ސިލްސިލާ ވާހަކަ: ޝިކާޔަތު (53)
ކުރީގެ އަދަދާއިގުޅޭ، ” ދެން އެގޮތަށް އަންނަ މީހުންނަށް އިޙްތިރާމް ކުރަންޖެހޭނެއެއްނު.. އޭނަ އެއައީ އަހަރެމެންގެ ޚިދުމަތުގައި.. ދެން އަނގައިން ނުބުނީމަ އޭނަވެސް ބުނާނެދޯ އަހަރެމެން ހާދަ ފޮންޏޭ! އަސްލު ބުނެބަލަ އަސަރު ކުރީތަ އަހަރެން އެހެން މީހަކާ އަނގައިން ބުނީމ،ަ” ހާރޫން ލާނެތް ގޮތަކަށް އެހެން ބުނުމަށްފަހު އަނެއްކާވެސް ތެދުވެގެން ޔަޝްމީއާ ދިމާލަށް ދިޔައެވެ. ” ދެން އެވާހަކަ ބާއްވާ! ހިނގާބަލަ އެއްޗެއް ކާލަންދާން..އަހަރެން ވަރަށް ބަނޑުހައި” ހާރޫން މަސައްކަތް ކުރަމުން ދިޔައީ ޔަޝްމީއަށް އުފާކޮށްދިނުމ...