ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރްއެޗް) އިން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ "ހަށިހެޔޮ ޕްރޮގްރާމް" ގެ 6 ވަނަ ބުރު، ރޭ ރަސްމީކޮށް ފަށައިފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުގެ އެހީތެރިކަމާއެކު އެ ހޮސްޕިޓަލުން ކުރިއަށްގެންދާ މި ޕްރޮގްރާމަކީ އާންމުންގެ މެދުގައި ޤަވާއިދުން ކަސްރަތުކުރުމާއި ހެލިފެލިވެ އުޅުމުގެ އާދަ އަށަގެންނެވުމަށާއި، ދުޅަހެޔޮ ދިރިއުޅުމުގެ ވައްޓަފާޅިއަކަށް ބާރުއެޅުމުގެ މަޤުޞަދުގައި ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.
މީގެއިތުރުން ގައިންގަޔަށް ނާރާ ބަލިތަކުން (އެންސީޑީ) ރައްކާތެރިވުމާއި، އެފަދަ ބަލިތައް މަދުކުރުމަށް އެހީތެރިވުމަކީވެސް މި ޕްރޮގްރާމުގެ މައިގަނޑު އެއް އަމާޒެވެ.
ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތަށްފަހު، ބައިވެރިންނަށް ހާއްސަކޮށްގެން ފުރަތަމަ ހޭލުންތެރިކުރުމުގެ ސެޝަން ވަނީ ކުރިއަށް ގެންގޮސްފައެވެ. މި ސެޝަން ނަންގަވައިދެއްވީ ވެލްނަސް ކޯޗު އަހުމަދު ފާރިޝްއެވެ. މި ސެޝަންގައި މައިގަނޑު ގޮތެއްގައި އަލިއަޅުއްވާލައްވާފައިވަނީ ކާނާއާއި ހަށިގަނޑަށް ފައިދާހުރި ރަނގަޅު ކާނާ ބޭނުންކުރުމުގެ މުހިންމުކަމުގެ މައްޗަށެވެ.
މި ބުރުގައި ޖުމްލަ 279 ފަރާތަކުން ވަނީ ބައިވެރިވެފައެވެ.
މިއީ ކޭއާރުއެޗުން ކުރިއަށްގެންދާ ހަވަނަ "ހަށިހެޔޮ ޕްރޮގްރާމް" އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!