މި ދުވަސްވަރަކީ ރޯގާ ފެތުރޭ ދުވަސްވަރަކަށް ވާތީ، މަދިރި އާލާވާ ތަންތަން ބަލައި ފާސްކޮށް، އެފަދަ ތަންތަން ނައްތާލުމުގެ ޚާއްޞަ ހަރަކާތެއް ހއ. މާރަންދޫގައި ކުރިއަށްގެންގޮސްފިއެވެ.
މި ހަރަކާތަކީ މާރަންދޫ ކައުންސިލާއި އެ ރަށު ޞިއްޙީމަރުކަޒު ގުޅިގެން ކުރިއަށްގެންދިޔަ ހަރަކާތެކެވެ.
މާރަންދޫ ކައުންސިލްގެ ރައީސް ޙަސަން ވަޙީދު "ތިލަދުން"އަށް ވިދާޅުވީ، މި ހަރަކާތުގެ ތެރެއިން ރަށުގެ ހުރިހާ ގޭބިސީތަކަށާއި އެހެނިހެން އެކި ތަންތަނަށް ޒިޔާރަތްކޮށް، މަދިރި އުފެދޭ ގޮތަށް ހުރި ތަންތަން ބަލައި ފާސްކޮށްފައިވާނެކަމަށެވެ. އަދި މި ހަރަކާތުގެ ތެރެއިން، މަދިރި އާލާވާ ގޮތަށް ގޭބިސީތަކުގައި ހުރި ތަންތަން ނައްތާލުމަށް އެ ފަރާތްތަކަށް އަންގާފައިވާނެކަމަށް ވެސް ޙަސަން ވަޙީދު ވިދާޅުވިއެވެ.
މީގެއިތުރުން މަދިރީގެ ޒަރީއާއިން ފެތުރޭ ބަލިތަކުން ރައްކާތެރިވުމުގެ ގޮތުން އަބަދުވެސް ފެންހަރުލާ ގޮތަށް ހުންނަ ތަކެތި ސާފުކޮށް، އެފަދަ އެއްޗެހިން ފެން ހުސްކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެ ކައުންސިލުން ވަނީ އިލްތިމާސް ކުރައްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!