ރާއްޖޭގައި މެރިކަލްޗަރ ސިނާއަތެއް ފުޅާކުރުމަށް 15 ދިވެއްސަކު ތަމްރީނުކޮށްފި
ރާއްޖޭގައި މެރިކަލްޗަރގެ ސިނާޢަތެއް ޤާއިމުކޮށް ފުޅާކުރުމަށް ބޭނުންވާ ފަންނީ ދިވެހިން ބިނާކުރުމުގެ މަޤްޞަދުގައި ކުރިއަށްގެންދިޔަ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަކުރި 15 ބައިވެރިއަކަށް ސެޓްފިކެޓް ދީފިއެވެ. މި ތަމްރީނަކީ ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަންރިސޯސަސް މިނިސްޓްރީން ކުރިއަށްގެންދާ މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމްގެ ދަށުން މި އަހަރު ހިންގި 3 ވަނަ ބޭސިކް މެރިކަލްޗަރ ތަމްރީނު ކޯހެވެ. މި ކޯސް ނިންމުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، ތަމްރީނު ފުރިހަމަކުރި...