އެމްއެމްއޭގެ ގަވަރނަރގެ މަޤާމާ، ޖޭއެސްސީގެ މެމްބަރުކަމުގެ މަޤާމަށް ބޭފުޅުން ޢައްޔަން ކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަރނަރ ކަމުގެ މަޤާމަށް މައްޗަންގޮޅި ޑާޗާ، ޢަލީ ޙާޝިމް އަދި ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)ގެ މެމްބަރުކަމުގެ މަޤާމަށް ހައްދުންމަތި ކަލައިދޫ، އީރާފް އަލްއުސްތާޛު ޢަލީ ޝަރީފް ޢައްޔަން ކުރައްވައިފިއެވެ. މި ބޭފުޅުން މަޤާމަށް ޢައްޔަން ކުރައްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު މެންދުރުފަހު ވަކިވަކީން ބޭއްވެވި ދެ ރަސްމިއްޔާތުގައެވެ. އެމްއެމްއޭގެ ގަވަރނަރ ކަމުގެ މަޤާމަށް ޢަލީ ޙާޝިމް ޢައްޔ...