ޔޫރޯ 2020 ގެ ކޮލިފިކޭޝަންސްގައި ގުރޫޕް އޭގައި އިންގްލަންޑް އާއި ބަލްގޭރިއާ ބައްލުކުރިމެޗް 4-0 ގެ ބޮޑު ތަފާތަކުން އިންގްލަންޑް ވަނީ ކާމިޔާބުކޮށްފައެވެ. މި މެޗްގައި ޓޮޓެންހަމްގެ ސްޓްރައިކަރ ހެރީ ކޭން ވަނީ އިންގްލަންޑަށް ހެޓްރިކް ހަދައިފައެވެ. އިންގްލަންޑްގެ އަނެއް ގޯލް ކާމިޔާބުކޮށްދިނީ މެންޗެސްޓަރ ސިޓީގައި މި ސީޒަންގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ރަހީމް ސްޓާލިންއެވެ.
މެޗްގެ ފުރަތަމަ ގޯލް އިންގްލަންޑްއަަށް 24 ވަނަ މިނިޓްގައި ސްޓަލިން ތަނަވަސްކޮށްދިން ފުރުސަތަކުން ކޭން ކާމިޔާބުކޮށްދިންއިރު ކޭންގެ އަނެއްދެގޯލްކީ ދެވަނަ ހާފްގައި ލިބުނު ދެ ޕެނެލްޓީން ކާމިޔާބުކުރި ދެގޯލެވެ. ސްޓާލިންގެ ގޯލް ފެނިގެން ދިޔައީ ކޭން ތަނަވަސް ކޮށްދިން ފުރުސަތަކުން މެޗްގެ 55 ވަނަ މިނިޓްގައެވެ.
އިންގްލަންޑް ހިމެނޭ ގުރޫޕް އޭގައި ރޭ ކުޅުނު އަނެއް މެޗްގައި ޗެކްރިޕަބްލިކް ވަނީ ކޮސޯވޯ އަތުން 2-1ން ބަލިވެފައެވެ.
ގުރޫޕް އޭގައި އިންގްލަންޑް ވަނި ކުޅުނު ތިން މެޗްވެސް ކާމިޔާބުކޮށް ގުރޫޕްގެ އެއްވަނައިގައެވެ. ދެވަނައިގައި ކޮސޯވޯ ކުޅުނު ހަތަރު މެޗުން އަށް ޕޮއިންޓާއި އެކި އޮތްއިރު ހަމަ މިއަދަދަށް ޕޮއިންޓް ހޯދައިގެން ތިންވަނައިގައި ފައިދާ ގޯލްގެ ތަފާތުން އޮތީ ޗެކްރިޕަބްލިކެވެ. ހަތަރުވަނަގައި އޮތް މޮންޓެނެގްރޯ އަދި ގްރޫޕުގެ ފުލުގައި އޮތް ބަލްގޭރިއާ އަށް ލިބިފައިވަނީ 2 ޕޮއިންޓެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!