ކެލާގެ ދަނޑުބިންތަކުގެ މަގަށް އަރާ އަލަކޯރުތައް ވަކިކުރުމަށް ކައުންސިލުން އިލްތިމާސްކޮށްފި
ހއ. ކެލާގައި ދަނޑުވެރިކަމަށް ދޫކޮށްފައިވާ ބިންތަކުގެ މަގުތަކަށް އަރާފައިވާ އަލަކޯރުތަކުގައި ފެންސް ޖަހައިގެން ވަކިކުރުމަށް އެ ރަށު ކައުންސިލުން އިލްތިމާސް ކުރައްވައިފިއެވެ. ކެލާ ކައުންސިލުން ބުނީ، ދަނޑުވެރިކަމަށް ދޫކޮށްފައިވާ 5،000 އަކަފޫޓުގެ ބިންތަކަށް ވަދެނުކުތުމަށް ކަނޑައަޅާފައިވާ މަގުތައް ސާފުކޮށް، އެއްވަރުކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ. އެގޮތުން މަގު ހެދުމުގެ މަސައްކަތުގެ ތެރެއިން، މަގަށް އަރާފައިވާ އަލަކޯރުތަކުގެ ބައިތައް ފަސްއަޅައި ފޮރުވާލަން ޖެހޭތީ، އެ ބައިތައް ފެންސް ޖަހ...