ށ. ފުނަދޫ ކައުންސިލުން އެރަށުގައި ތަރައްޤީކުރުމަށް ނިންމާފައިވާ "ސެންޓްރަލް ސްކެއަރ" ޕާކުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އެ ކައުންސިލުން އިޢުލާނުކޮށްފިއެވެ.

މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމުގެ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ 05 އޮކްޓޯބަރ 2026 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 13:00 ގައި ފުނަދޫ ކައުންސިލް އިދާރާގައިކަމަށް އެ ކައުންސިލުން މައުލޫމާތުދެއެވެ.

Ad
rt

މީގެއިތުރުން މި މަޝްރޫޢަށް އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 08 އޮކްޓޯބަރ 2026 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 13:00 ގައެވެ.

މިކަމާގުޅޭ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ހާޟިރުނުވާ އެއްވެސް ފަރާތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތެއް ނޯންނާނެކަމަށް ފުނަދޫ ކައުންސިލުން ޢާންމުކޮށްފައިވާ އިޢުލާނުގައި ބުނެފައިވެއެވެ.

ފުނަދޫ ކައުންސިލުން މި ޕާކު ތަރައްގީކުރަން ނިންމާފައި ވަނީ އެރަށުގެ ވޮލީ ކޯޓު ހިމެނޭ ސަރަހައްދުގައެވެ.