ޔޫރޯ 2020 ގެ ކޮލިފިކޭޝަންގައި ރޭ ކުޅުނު މެޗްތަކުން ސްޕެއިން އަދި އިޓަލީވެސް މޮޅުވެއްޖެއެވެ.

ރުމޭނިއާ އާއި ވާދަކޮށް ސްޕެއިން މޮޅުވީ 2-1 ގެ ނަތީޖާއަކުންނެވެ. ސްޕެއިންގެ ގޯލްތައް ކާމިޔާބު ކޮށްދިނީ ކެޕްޓަން ސާޖިއޯ ރާމޮސް އާއި ޕަކޯއެވެ. ސާޖިއޯ ރާމޯސްގެ ގޯލަކީ ސްޕެއިންގެ ޑެނީ ސަބާޔޯސް އަށްކުރި ފައުލްއަކާއި ގުޅިގެން ލިބުނު ޕެނެލްޓީއަކުން ކާމިޔާބްކޮށްދިން ގޯލެކެވެ. މިއީ ޔޫރޯ ކޮލިފިކޭޝަންގައި ސާޖިއޯރާމޮސް ކުޅުނު ފަސްމެޗްގައި ޖެހި ހަތަރުވަނަ ގޯލެވެ.
ރޮމޭނިއާގެ ހަމައެކަނި ގޯލް މެޗްގެ 59 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ ފްލޯރިން އެންޑޯންއެވެ.

Ad
rt

މެޗްގެ ފަހު 10 މިނިޓް ސްޕެއިންއަށް ފުރިހަމަކުރަން ޖެހުނީ ޑިފެންޑަރ ޑިއޭގޯ ލޮރެންޓޭ ކުރި ފައުލާކާ ގުޅިގެން އޭނާއަށް ރަތް ކާޑް ދެއްކުމުން އެއްކުޅުންތެރިއަކު މަދުކޮށެވެ.

ސްޕެއިން އޮތީ މިހާތަނަށް ޔޫރޯ 2020 ގެ ކޮލިފިކޭޝަންގައި ކުޅުނު ފަސް މެޗްވެސް ކާމިޔާބްކަޮށް ގްރޫޕްގެ އެއްވަނައިގައެވެ. ސްޕެއިން ހިމެނޭ ގްރޫޕް އެފްގައި ދެން ހިމެނެނީ ރޮމޭނިއާ، ސްވިޑެން، ނޯވޭ، މޯލްޓާ އަދި ފަރޯއި އައިލެންޑްސްއެވެ.

ގްރޫޕް ޖޭގައި ރޭ އިޓަލީ ކުޅުމެޗްވެސް ވަނީ ކާމިޔާބުކޮށްފައެވެ. އަރްމޭނިއާ އާއި ބައްދަލުކޮށް އިޓަލީ މެޗް ކާމިޔާބްކުރީ 3-1 އިންނެވެ. އިޓަލީވެސް އޮތީ ކޮލިފިކޭޝަންގައި ކުޅުނު ފަސްމެޗްވެސް ކާމިޔާބުކޮށް ގްރޫޕް އެފްގެ އެއްވަނައިގައެވެ. މި ގުރޫޕްގައި ދެންހިމެނެނީ ފިންލެންޑް، ބޮސްނިއާ، އަރްމޭނިއާ، ގްރީސް އަދި ލީޗްސްޓެންންސްޓައިންއެވެ.