ސިލްސިލާ ވާހަކަ: ޙައްޤުގައި (7)
ކުރީގެ ޢަދަދާއި ގުޅޭ، ރޯން ބޭނުންނުވި ނަމަވެސް މުނާއަށް ހަމަ ރޮވެނީއެވެ.އެއާއިއެކު އޭނާގެ ބޮލަށް ފާޑެއްގެ އެނބުރުމެއްވެސް އަރަންފަށައިފިއެވެ. ތެދުވަން ބޭނުންވި ނަމަވެސް ބޮލަށް އެނބުރުން އަރާވަރުން ތެދުވާކަށް ނުކެރުނެވެ.މަޑުމަޑުން އެނދުގައި މުނާ އޮށޯތެވެ. އޭރު އާދަތާ ޚިލާފް އުނދަގޫތަކެއް އޭނާގެ މުޅި ހަށިގަނޑަށް ކުރަމުންދެއެވެ. ދަތުރުމަތީގައިވެސް ޝާމިން، މުނާއަށް އެތައް މެސެޖްތަކެއްކުރިއެވެ. އެހެނަސް އެއްވެސް މެސެޖަކަށް ރިޕްލައިއެއް ނާދެއެވެ. ނުތަނަވެސް ވެފައިވާ ހިތަކައިގެން އޭނާ ދެތިން ފަހަރު ގުޅ...