ށ. ނަރުދޫ "ކައުންސިލް ޤުރުއާން މުބާރާތް 2026" ގެ މުޅި މުބާރާތުން އެއްވަނަ ކައިރާ ބިންތި ކާމިލް ހޯދައިފިއެވެ.
މި ފަޙުރުވެރި ކާމިޔާބާއެކު، މި މުބާރާތުގެ އެއްވަނައަށް، އަލްމަދީނާ ޙައްޖު އެންޑް ޢުމްރާ ގްރޫޕުން ސްޕޮންސަރ ކޮށްފައިވާ ޢުމްރާ ދަތުރު ވެސް އޭނާއަށް ލިބިފައިވެއެވެ.
މި މުބާރާތުން ދެވަނަ ހޯދާފައިވަނީ ނިޝްޔާ ނަވާޒަށް 7,000 ރުފިޔާގެ ފައިސާގެ އިނާމު ލިބިފައިވާއިރު، މުޅި މުބާރާތުން ތިންވަނަ ހޯދި، ބިލާލް ބިން މުޙައްމަދު ރަމީޒަށް ދީފައިވަނީ 3,500 ރުފިޔާގެ ފައިސާގެ އިނާމެކެވެ.
ނަރުދޫ ކައުންސިލް ޤުރުއާން މުބާރާތުގެ 1 ވަނަ ހޯދި ކައިރާ، ފޮޓޯ: ނަރުދޫ ކައުންސިލް
ރަށުގެ ރައްޔިތުންގެ ހިތްތަކުގައި ކީރިތި ޤުރުއާނަށް ލޯބި ޖެއްސުމާއި، ޤުރުއާން ކިޔެވުމުގެ ފަންނު އާލާކޮށް ދިރުވުގެ މަޤްޞަދުގައި ބޭއްވި މި މުބާރާތް ނިންމުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ވަނަވަނައަށް ދިޔަ ފަރާތްތަކަށް އިނާމާއި ހަނދާނީ ލިޔުން ޙަވާލުކޮއްފައިވެއެވެ.
ނަރުދޫ ކައުންސިލް ޤުރުއާން މުބާރާތުގެ 2 ވަނަ ހޯދި ނިޝްޔާ، ފޮޓޯ: ނަރުދޫ ކައުންސިލް
ރަށުގެ ރައްޔިތުންގެ ހިތްތަކުގައި ކީރިތި ޤުރުއާނަށް ލޯބި ޖެއްސުމާއި، ޤުރުއާން ކިޔެވުމުގެ ފަންނު އާލާކޮށް ދިރުވުމަކީ މި މުބާރާތް ބޭއްވުމުގެ އެއް މަޤްޞަދުގައި ފެށި މި މުބާރާތުގައި ޖުމްލަ 34 ކުދިން ބައިވެރިވެފައިވެއެވެ.
ނަރުދޫ ކައުންސިލް ޤުރުއާން މުބާރާތުގެ 3 ވަނަ ހޯދި ބިލާލް، ފޮޓޯ: ނަރުދޫ ކައުންސިލް
މި މުބާރާތް ކުރިއަށް ގެންދިޔައީ މައިގަނޑު ދެ ގޮތްޕަކަށެވެ. އެއީ ހިތުން ކިޔެވުމުގެ ގޮތްޕާއި ބަލައިގެން ކިޔެވުމުގެ ގޮތްޕެވެ.
ނަރުދޫގެ ތާރީޚުގައި ވެސް ކައުންސިލްގެ ފަރާތުން ޤުރުއާން މުބާރާތެއް ބޭއްވި ފުރަތަމަ ފަހަރެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!