ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބާއްވާ "ފުޓްސަލް ޒޯން ޗެމްޕިއަންޝިޕް 2026 ނޯތު ޒޯން 1" ގެ މިއަދު ކުޅުނު މެޗުތަކުން ނައިވާދޫއާއި އިހަވަންދޫ ބައްދަލު ކުރި މެޗުން ނައިވާދޫ މޮޅުވެފައިވާއިރު، ފިއްލަދޫ އަދި ހަނިމާދޫ ކުޅުނު މެޗުން ފިއްލަދޫ ކުރި ހޯދައި ހަނިމާދޫ އަށް ފައިނަލްގެ ދޮރު އެއްކޮށް ބަންދުވެއްޖެއެވެ.

ބުރާސްފަތި ދުވަހު ހަވީރު ކުޅުނު މެޗުގައި ނައިވާދޫ ވަނީ، އިހަވަންދޫގެ މައްޗަށް 2-0 ގެ ނަތީޖާއަކުން ކުރިހޯދާފައެވެ. މި މެޗުގައި ނައިވާދޫގެ ލަނޑުތައް ކާމިޔާބުކޮށްދީފައި ވަނީ، މުޙައްމަދު އަސްލަމް އަދި މުޙައްމަދު ޝާއިންއެވެ.

Ad
rt

ހަނިމާދޫއާއި ފިއްލަދޫ ބައްދަލުކުރި މެޗުގައި 2-0 ގެ ނަތީޖާއިން ފިއްލަދޫ ވަނީ މެޗު ކާމިޔާބުކޮށްފައެވެ. މި މެޗުގައި ފިއްލަދޫގެ ފުރަތަމަ ލަނޑަކީ، ކުޅުމުގެ ތެރެއިން ހަނިމާދޫ ގޯލްކީޕަރ ޢަބްދުﷲ މުޙައްމަދުގެ ގައިގައި ޖެހި، ބައިކޮޅަށް ވަތް ގޯލެކެވެ. މީގެއިތުރުން ފިއްލަދޫގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދީފައި ވަނީ އެ ޓީމުގެ އާދަމް ސަމާހެވެ.

މި މުބާރާތުގެ ކުރިއަށް ހުރި މެޗުތައް ކުޅުމަށް ހަމަޖެހިފައި ވަނީ 3 އޮކްޓޯބަރ 2026ގައެވެ.

އެ ގޮތުން އެ ދުވަހު ހަވީރު 16:45ގައި ބައްދަލު ކުރާނީ ފިއްލަދޫ އާއި އިހަވަންދޫއެވެ.

މީގެއިތުރުން ދެން ބައްދަލު ކުރުމަށް ހަމަޖެހިފައިވަނީ ނައިވާދޫއާއި ކަނޑިތީމެވެ.