިއެވެ. އެ ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބު އަބްދުއްރަހީމް ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ އެފަދަ މީހުންނަށް ވޯޓު ފޮށި ބެހެެއްޓޭކަން ކަށަވަރު ވެފައިވާ ތަނަކަށް، އަލުން ރަޖިސްޓަރީވުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ...

މުޙައްމަދު އަފްރާޙް
"އިސްރާފު މަދު މިސްރާބު - ފެން އެޑިޓަން" އެކްސްޕޯ ބާއްވައިފި

"އިސްރާފު މަދު މިސްރާބު - ފެން އެޑިޓަން" އެކްސްޕޯ ބާއްވައިފި

“އިސްރާފު މަދު މިސްރާބު – ފެން އެޑިޝަން” ގެ ނަމުގައި އެކްސްޕޯ އެއް ބ. މާޅޮހުގައި ބާއްވައިފިއެވެ. މިއީ ޕްލާސްޓިކް ފެންފުޅިއަށް ބަރޯސާވުމުގެ ބަދަލުގައި ފެން ފިލްޓަރ ބޭނުންކުރުމުން ތިމާވެއްޓާއި ސިއްހަތަށް ލިބޭ ފައިދާތަކަށް ހޭލުންތެރިކުރުމާއެކު، ރާއްޖޭގައި މިވަގުތު ފެން ފިލްޓަރ ކުރުމަށް ލިބެން ހުރި ހައްލުތަކަށް މުޖުތަމައު އަހުލުވެރިކުރުމުގެ މަގުސަދުގައި ބޭއްވި ހަރަކާތެކެވެ. ސޮނެވާ ނަމޫނާ އާއި ބ. މާޅޮސް ކައުންސިލު ގުޅިގެން މި އެކްސްޕޯ ބާއްވާފައިވަނީ މި އޮގަސްޓު މަހުގެ 11 ވަނަ ދުވަހު މާޅޮހުގައެވެ. […]

މުޙައްމަދު އަފްރާޙް
ކުދިންގެ ތަރުބިއްޔަތަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ނައިބު ރައީސް އެދިވަޑައިގެންފި

ކުދިންގެ ތަރުބިއްޔަތަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ނައިބު ރައީސް އެދިވަޑައިގެންފި

ކުދިން ތަރުބިއްޔަރު ކުރުމުގައި މުޖުތަމައުގެ ތެރޭގައި ހުރި އެކި ނުރަނގަޅު އޮއިވަރުތަކުގައި ނުޖެހި ކުރިޔަށްދެވޭނެ މަގު ކުދިންނަށް ދައްކައިދީ ކުދިންގެ ތަރުބިއްޔަތަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ޓީޗަރުންގެ ކިބައިން ނައިބު ރައީސް ފައިސަލް ނަސީމް އެދިވަޑައިގެންފިއެވެ. “ކެމްބްރިޖް ޓީޗަރސް ޖޮބް-އެލައިކް ސެޝަން” ނިންމުމުގެ ރަސްމިއްޔާތުގައި ވާހަަކަފުޅު ދައްކަވަމުން އެމަނިކުފާނު ވަނީ ސްކޫލް ކުދިން ތަރުބިއްޔަތުކުރުމުގައި ޓީޗަރުން މިހާރުވެސް ކުރަމުން އަންނަ ބުރަ މަސައްކަތްތައް ފާހަގަކުރައްވާފައެވެ. މީގެ އިތ...

މުޙައްމަދު އަފްރާޙް
ރާއްޖެ އަށް ޑިމޮކްރަސީ ގެނައުމުގައި އެންމެ ކުރީ ސަފުގައި ހުންނެވީ ޤާސިމް: ވަހީދު

ރާއްޖެ އަށް ޑިމޮކްރަސީ ގެނައުމުގައި އެންމެ ކުރީ ސަފުގައި ހުންނެވީ ޤާސިމް: ވަހީދު

ރާއްޖެ އަށް ޑިމޮކްރަސީ ގެނައުމަށް މަސައްކަތް ކުރި މީހުންގެ ތެރެއިން އެންމެ ކުރީސަފުގައި ހުންނެވި ބޭފުޅަކީ ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް، ލީޑަރ ޤާސިމް އިބްރާހީމް ކަމަށްކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ޕްރޮގްރެސިވް ކޯލިޝަންގައި ހިމެނޭ މައި ޕާޓީ ޕީޕީއެމް އިން ވަކިވެވަޑައިގެން ޖުމްހޫރީ ޕާޓީ (ޖޭޕީ) އާ ގުޅިވަޑައިގެން މި އޮގަސްޓު މަހުގެ 12 ވަނަ ދުވަހުގެ ރޭ ދެއްކެވި ވާހަކަފުޅުގައެވެ. އދ. މާމިގިލީގައި ބޭއްވި ޖަލްސާގައި […]

މުޙައްމަދު އަފްރާޙް
ކުރީގެ ވަޒީރު ޝައިނީ ވެސް ޖޭޕީ އަށް

ކުރީގެ ވަޒީރު ޝައިނީ ވެސް ޖޭޕީ އަށް

ކުރީގެ ފިޝަރީޒް މިނިސްޓަރު، ޑރ. މުހައްމަދު ޝައިނީ، ޖުމްހޫރީ ޕާޓީ (ޖޭޕީ)އަށް މިރޭ ސޮއި ކުރައްވައިފި އެވެ. ޝައިނީ ޖޭޕީއަށް ސޮއި ކުރެއްވީ ޖޭޕީގެ ރިޔާސީ ކެންޑިޑޭޓް، ލީޑަރު ގާސިމް އިބްރާހީމްގެ ރިޔާސީ ކެމްޕޭން ފެށުމަށް އދ. މާމިގިލީގައި މިރޭ ބޭއްވި ޖަލްސާއެއްގަ އެވެ. ޝައިނީގެ އިތުރުން ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވެސް މިރޭ ވަނީ އެ ޕާޓީ އަށް ސޮއި ކުރައްވާފައެވެ. އަދި ޚާރިޖީ ދާއިރާގައި މަސައްކަތް ކުރައްވާފައިވާ، ރައިސް […]

ޔުމްނާ ޢަލީ
ގިނަ ހިދުމަތްތަކެއް ރައްޔިތުންނަށް ކޮށްނުދީ ނިންމާލަން ހިތެއް ނުރުހޭ: ގާސިމް

ގިނަ ހިދުމަތްތަކެއް ރައްޔިތުންނަށް ކޮށްނުދީ ނިންމާލަން ހިތެއް ނުރުހޭ: ގާސިމް

ގިނަ ހިދުމަތްތަކެއް ރައްޔިތުންނަށް ކޮށްނުދީ ނިންމާލަން ހިތެއް ނުރުހޭ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް، މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނުގެ ކެމްޕެއިން ފެށުމަށް މާމިގިލީގައި ބޭއްވި ޖަލްސާގައި ގާސިމް ވިދާޅުވީ މި ގައުމު ސަލާމަތްކަމާއި އަމާންކަންމަތީ ދަމަހައްޓާ ނަގަހައްޓަން ތިއްބެވި، ފުލުހުންނާއި ސިފައިންނަށް ބޯހިޔާވަހިކަން އޭނާގެ ވެރިކަމެއްގައި ހިލޭ ފޯރުކޮށްދެއްވާނެ ކަމަށެވެ. ގާސިމް ވިދާޅުވީ ސިފައިންނާއި ފުލުހުންނަށް ފްލެޓް އަޅާ ވާހަކަ ދެ...

މުޙައްމަދު އަފްރާޙް
ގާާސީމަށް ތާއީދު ދެއްވައި ރައީސް ވަހީދު ޖޭޕީއާ ގުޅިވަޑައިގެންފި

ގާާސީމަށް ތާއީދު ދެއްވައި ރައީސް ވަހީދު ޖޭޕީއާ ގުޅިވަޑައިގެންފި

ކުރީގެ ރައީސް ޑރ. ވަހީދު ޕީޕީއެމްއިން އިސްތިއުފާ ދެއްވުމަށްފަހު، ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް، މާމިގިލީ ދައުރާގެ މެމްބަރު ގާސިމް އިބްރާހިމް އަށް ތާއީދު ދެއްވައި ވަހީދު ޖޭޕީއާ ގުޅިވަޑައިގެންފިއެވެ. އެމަނިކުފާނު ޖޭޕީ އާ ގުޅިވަޑައިގަތީ ޖޭޕީގެ ރިޔާސީ ކެނޑިޑޭޓް ގާސިމް އިބްރާހިމްގެ ކެމްޕޭން ލޯންޗު ކުރުމަށް މާމިގިލީގައި މިރޭ ބޭއްވި  ޖަލްސާގައެވެ. ވަހީދު މީގެ ކުރިން ހުންނެވީ ކުރީގެ ރައީސް ޔާމިންގެ ސްޕެޝަލް އެޑްވައިޒަރުގެ މަގާމުގައެވެ. ނަމަވެސް ޕީޕީއެމް އިން […]

މުޙައްމަދު އަފްރާޙް