ޔަމާލް އާއި ރަފީނިއާ ކާމިޔާބުކޮށްދިން ލަނޑުތަކާ އެކު، ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރަށުން ބޭރުގައި ކުޅުނު މެޗުގައި އިނގިރޭސިވިލާތުގެ އެސްޓަން ވިލާ 3-0 އިން ބާސެލޯނާ އިން ބަލިކޮށްފިއެވެ.
މި މެޗުގެ ނަތީޖާއާ އެކު އެސްޓަން ވިލާގެ މި މުބާރާތުގެ ފުރިހަމަ ކާމިޔާބީގެ ސިލްސިލާއަށް ވަނީ ނިމުމަކަށް އައިސްފައެވެ.
މުބާރާތުގެ ކުރީގެ މެޗުގައި ޕސް ސެއިންޓް ޖާމަން (ޕީއެސްޖީ) އާ އަތުވެ، ލިބުނު ނާކާމިޔާބީއަށްފަހު ބާސެލޯނާ އިން ވަނީ މި މެޗުން މޮޅުވެ ލީގު މަރުހަލާގެ ގަދަ އަށްޓެއްގެ ޖާގައަކަށް ކުރަމުންދާ އުއްމީދު އާކޮށްފައެވެ. މެޗުގެ ކުރިން ސްޕެއިންގެ ސެކަންޑް ޑިވިޝަން މެޗެއްގައި ކުޅެމުންދަނކޮށް މެދުންތެރިއަކަށް ދިމާވި ހިތާމަވެރި ހާދިސާއަކާ ގުޅިގެން ޗެމްޕިއަންސް ލީގުގެ އެންތަމް މެޗުގެ ކުރިން ކުޅެފައެއް ނުވެއެވެ.
މެޗުގެ ވަރަށް ކުރީކޮޅު ބާސެލޯނާއަށް ލީޑު ނަގައިދިނީ ލަމިން ޔަމާލްއެވެ. މެޗުގެ ހަތްވަނަ މިނެޓުގައި އެސްޓަން ވިލާގެ ޑިފެންޑަރު ހެދި ގޯހެއްގެ ފައިދާ ނަގައި، ޔަމާލް ވަނީ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލާފައެވެ. މެޗުގެ ފުރަތަމަ ހާފުގައި އުނާއި އެމެރީގެ ކޯޗުކަމުގެ ދަށުން ކުޅުނު ވިލާ ޓީމުން ރަނގަޅު ކުޅުމެއް ދެއްކި ނަމަވެސް، ބާސާގެ ހަމަލާތައް ހުއްއްވުމުގައި ވަނީ ނުކުޅެދިފައެވެ.
މެޗުގެ ދެވަނަ ހާފު ފެށިގެން މާގިނައި އިރުތަކެއް ނުވަނީސް ބާސެލޯނާ އިން ވަނީ ލީޑު ފުޅާކޮށްފައެވެ. ފަރްމިން ލޮޕޭޒް ތަނަވަސްކޮށްދިން ފުރުސަތަކުން ރަފީނިއާ ކާމިޔާބުކޮށްދިން މި ލަނޑަކީ މި ސީޒަނުގައި އޭނާ ކާމިޔާބުކުރި 19 ވަނަ ލަނޑެވެ. އޭގެފަހުން މެޗުގެ ފަހުކޮޅުގައި ކާންސެލޯ ތަނަވަސްކޮށްދިން ފުރުސަތަކުން ރަފީނިއާ ވަނީ އިތުރު ލަނޑެއްޖަހައި ބާސާއަށް ކާމިޔާބު ކަށަވަރުކޮށްދީފައެވެ.
މެޗަށްފަހު ވާހަކަދައްކަމުން ރަފީނިއާ ބުނީ، މިއީ ރަނގަޅު މޮޅެއް ކަމަށާއި ނަމަވެސް މިއަދު ފުޓުބޯޅައިގެ ވާހަކަދައްކަން ބޭނުން ނުވާ ކަމަށެވެ. "މި މޮޅު ހަދިޔާކުރަނީ ސަޕޯޓަރުންނަށް، ނަމަވެސް މިއަދު ފުޓުބޯޅައިގެ ވާހަކަދައްކާކަށް ބޭނުމެއް ނޫން، ޖީސަސްގެ އާއިލާއަށް ތަޢުޒިޔާގެ މެސެގެއް ފޮނުވަން ބޭނުންވަނީ،" މޮވިސްޓާ އަށް ދިން އިންޓަވިއުއެއްގައި އޭނާ ބުންޏެވެ. "މިކަން ކޮންމެ މީހަކަށްވެސް ދިމާވެދާނެ، މިއީ ވަށް އުނދަގޫ ކަމެއް... ކަލޭ ކުޅެން ދާއިރު ހަމަ މިކަން ދިމާވެދާނެ."
މި މެޗުގައި ބާސެލޯނާގެ ގޯލް ބަލަހައްޓަމުންދިޔަ ޖޯ ގާސިއާ ވަނީ އެސްޓަން ވިލާއިން އުފެއްދި ނުރައްކާތެރި ހަމަލާތައް ދިފާއުކޮށްފައެވެ. މި މޮޅާ އެކު ބާސެލޯނާއިން ވަނީ ޗެމްޕިއަންސް ލީގުގައި 19 މެޗަށްފަހު ފުރަތަމަ ފަހަރަށް ކޮޅަށް ގޯލެއް ނުވަދެ މެޗު ނިންމާލާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!