ޔޫރަޕްގެ ކާރު މާކެޓުގައި ފުރަތަމަ ފަހަރަށް، ފުރިހަމަ ކުއާޓަރެއްގެ ތެރޭގައި ޖަޕާނުގެ ވާދަވެރި ކުންފުނިތަކަށް ވުރެ ގިނައިން ޗައިނާގެ ކާރު އުފައްދާ ކުންފުނިތަކުން ކާރު ވިއްކައިފިއެވެ. މިއީ ބީވައިޑީ (BYD) އަދި ޗެރީ (Chery) ފަދަ ޗައިނާގެ ބްރޭންޑުތަކުން ޔޫރަޕްގެ ބާޒާރުގައި ހޯދަމުން އަންނަ ހަލުވި ކުރިއެރުން ދައްކުވައިދޭ މުހިންމު ކާމިޔާބީއެކެވެ. ބްލޫމްބާގުން ހަވާލާދީފައިވާ ‘ޑޭޓާފޯސް’ ގެ ހިސާބުތައް ދައްކާ ގޮތުން، މި އަހަރުގެ ސެޕްޓެމްބަރު މަހުން ނިމުނު ކުއާޓަރުގައި ޔޫރަޕްގައި ރަޖިސްޓްރީ ކުރި ވެހިކަލްތަކުގ...
ނާޒިމާ އަލީ
ބޭރު ފައިސާއާ ބެހޭ ގާނޫނުގެ ދަށުން ބޭރު ފައިސާ މާރުކުރަންޖެހޭ ފަރާތްތަކުން، ކަނޑައެޅިފައިވާ މުއްދަތުގެ ކުރިން އެ އިލްތިޒާމު ފުރިހަމަކުރުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ހަނދާންކޮށްދީފިއެވެ. އެމްއެމްއޭ އިން މިއަދު ބުނީ، ބޭރު ފައިސާއާ ބެހޭ ގާނޫނާ އެއްގޮތަށް ބޭރު ފައިސާއިން އާމްދަނީ ލިބޭ ފަރާތްތަކުން ފައިސާ މާރުކުރުމުގެ އިލްތިޒާމު އަދާކުރަމުން ގެންދިއުމަކީ ލާޒިމު ކަމެއް ކަމަށެވެ. މިގޮތުން، ކޮންމެ މީލާދީ މަހެއްގައި ވެސް ބޭރު ފައިސާއިން ލިބޭ އާމްދަނީ، އެ މަހާ ޖެހިގެން […]
އަޙްމަދު ވަހީދު
މިމަހުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރާތްކުރި ފަތުރުވެރިންގެ އަދަދު، ވޭތުވެދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 16.1 އިންސައްތަ އިތުރުވެފައިވާ ކަމަށް ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު ދަށްވަމުން ދިޔުމަށްފަހު، މިހާރު މިވަނީ ކުރިއެރުމެއް ފެންނަން ފަށާފައެވެ. ފަތުރުވެރިކަމާބެހޭ ވުޒާރާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިމަހުގެ މިހާތަނަށް ރާއްޖެއަށް 147,201 ފަތުރުވެރިން ވަނީ...
ޔުމްނާ ޢަލީ
ދިވެހި އުފެއްދުންތެރިންނާއި މަސައްކަތްތެރިންގެ ފަންނުވެރިކަން އެއް ފުރާޅެއްގެ ދަށުން ދައްކާލުމަށް ބާއްވާ “ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2026” ހުޅުމާލޭ ސެންޓްރަލް ޕާކުގައި މިރޭ ރަސްމީކޮށް ފަށައިފިއެވެ. މި މައުރަޒު އިފްތިތާޙްކޮށްދެއްވީ މިކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ. ދިވެހި ސަގާފަތާ ގުޅުންހުރި އެކި ހަރަކާތްތަކާއެކު އާންމުންނަށް މި މައުރަޒު ހުޅުވާލާފައިވާއިރު، މައުރަޒު ރަސްމީކޮށް ހުޅުއްވައިދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ...
ޔުމްނާ ޢަލީ
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2026 ނިންމާލައި، އެކި ވަނަތައް ހާސިލުކުރި ފަރާތްތަކަށް އިނާމާއި އެވޯޑު ދީފިއެވެ. ބާސެލޯ ނަސަންދުރައިގައި ބޭއްވި މި ޚާއްސަ ރަސްމިއްޔާތުގައި އެކި ފަންތިތަކުން ފާހަގަކޮށްލެވޭ ކާމިޔާބީތައް ހޯދި ފަރާތްތަކަށް ޖުމްލަ 298 އެވޯޑު ވަނީ ހަވާލުކޮށްފައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒެވެ. އެމަނިކުފާނު ވަނީ މުޅި މައުރަޒުން އެންމެ މަތިން މާކްސް ހޯދައިގެން އެންމެ މަތީ ޝަރަފު ކަމަށްވާ “ރަން 5 ވަނަ” ހާސިލުކުރި އުފެއްދުންތަކަށް އިނާމު ހ...
ޔުމްނާ ޢަލީ
ހއ. ހޯރަފުށީގެ ކަރަންޓުގެ ޚިދުމަތް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން އެ ރަށުގައި އަލަށް ބެހެއްޓި 1 މެގަވޮޓް (1000 ކިލޯވޮޓް) ގެ ޖެނެރޭޓަރު ސެޓް ކޮމިޝަންކޮށް، ރަސްމީކޮށް ބޭނުންކުރަން ފަށައިފިއެވެ. މިއާއެކު އެ ރަށުގައި ކަރަންޓު އުފެއްދުމުގެ ޖުމްލަ ކެޕޭސިޓީ ވަނީ އިތުރުވެގެން ގޮސްފައެވެ. އައު ޖެނެރޭޓަރު ސެޓް ކޮމިޝަންކޮށް ބޭނުންކުރަން ފެށުމާއެކު ހޯރަފުށީގެ އިންސްޓޯލްޑް ކެޕޭސިޓީ މިހާރު ވަނީ 3.3 މެގަވޮޓަށް މަތިވެފައެވެ. މި އައު ޖެންސެޓް ގެނައުމުގެ ކުރިން އެ ރަށުގެ އިންޖީނުގޭގައި ކަރަންޓު […]
ޔުމްނާ ޢަލީ
ރާއްޖޭގައި މެރިކަލްޗަރގެ ސިނާޢަތެއް ޤާއިމުކޮށް ފުޅާކުރުމަށް ބޭނުންވާ ފަންނީ ދިވެހިން ބިނާކުރުމުގެ މަޤްޞަދުގައި ކުރިއަށްގެންދިޔަ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަކުރި 15 ބައިވެރިއަކަށް ސެޓްފިކެޓް ދީފިއެވެ. މި ތަމްރީނަކީ ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަންރިސޯސަސް މިނިސްޓްރީން ކުރިއަށްގެންދާ މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމްގެ ދަށުން މި އަހަރު ހިންގި 3 ވަނަ ބޭސިކް މެރިކަލްޗަރ ތަމްރީނު ކޯހެވެ. މި ކޯސް ނިންމުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، ތަމްރީނު ފުރިހަމަކުރި...
ޔުމްނާ ޢަލީ
އދ. މަހިބަދޫގެ ނަރުދަމާ ނިޒާމު އިތުރަށް ފުރިހަމަކޮށް، އަޕްގްރޭޑް ކުރުމުގެ މަސައްކަތް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އާ ހަވާލުކޮށްފިއެވެ. މި މަސައްކަތް އެ ކުންފުންޏާ ހަވާލުކުރުމުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީން ވަނީ ސޮއިކޮށްފައެވެ. މި އެއްބަސްވުމުގައި ސޮއިކުރުމަށްޓަކައި ބުރާސްފަތި ދުވަހު ބޭއްވި ރަސްމިއްޔާތުގައި، މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީ ޢަލީ ޝަރީފ...
އަޙްމަދު ވަހީދު
ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އާއި، ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން އަދި މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑަށް އާ ތިން ޑިރެކްޓަރުން މިއަދު ޢައްޔަނުކޮށްފިއެވެ. މި ތިން ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް ބޭފުޅުން ޢައްޔަނުކޮށްފައިވަނީ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިންނެވެ. ޕީސީބީން ވަނީ އެ ތިން ކުންފުނީގެ ބޯޑަށް މެންބަރުން ހަމަޖެއްސިކަން މިއަދު ހާމަކޮށްފައެވެ. ޕީސީބީން ހާމަކުރި ގޮތުގައި، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕަބް...
އަޙްމަދު ވަހީދު
ފުވައްމުލަކު ސިޓީގެ ކަރަންޓުގެ ޚިދުމަތް ދިނުމާ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ރަސްމީކޮށް ހަވާލުވެއްޖެއެވެ. މި ބަދަލާއެކު އެ ސިޓީގައި ފެނަކައިން ދެމުން އައި ކަރަންޓުގެ ޚިދުމަތްތައް ދެން ކުރިއަށްދާނީ ސްޓެލްކޯގެ ބެލުމުގެ ދަށުންނެވެ. ފުވައްމުލަކު ސިޓީގައި ސްޓެލްކޯއިން ކަރަންޓުގެ ޚިދުމަތް ރަސްމީކޮށް ފެށުމުގެ ގޮތުން، މިއަދު އެ ސިޓީގައި ވަނީ ޚާއްޞަ ދިދަ ނެގުމުގެ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތުގައި ދިވެހި ޤައުމީ ދިދަ ނަންގަވައިދެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޢަލީ...
އަޙްމަދު ވަހީދު
އަމިއްލަ ބޯހިޔާވަހިކަން ހޯދައިދިނުމަށް މަގުފަހިކުރުމުގެ ގޮތުން ސަރުކާރުން ތަޢާރަފްކުރި “ނޭޝަނަލް ހޯމް އޯނަރޝިޕް ޕްރޮގްރާމް”ގެ ދަށުން ކުރިއަށްގެންދާ އިކުއިޓީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ސްކީމަށް އެދުމުގެ ފުރުސަތު މިއަހަރު ހުޅުވާލައި، 1،500 އެއްހާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ. ވަޒީރު މިކަން ހާމަކުރެއްވީ އިކުއިޓީ އެހީތެރިކަން ފޯރުކޮށްދޭ “ހެލްޕް ޓު ބިލްޑް” އަދި “ހެލްޕް ޓު ބައި” ސްކީމް...
ޔުމްނާ ޢަލީ
މަނީ ޗޭންޖިން ވިޔަފާރިއާބެހޭ ގަވާއިދާ ޚިލާފުވުމާ ގުޅިގެން، އެމްއެސް ފައިނޭންސް ކަރަންސީ އެކްސްޗޭންޖް ޕްރައިވެޓް ލިމިޓެޑް 500،000 (ފަސް ލައްކަ) ރުފިޔާއިން ޖޫރިމަނާކޮށް، އެ ކުންފުންޏަށް ދޫކޮށްފައިވާ މަނީ ޗޭންޖިންގ ލައިސަންސް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިއަދު ހިފަހައްޓައިފިއެވެ. މި ސްޕަވައިޒަރީ ފިޔަވަޅު އެޅުމަށްފަހު އެމްއެމްއޭއިން ވަނީ ބޭރު ފައިސާ ގަނެވިއްކުމުގެ މުއާމަލާތްތައް ކުރުމުގައި ގާނޫނާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތީން ހުރިހާ ފަރާތްތަކުން ވެސް އަމަލުކުރުމަށް އިލްތ...
އަޙްމަދު ވަހީދު
އަމިއްލަ ބޯހިޔާވަހިކަން ހޯދައިދިނުމަށް މަގުފަހިކުރުމުގެ ގޮތުން ސަރުކާރުން ތަޢާރަފްކުރި “ނޭޝަނަލް ހޯމް އޯނަރޝިޕް ޕްރޮގްރާމް”ގެ ދަށުން، އިކުއިޓީ އެހީތެރިކަން ފޯރުކޮށްދޭ “ހެލްޕް ޓު ބިލްޑް” އަދި “ހެލްޕް ޓު ބައި” ސްކީމްތައް ތަންފީޒުކުރުމަށް މާލީ 4 އިދާރާއަކާއެކު ފަހުމުނާމާގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީޢާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބްއެވެ. މި މަޝްރޫޢުގެ ދަށުން އެއްބަސްވުންތައް އެކުލަވާލާފައިވަނީ ބޭންކް އޮފް މޯލްޑި...
ޔުމްނާ ޢަލީ
ކްރޮސް ސަބްސިޑީގެ ގޮތުގައި ފަތުރުވެރިކަމުގެ ބޭނުމަށް ރަށް، ބިން ނުވަތަ ފަޅު ކުއްޔަށް ދިނުމާ ބެހޭ ގަވާއިދުގެ ދަށުން، ރާއްޖޭގެ ބައެއް އަތޮޅުތަކުގެ ރަށްތަކާއި ފަޅުތައް ކުއްޔަށް ދިނުމަށް ނަގާ ލީޒް އެކުއިޒިޝަން ކޮސްޓް ހިސާބުކުރާ ރޭޓްތަކަށް ބަދަލު ގެނެސްފިއެވެ. ސަރުކާރުން މި ބަދަލު ގެނެސްފައިވަނީ ވަކި އަތޮޅުތަކަކަށް ލުއިތަކެއް ލިބޭ ގޮތަށެވެ. ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ކުރި އިއުލާނެއްގައި ބުނީ، މި އިސްލާޙާއެކު ކޮންސެޝަން ރޭޓްތައް ހަމަޖައްސާފައިވަނީ ބޮޑު ތިލަދުންމަތީގެ ތިން އަތ...
ޝިއުނާ އާދަމް
އެސްއެމްއީ ޑިޖިޓަލްއިން ދޫކޮށްފައިވާ ފައިނޭންސިންގ ފެސިލިޓީތަކަށް ދައްކަންޖެހޭ ފައިސާ ނުދައްކާ ކަސްޓަމަރުންނަށް ބޭންކިންގ ޚިދުމަތްތައް މެދުކަނޑާލުމަށް އެ ބޭންކުން ނިންމައިފިއެވެ. އެގޮތުން ފައިސާ ނުދައްކާ ފަރާތްތަކުގެ ޚިދުމަތްތައް މެދުކަނޑާލަން ފަށާނީ އަންނަ ނޮވެންބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ. މިއީ އެސްއެމްއީ ޑިޖިޓަލްގެ ފެސިލިޓީތަކަށް ގަވާއިދުން ފައިސާ ދެއްކުމަށް ބާރުއެޅުމަށާއި، ކަސްޓަމަރުންގެ އެކައުންޓްތައް ބެލެހެއްޓުމަށް އެހީތެރިވެދިނުމުގެ މަގުސޫދުގައި އަޅާ ފިޔަވަޅެއް ކަމަށް އެ ބޭ...
އަޙްމަދު ވަހީދު