ސިލްސިލާ ވާހަކަ: މިހިތަށް ލިބޭ ވޭން! ކަލާއަށް އެނގޭހޭ؟ (8)
ކުރީގެ ޢަދަދާއިގުޅޭ، ރިޕޯޓް ނަގައިގެން އޭނާ އަވަސް އަވަހަށް ބަލަންފެށީ އެއްވެސް މައްސަލައެއް އުޅޭތޯއެވެ. ރިޕޯޓްގެ ތިރީގައި ލިޔެފައިވާ ” ޕްރެގްނެންސީ ޕޮޒިޓިވް” ފެނި އަމީރާގެ ދެބުމަ އެއްވިކަހަލައެވެ. ހައިރާންވެ، ޤަބޫލުކުރަން ދަތިވެ ހުއްޓި ހުރެވުނީއެވެ. ނަމަވެސް އޭނާގެ ހިތަކަށް މިކަމަކަށް އެއްބަހެއް ނުވެވުނެވެ. އެހެންކަމުން ގައިގައި ހުރި ބާރެއް ލައިފައި ހިނގައިގަތީ އުޝާގާތަށް ދިޔުމަށެވެ. އުޝާގެ ހިތްނެގިނެގިފައި ޖެހެމުންދެއެވެ. އަމީރާ އަންނާނީ ރިޕޯޓް ހިފައިގެންކަން އެނގޭތީ އިތުރަށް އޭނާ ހާސްވަމުންދި...