ފުޓްބޯޅަ އަދި ފުޓްސަލް ބޭސިކް ރެފްރީސް ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު އާންމުކޮށް ހުޅުވާލައިފިއެވެ.
މިއީ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިސްނަގައިގެން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކޯހެކެވެ.
އެފްއޭއެމުން ބުނީ މި ކޯހަކީ ރެފްރީކަމުގެ ދާއިރާއިން ކުރިއަށްދާން ބޭނުންވާ ފަރާތްތަކަށް ހުޅުވާލެވިފައިވާ ފުރުޞަތެއް ކަމަށެވެ. އަދި މި ކޯހުގައި ހުރިހާ ޢުމުރެއްގެ ދެ ޖިންސުގެ މީހުންނަށްވެސް ބައިވެރިވެވޭނެ ކަމަށް އެ އިދާރާއިން މައުލޫމާތު ދެއެވެ.
މި ކޯހުގައި ބައިވެރިވުމަށް އެންމެ ދަށްވެގެން ހުންނަންޖެހޭ ތަޢުލީމީ ފެންވަރަކީ ގްރޭޑް 7 ނިންމާފައިވުމެވެ.
މި ކޯހުގައި ބައިވެރިވުމަށް އެދި ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ 30 ސެޕްޓެމްބަރު 2026 ގެ ރޭގަނޑު 00:00 އެވެ.
ކޯހުގެ ކިޔެވުން ކުރިއަށްގެންދިއުމަށް ތާވަލުކުރެވިފައިވަނީ 5 އޮކްޓޫބަރުން ފެށިގެން 15 އޮކްޓޫބަރު 2026 ގެ ނިޔަލަށެވެ.
މި ކޯހުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން އެކަމަށް ހާއްސަކޮށްފައިވާ ލިންކް މެދުވެރިކޮށް ފޯމު ފުރުއްވުމަށް އެފްއޭއެމުން ވަނީ އެދިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!