ހދ. ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ ސީނިއަރ މެނޭޖްމަންޓް ޓީމާއި ޔުނިޓް ހެޑުންނަށް އަމާޒުކޮށްގެން 'ސަރވިސް ލީޑަރޝިޕް' ގެ ނަމުގައި ޚާއްސަ ސެޝަނެއް ބާއްވައިފިއެވެ.

ކުޅުދުއްފުށި ސިޓީ ކައުންސިލުން މައުލޫމާތު ދެއްވި ގޮތުގައި މިއީ ރައްޔިތުންނަށް އެންމެ ފުރިހަމަ، އަވަސް އަދި އިތުބާރު ހުރި ޚިދުމަތްތަކެއް ފޯރުކޮށްދޭ އިދާރާއަކަށް ހެދުމުގެ މަޤްޞަދުގައި ކުރިއަށް ގެންދެވުނު ސެޝަނެކެވެ.

Ad
rt

މި ސެޝަނުގައި މައިގަނޑު ގޮތެއްގައި އަމާޒުކޮށްފައިވަނީ ޚިދުމަތް ދިނުމުގެ ފެންވަރު މަތިކުރުމަށާއި، ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި ލީޑަރޝިޕްގެ ދައުރާ ގުޅޭގޮތުންކަމަށް ވެސް އެ ކައުންސިލުން ހާމަކުރައްވާފައިވެއެވެ.

މި ސެޝަން ކުރިއަށް ގެންގޮސްދެއްވާފައިވަނީ ރާއްޖޭގެ މަޝްހޫރު ލީޑަރޝިޕް ޓްރެއިނަރ، ކޯޗު އަދި ކީނޯޓް ސްޕީކަރ އަފީފް ޙުސައިނެވެ.

ކުޅުދުއްފުށި ސިޓީ ކައުންސިލުގެ މުވައްޒަފުންނަށް ޚާއްޞަ ތަމްރީނު ސެޝަންތަކެއް

މީގެ އިތުރުން، ލީޑަރޝިޕް ހުނަރުތައް އިތުރަށް ތަރައްޤީކޮށް ހަރުދަނާކުރުމުގެ ގޮތުން 'މެންޓަރިންގ އެންޑް ކޯޗިންގ' އާ ގުޅޭ ޚާއްޞަ ސެޝަނެއް ވެސް ސީނިއަރ މެނޭޖްމަންޓް ޓީމަށް އިއްޔެ ކުރިއަށް ގެންގޮސްފައިވެއެވެ.

އަފީފްގެ އެހީތެރިކަމާއެކު، ކުޅުދުއްފުށި ސިޓީ ކައުންސިލުން ރައްޔިތުންނަށް ދެމުންދާ ޚިދުމަތްތަކުގެ ފެންވަރު އިތުރަށް ހަރުދަނާކޮށް، ރައްޔިތުންނަށް އިސްކަންދޭ ޚިދުމަތުގެ ސަގާފަތެއް އަށަގަންނުވުމުގެ މަޤްޞަދުގައި އެ ކައުންސިލުގެ މުވައްޒަފުންނަށް ޚާއްޞަ ތަމްރީނު ސެޝަންތަކެއް ވަނީ މިދިޔަ އޯގަސްޓް މަހު ވެސް ކުރިއަށް ގެންގޮސްފައެވެ.