''މާއުނގޫދޫގެ ކަނބަލުންނަކީ ވަރަށް ހުނަރުވެރި، ކެރޭ ބައެއް'' ހާއްސަ ތަމްރީނު ޕްރޮގްރާމެއް ނިންމާލައިފި
ށ. މާއުނގޫދޫގައި ކުރިއަށް ގެންދިޔަ “ވިމެން އެންރިޗްމަންޓް ޕްރޮގްރާމް” ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. މިއީއެ ރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (އތމކ) އާއި ވިމެން އެންޑް ޑިމޮކްރަސީ ގުޅިގެން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ. ރަށުގެ ކަނބަލުންގެ އިޖްތިމާޢީ އަދި ފަންނީ ހުނަރުތައް ތަރައްޤީކޮށް، ކަނބަލުން އިޖްތިމާޢީ ގޮތުންނާއި ފިކުރީ ގޮތުން އަދި ސިޔާސީގޮތުން ބާރުވެރިކޮށް ކުރިއެރުވުމުގެ މަޤްޞަދުގައި ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގައި ޖުމްލަ 15 ކަނބަލުން ބައިވެރިވެފައިވެއެވެ. މި ޕ...