ނ. އަތޮޅުން ފުރައިގެން މާލެއަށް ދަތުރުކުރި ކޮންފޯޓް އެކްސްޕްރެސް އެމްސް 1 ނަމަކަށް ކިޔާ ފޭރީއެކެވެ.

މިފެރީ ފަރަށް އަރާފައިވަނީ ކ. ކަގި މޯލްޑިވްސް ރިސޯޓުގެ ހުޅަނގުފަރާތު އޮންނަ ކަނޑުއޮޅި އަށެވެ. ކޯސްޓްގާޑަށް އެ މައުލޫމާތު ލިބިފައި ވަނީ، މިރޭ 9:40 އެހާކަންހާއިރު އެވެ. އެ ފެރީގައި 11 އަންހެނުންނާއި، ހަތަރު ކުޑަ ކުދިންގެ އިތުރުން 16 ފިރިހެނަކާއެކު 31 މީހުން ތިއްބެވެ. އެ ހާދިސާއާ ގުޅިގެން އެމްއެންޑީއެފްގެ މާލޭ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއިން އެ ފެރީއަށް އެހީތެރިކަން ފޯރުކޮށްދޭން މިހާރު ހަރަކާތްތެރިވަމުންދާ ކަމަށް އެމްއެންޑީއެފްއިން މަޢުލޫމާތުދެއެވެ.

Ad
rt

ރާއްޖެއަށް މޫސުން ގޯސްވެ ކަނޑުގަދަވުމާއި ގުޅިގެން ކަނޑުދަތުރު ކުރާ ފަރާތްތައް މޫސުމަށް ސަމާލު ވުމަށް އިލްތިމާސްކޮށް ބައެއް ހިސާބުތަކަށް ވަނީ ވައިޓް އެލާޓް ނެރެފަ އެވެ.