ތިލަދުންމަތީ ހުނަރުވެރިން: އިއްޒަ، ހަތަރު ފާރުގެ ތެރެއިން އުދުހިގަތް ޝާއިރާ
ހދ. މަކުނުދޫއަށް އުފަން އިއްޒާ އަޙުމަދު ނިޒާރު ޅެންވެރިކަމުގެ ގުލްޒާރުގައި އާންމު ނަމުންނަމަ އިއްޒަ އަކީ ކުރީއްސުރެ ވެސް އަޅުގަނޑުގެ ގާތް އެކުވެރިއެކެވެ. އޭރުވެސް އިއްޒައަކީ ލިޔުންތެރިކަމަށް ޝައުޤުވެރިކަން ހުންނަ ކުއްޖެއްގެ ގޮތުގައި ސްކޫލް މުދައްރިސުންނަށް ވެސް ވަނީ ފާހަގަކުރެވިފައެވެ. އެހެނަސް އޭނާގެ ކިބައިގައި ފޮރުވިފައިވާ ޅެންވެރިކަމުގެ ހުނަރު ހުރިކަން އޭރު ޚުދު އިއްޒައަކަށް ވެސް ނޭނގެއެވެ. އެއަހަރު ސްކޫލްގައި ބޭއްވި އަދަބީ ހަރަކާތްތަކަށް ކުދިން ތައްޔާރުކޮށްދިނުމުގައި އިސްދަރިވަރެއްގެ ޙައިޞިއ...