ހދ. މަކުނުދޫ ކައުންސިލުން، އެ ރަށުގެ މުއައްސަސާތަކަށް އަމާޒުކޮށްގެން ބޭއްވި ޑްރާމާ މުބާރާތުގެ ފަޚްރުވެރި 1 ވަނަ މަކުނުދޫ ޞިއްޙީމަރުކަޒުން ގެނެސްދިން " އުފާވެރި ޙަޔާތަކަށްޓަކައި "އަށް ލިބިއްޖެއެވެ.

ރަށުގެ މުއައްސަސާތަކުގެ މެދުގައި އޮންނަ ގުޅުން ބަދަހިކޮށް، މުވައްޒަފުންނާއި ޒުވާނުންގެ ފަންނީ ހުނަރުތައް ކުރިއެރުވުމުގެ މަޤްޞަދުގައި ކުރިއަށްގެންދިޔަ މި މުބާރާތުގެ 2 ވަނަ މަކުނުދޫ ކައުންސިލްގެ "ޙާލަތު" ހޯދިއިރު، 3 ވަނަ ހޯދާފައިވަނީ މަކުނުދޫ ސްކޫލުން ހުށަހެޅި ޑްރާމާ "ލަމްޙާ" އެވެ.

Ad
rt

ޖުމްލަ 20 ބައިވެރިން ހިމެނޭ މި ޑްރާމާއަކީ، މަޖާ އަދި ޝައުޤުވެރި ހާދިސާތަކަކާ އެކު، މުޖުތަމަޢަށް ނުހަނު ބޭނުންތެރި މުހިންމު މެސެޖުތަކެއް ފޯރުކޮށްދިން މި ޑްރާމާއިން ދައްކައިދިނީ މި ޑްރާމާއިން ބެލުންތެރިންނަށް ދޫކޮށްލީ، ނަފްސާނީ ބަލިތައް ތަޙައްމަލުކުރާ ފަރާތްތައް މުޖުތަމަޢުން ބާކީނުކޮށް ލޯތްބާއި އަޅާލުން ދިނުމުގެ މުހިންމުކަމާއި، މީހުންގެ ނެތިމޮށުމުން ދުރުހެލިވެ، އަމިއްލައަށް ބޭސްކުރުމުގެ ބަދަލުގައި ޤަވާޢިދުން މެޑިކަލް ޗެކަޕް ހަދައި ޞިއްޙަތަށް ފަރުވާތެރިވުމުގެ އަގުހުރި މެސެޖެވެ.

މަކުނުދޫ މުއައްސަސާތަކުގެ ޑްރާމާ ބުރާތުގެ ފަޚުރުވެރި 1 ވަނަ ހޯދި ސިއްހީ މަރުކަޒުގެ ޓީމު، ފޮޓޯ: މަކުނުދޫ ކައުންސިލް

ދަރިންނަކީ މާތް ﷲ ގެ ހަދިޔާއެއްކަން ހަނދާންކޮށްދެމުން، ދަރިން ނުލިބިގެން ކުރިމަތިކުރާ ސުވާލުތަކުގެ ސަބަބުން އަނެކާގެ ނަފްސަށް ކުރާ ފުން އަސަރާއި ވޭނާއި، ވިސްނާނުލައި ބުނެލާ ބަހަކުން މީހެއްގެ ހިތް މުޅިން ކުދިކުދިވެގެންދާ މިންވަރު ހާމަކޮށްދީ، އެފަދަ ފަރާތްތަކުގެ އިޙްސާސްތަކަށް އިޙްތިރާމްކޮށް ހިތްދަތި ބަސްތައް ނުބުނުމަށް މަކުނުދޫ ސްކޫލްގެ ޑްރާމާ "ލަމްޙާ" އިން ވަނީ ވަރުގަދަ މެސެޖެއް ދީފައެވެ

މަކުނުދޫ މުއައްސަސާތަކުގެ ޑްރާމާ ބުރާތުގެ2 ވަނަ ހޯދި ކައުންސިލް އިދާރާގެ ޓީމް، ފޮޓޯ: މަކުނުދޫ ކައުންސިލް

މީގެއިތުރުން، މަކުނުދޫގެ ދަތުރުފަތުރުގެ ދަތިކަމުގެ ސަބަބުން ބޭސްފަރުވާއަށް ކުރަންޖެހޭ ދަތުރުތަކުގައި ދިމާވާ ބޮޑެތި ގޮންޖެހުންތަކުގެ މައްޗަށް ބިނާކޮށް، މަކުނުދޫ ކައުންސިލުން ހުށަހަޅައިދިން "ޙާލަތު" ޑްރާމާއަކީވެސް ރަށުގެ ޙަޤީޤީ ދިރިއުޅުމުގެ ތަޞްވީރު ސިފަކޮށްދީ، ބެލުންތެރިންގެ ލޮލުން ކަރުނަ ހިލުވައިލި ވަރަށް އަސަރުގަދަ ހުށަހެޅުމެކެވެ.

މީގެއިތުރުން، އެކި ދާއިރާތަކުން ފާހަގަކޮށްލެވުނު ފަރާތްތަކަށް ވަނަތަކާއި އިނާމުތައް ވަނީ ދީފައެވެ.

މަކުނުދޫ މުއައްސަސާތަކުގެ ޑްރާމާ ބުރާތުގެ2 ވަނަ ހޯދި އެރަށު ސްކޫލްގެ ޓީމް، ފޮޓޯ: މަކުނުދޫ ކައުންސިލް

އެ ގޮތުން، އެންމެ މޮޅު އެކްޓަރަކަށް މަކުނުދޫ ސްކޫލުގެ ޠާހާ ޒުބައިރު ހޮވުނުއިރު، އެންމެ މޮޅު އަންހެން އެކްޓަރަކަށް ހޮވިފައިވަނީ މަކުނުދޫ ކައުންސިލްގެ ޢާއިޝަތު މީރާއެވެ. އަދި އެންމެ މޮޅު ފިރިހެން ސަޕޯޓިންގ އެކްޓަރުގެ މަޤާމު މަކުނުދޫ ޞިއްޙީ މަރުކަޒުގެ މުޙައްމަދު ނަސީރު ހޯދިއިރު، އެންމެ މޮޅު އަންހެން ސަޕޯޓިންގ އެކްޓަރަކަށް ހޮވުނީ ހަމަ އެ މަރުކަޒުގެ އާމިނަތު ރާޔާއެވެ.

އެންމެ މޮޅު އެކްޓަރުންނަށް ހޮވުނު ޠާހާ އާއި މީރާ، ފޮޓޯ: މަކުނުދޫ ކައުންސިލް

މީގެއިތުރުން، އެންމެ މޮޅު ޑައިރެކްޓަރުގެ މަޤާމު މަކުނުދޫ ޞިއްޙީ މަރުކަޒުގެ ޚަދީޖަތު ސަނާ އަދި ތަސްލީމާ ޢަބްދުލްޣަނީ ހޯދިއިރު، އެންމެ މޮޅު ސްކްރިޕްޓް ލިޔުންތެރިޔަކަށް ހޮވިފައިވަނީ މަކުނުދޫ ސްކޫލްގެ ޒަމީރު ޢަބްދުލްކަރީމެވެ.

މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި، އެއްވަނަ ހޯދި ޑްރާމާއަށް 5000 ރުފިޔާގެ ފައިސާގެ އިނާމާއި ޓްރޮފީ، ދެވަނައަށް 3000 ރުފިޔާ އަދި ތިންވަނައަށް 5000 ރުފިޔާގެ ފައިސާގެ އިނާމާއި ޓްރޮފީ މަކުނުދޫ ކައުންސިލުގެ ފަރާތުން ވަނީ ޙަވާލުކޮށްފައެވެ.