ސިނަމާލެ ބްރިޖުމަތިން ކަނޑަށް ފުންމާލި ބިދޭސީއަކު، އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑްގެ ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންގެ ސިފައިން ހަރަކާތްތެރިވެ ސަލާމަތްކޮށްފިއެވެ.

އެމްއެންޑީއެފުން ބުނިގޮތުގައި މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފްގެ މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރަށް ލިބިފައިވަނީ ރޭ ދަންވަރު 00:44 ހާއިރުއެވެ.

Ad
rt

މި މައުލޫމާތު ލިބުމާ ގުޅިގެން، ކޯސްޓްގާޑުގެ ޑައިވަރުން ވަނީ ވަގުތުން އެ ސަރަހައްދަށް ގޮސް އޭނާ ހޯދުމުގެ އޮޕަރޭޝަން ފަށާފައެވެ.

ޑައިވަރުން ކުރި މަސައްކަތުން އެ މީހާ ފެނިފައިވަނީ ބްރިޖުގެ ތަނބެއްގައި އެލިގަނެގެން އޮއްވައެވެ.

އެއަށްފަހު އޭނާ ކޯސްޓްގާޑުގެ ހާބަރ ކްރާފްޓަށް ނަގައި، މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ހަވާލުކޮށްފައެވެ.