ޓޫރިޒަމް މާސްޓަރ ޕްލޭންގެ މަސައްކަތް ނިންމައި 2 އަހަރު ތެރޭ ޑެލިވަރ ކުރާނެކަމަށް ޓުރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެއެވެ.
ދުނިޔޭގެ ޓޫރިޒަމް ދުވަހުގެ މުނާސަބަތާ ގުޅިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ހަރަކާތްތަކުގެ ތެރެއިން ބާއްވާ ޓޫރިޒަމް ކޮންފަރެންސްގެ މައުލޫމާތު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، މި ސަރުކާރުގެ ފުރަތަމަ އަހަރުގެ ތެރޭގައިވެސް ފަތުރުވެރިކަމުގެ ސިނާއަތުގެ ކަންކަން ރަނގަޅުކުރުމަށް މަސައްކަތްތަކެއް ކުރަމުންދާކަމަށާއި އެގޮތުން 5 އަހަރުގެ ތެރޭގައި ކުރުމަށް ވައުދުވި މައިގަނޑު ހުރިހާކަމެއް ފުރަތަމަ 2 އަހަރުގެ ތެރޭގައި ނިންމާނެކަމަށެވެ. އަދި މިކަންކަން ހާސިލްކުރުމަށް ސިނާއަތުގެ ހުރިހާ ފަރާތްތަކެއްގެ ފުރިހަމަ އެއްބާރުލުން ލިބެމުންއަންނަކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އޭގެތެރޭގައި ސިނާއަތުގެ ހުރިހާ އެސޯސިއޭޝަންތަކާއި، ރިސޯޓްތަކާއި ގެސްޓްހައުސްތައް ހިމެނެއެވެ. އޭގެ އިތުރުން މިނިސްޓަރު ވިދާޅުވީ ޓޫރިޒަމް ދާއިރާގައި ހުރި މައްސަލަތައް ހައްލުކުރުމަށް އެންމެން ގުޅިގެން މަޝްވަރާކޮށް، ހިޔާލު ހޯދުން މުހިންމު ކަމަށެވެ. އަދި މި ކަމަށް އަވަހަށް ހައްލު ހޯދައި ދިނުމަށް މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވި އެވެ.
އިރާދަ ކުރެއްވިއްޔާ މިއަންނަ އަހަރުގެ މޭމަހުގެ 1 ވަނަ ދުވަހު އަޅުގަނޑުމެން ރިސޯޓް މުވައްޒަފުންގެ ދަފްތަރު ނިންމައި މުވައްޒަފުންގެ ފޯނާއި ހިސާބަށް ގެނެސްދޭނަން. އެއިރުން އަޅުގަނޑުމެން ކުރީދުވަހު އިފްތިތާހްކުރި މާސްޓަރ ޕްލޭންގެ މަސައްކަތް ނިންމައި ޑެލިވަރ ކުރާނަން. އަޅުގަނޑު އުންމީދުކުރަނީ 5 އަހަރުތެރޭގައި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވި ވައުދުތަކުގެ ތެރެއިން މައިގަނޑު ހުރިހާ ކަމެއް ފުރަތަމަ 2 އަހަރުތެރޭ އަޅުގަނޑުމެން ނިންމާނަން.
އަލީ ވަހީދު ވިދާޅުވިއެވެ.
2020 އަހަރުން 2025 އަހަރަށް އެކުލަވާލާ ޓޫރިޒަމް މާސްޓަރ ޕްލޭން އިފްތިތާހްކުރުމާއި، ބޭރުގެ މަޝްހޫރު ފަރާތްތައް މެދުވެރިކޮށް ރާއްޖެ އިޝްތިހާރުކުރުމާއި، ކަލްޗަރަލް ޓޫރިޒަމްއާއި ސްޕޯޓްސް ޓޫރިޒަމް ފަދަ ކޮންޕޯނަންޓް ފަތުރުވެރިކަމަށް އިތުރުކުރުން ފަދަ ކަންކަން ހިމަނައިގެން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ކުރިއަރުވައި ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށް މި ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
މިމާސްޓަރ ޕްލޭންގައި ހދ އަތޮޅުގެ އެެއްވެސް ރަށެއް ހިމެނިފައިނުވާތީ ހދ އަތޮޅު ރައްޔިތުންނާާއި މަޖިލިސް މެންބަރުން އަންނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!