ފުރާޅުތަކުން މަގުމައްޗަށް ފެންފައިބާ މައްސަލަ އިޞްލާޙުކުރަން ކުމުންދޫ ކައުންސިލުން ސުންގަޑިއެއް ދީފި
ހދ. ކުމުންދޫ ގޭގޭގެ ފުރާޅުތަކުގައި ރަނގަޅަށް ދިޔަދޮވި ހަރުކުރަން ކައުންސިލުން އިލްތިމާސްކޮށްފިއެވެ. އެ ރަށުގެ ބައެއް ގެތަކުގެ މަގުމައްޗަށް ވާގޮތަށް ދިޔަދޮވި ނާޅުވާ ހުރި ފުރާޅުތަކުންނާއި، މަގުމައްޗަށް ވާގޮތަށް ހުންނަ ދިޔަދޮވީގެ ހޮޅިތަކުން، ވިއްސާރަ މޫސުމުގައި މަގުތަކަށް ފެންފޭބުމުގެ ސަބަބުން، މަގުތަކުގައި ފެންބޮޑުވެ، ހިނގާބިނގާވެ އުޅޭ ފަރާތްތަކަށާއި، ދުއްވާ އެއްޗެއްސަށް ދަތިތަކާ ކުރިމަތިލާން ޖެހުމުން، އެ ރަށު ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. މިކަމާ ގުޅިގެން އެ ކައުންސިލުން ކޮށްފައިވާ...