ހއ. ދިއްދޫ ކުރިމަގު ޖަމްޢިއްޔާއިން ކުރިއަށްގެންދާ ބިއްލޫރި ފުޅި ހަދިޔާކުރުމުގެ ޕްރޮގްރާމްގެ ދަށުން، މަކުނުދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ (އތމ) އަށް ޖުމްލަ 119 ބިއްލޫރި ފުޅި ޙަވާލުކޮށްފިއެވެ.

Ad
rt

މަކުނުދޫ އތމ ކޮމިޓީގެ ރައީސާ ޝަހުމާ އާދަމް "ތިލަދުން" އަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، ދިއްދޫ' "ކުރިމަގު" ޖަމްޢިއްޔާއިން ހަދިޔާކުރި ބިއްލޫރި ފުޅިތައް މަކުނުދޫގެ މުއައްސަސާތަކަށް މިއަދު ޙަވާލުކޮށްފައިވާ ކަމަށެވެ. އެގޮތުން ކޮންމެ މުއައްސަސާއަކަށް 15 ފުޅި މިހާރު ޙަވާލުކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ

މީގެއިތުރުން ޝަހުމާ ވިދާޅުވީ، މިއީ އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ފުޅީގެ ބަދަލުގައި، ރައްކާތެރިކަމާއެކު ބޯފެން ބޭނުންކުރުމުގެ އާދަ އަށަގެންނެވުމަށް ލިބުނު ވަރަށް އަގުހުރި ހަދިޔާއެއް ކަމަށެވެ

ހދ.މަކުނުދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން ވަނީ ދިއްދޫ ކުރިމަގު ޖަމްޢިއްޔާއަށް ވަރަށް އިހްލާސްތެރިކަމާއި އެކު ޝުކުރުދަންނަވާފައެވެ.

އެ ޖަމްޢިއްޔާއިން ކުރިއަށް ގެންދާ، "ޕްލާސްޓިކާ ނުލައި" ކެމްޕޭނުގެ ދަށުން، 85,000 އަށްވުރެ ގިނަ ބިއްލޫރިފުޅި ރާއްޖޭގެ އެކި ކަންކޮޅުތަކަށް ހަދިޔާކޮށްފައެވެ. މިހާތަނަށް ކުރެވުނު މަސައްކަތުން ރާއްޖޭގެ ސްކޫލްތަކުގެ 85 އިންސައްތައަށް ބިއްލޫރިފުޅި ހަދިޔާކޮށް ނިންމާފައިވާކަން އެ ޖަމިއްޔާއިން މައުލޫމާތު ދެއްވާފައިވެއެވެ. އެ ގޮތުން ސްކޫލްތަކުގެ އިތުރުން އެކި ރަށްރަށުގެ މުއައްސަސާތަކާއި ޖަމިއްޔާ ޖަމާއަތްތަކަށް ވެސް މި ޕްރޮގްރާމްގެ ދަށުން ފުޅި ހަދިޔާކޮށްފައިވެއެވެ.