ހދ. ކުޅުދުއްފުށި ސިޓީގެ ސްކޫލްތަކުގެ ބެލެނިވެރިންނާއި އާންމު ފަރާތްތަކަށް އަމާޒުކޮށްގެން ސައިބަރ ކުށްތަކަށް އަހުލުވެރިކުރުމުގެ ގޮތުން ހާއްސަ އެންޓި ސްކޭމިން ސެޝަނެއް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

މި ސެޝަނަކީ ކުޅުދުއްފުށީ ސިޓީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (އތމކ) އާއި ކުޅުދުއްފުށި ޕޮލިސް ސަރވިސް ގުޅިގެން ކުރިއަށްގެންދިޔަ ސެޝަނެކެވެ.

Ad
rt

ދެ އިދާރާ ގުޅިގެން ކުރިއަށްގެންދިޔަ މި ހޭލުންތެރިކުރުމުގެ ސެޝަން ބާއްވާފައިވަނީ 25 ސެޕްޓެމްބަރ 2026 ވީ ހުކުރު ދުވަހުއެވެ.

ކުޅުދުއްފުށި ސިޓީގެ ސްކޫލްތަކުގެ ބެލެނިވެރިންނާއި އާންމު ފަރާތްތަކަށް އަމާޒުކޮށްގެން ސައިބަރ ކުށްތަކަށް އަހުލުވެރިކުރުމުގެ ގޮތުން ކުރިއަށް ގެންދިޔަ ހާއްސަ އެންޓި ސްކޭމިން ސެޝަންގެ ތެރެއިން، ފޮޓޯ: ކުޅުދުއްފުށީ އތމކ.

ކުޅުދުއްފުށީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން މަޢުލޫމާތު ދިން ގޮތުގައި، މި ސެޝަން ކުރިއަށްގެންދިޔަ އެންމެ މުހިންމު އެއް މަޤްޞަދަކީ ސްކޭމްތަކުން ރައްޔިތުން ސަލާމަތްކޮށް، އެފަރާތްތަކުގެ ފައިސާގެ ރައްކާތެރިކަން ކަށަވަރުކުރުމެވެ.

މީގެ އިތުރުން، ދަރިން އޮންލައިން ޕްލެޓްފޯމްތައް ބޭނުންކުރާ ގޮތް ބެލެނިވެރިން ދެނެގަނެ، އެކަމަށް އަހުލުވެރިވެ ހޭލުންތެރިވުމަކީވެސް މި ސެޝަން ބޭއްވުމުގެ މުހިންމު ބޭނުމެއް ކަމަށް އެ ކޮމިޓީން ބުނެފައިވެއެވެ.

މި ސެޝަން ނަންގަވައިދެއްވާފައިވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ސައިބަރ ކްރައިމް ސެންޓަރގެ ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް އިބްރާހީމް ޝުހާދު ސަޢީދެވެ.