ހަންދަ ތޮށި އުކުމަށް، މަކުނުދޫއިން ވަކި ސަރަޙައްދެއް ޚާއްސަކޮށްފި
ހަންދަ ތޮށިތައް އުކުމަށް، މަކުނުދޫގެ ވަކި ސަރަހައްދެއް ޚާއްސަކޮށް، ހދ. މަކުނުދޫ ކައުންސިލުން އެކަން އާންމުކޮށް އަންގައިފިއެވެ. އެ ރަށު ކައުންސިލުން މައުލޫމާތު ދެއްވާ ގޮތުގައި، މި ފަހަކަށް އައިސް، ރަށުގެ އެކި ސަރަހައްދުތަކަށް ހަންދަ ތޮއްޓާއި، މިޒާތުގެ ސާމާނު އުކާލާކަން އެ އިދާރާއަށް ފާހަގަ ކުރެވިފައިވެއެވެ. އެހެންކަމުން، މި ގޮތަށް ނިންމަން ޖެހުނީ އާންމުންނަށް އެކި ކަހަލަ އުނދަގޫތައް ކުރިމަތިވަމުންދާތީ ކަމަށް ވެސް އެ އިދާރާއިން ހާމަކުރައްވާފައިވެއެވެ. އެ ގޮތުން ، އެ ފަދަ ތަކެތި […]