އައިލެންޑް ކާނިވަލްގެ ހަރަކާތްތަކާއެކު ބޮޑުތިލަދުންމަތީ ބޮޑުބާޒާރު ކުުޅުދުއްފުށީގައި މިއަދު ފަށައިފި
ބޮޑުތިލަދުންމަތީ ބޮޑުބާޒާރު، އައިލެންޑް ކާނިވަލްގެ ހަރަކާތްތައް ޚާއްސަ ރަސްމިއްޔާތަކާ އެކު ހދ. ކުޅުދުއްފުށީ ސިޓީގައި މިއަދު ފަށައިފިއެވެ. ކުޅުދުއްފުށި ސިޓީ ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ މި ހަރަކާތްތައް މިއަދުން ފެށިގެން އޮކްޓޯބަރު 4 ވަނަ ދުވަހުގެ ނިޔަލަށް ކުޅުދުއްފުށި ސިޓީގެ ބީޗް ހޭންޑްބޯލް އެރީނާ ސަރަހައްދުގައި ކުރިއަށްދާނެއެވެ. މި ކުލަގަދަ ހަރަކާތަކީ މިހާތަނަށް އަތޮޅުތެރޭގައި ބޭއްވޭ މިފަދަ އެންމެ ބޮޑު ކާނިވަލެވެ. މި ބޮޑުބާޒާރު ކުރިއަށްދާނީ، ކޮންމެ ދުވަހެއްގެ ހަވީރު 16:00 އިން 18:00 އަ...