ރާއްޖެތެރޭ ރައްޔިތުން ޖީބު ހުސްކޮށްލާފައި އެއަރޕޯޓަށް - ސަރުކާރުން ސަމާލުކަން ދޭން ޖެހޭ މައްސަލައެއް
“ރާއްޖެތެރޭ މީހާ އަސާސީ ޚިދުމަތް ލިބިގަންނަން ބޮޑު އަގުގަ ލޯންޗު ހިފައިގެން ދަތުރުކުރަން ޖެހުނު އެއީ ޓްރާންސްޕޯޓް އޮތޯރިޓީން ކަންބޮޑުވާ ޤައުމީ މައްސަލައަކަށް ނުވިއެވެ.” ޓްވިޓަރގައި ޚިޔާލު ފާޅުކޮށް، މީހަކު ބުނެފައިވެއެވެ. އެންމެ ފުރަތަމަ ކިޔާލުމުން، މިއީ ކޮން ކަމެއްކަން ފަހުމުވެސް ނުވެދާނެއެވެ. ބޮޑު މައްސަލައެއްކަމަށް ވިސްނިވެސް ނުދާނެއެވެ. އެހެންނަމަވެސް، ބުނަން ހެއްޔެވެ؟ މިއީ އަތޮޅުތެރޭގެ ގިނަ ރައްޔިތުން އުފުލަމުންދާ ވޭނުގެ ވާހަކައެވެ. އެހެންކަމުން، ވަށާ ނުދުވެ، މިއީ ކޮން ވާހަކައެއްކަން ސާފުކޮށ...