Skip to main content

ސަލާމާ ޢަބްދުލް ޢަލީމް

Contributor
🇲🇻 ތިލަދުން Desk
428 Stories
1,641 Reads

Published on ތިލަދުން (Thiladhun) by ސަލާމާ ޢަބްދުލް ޢަލީމް

ކުރުވާހަކަ: ޒަޚަމްވި ހިތް
Column

ކުރުވާހަކަ: ޒަޚަމްވި ހިތް

ލޯ ހުޅުވާލެވުނީ މަންމަގެ ބާރު އަޑަށެވެ. އަވަސް އަވަހަށް ތެދުވެ ސިޓިންގރޫމަށް ނިކުތީ، ފާރުގައި އަޅުވާފައި ހުރި ގަޑި ބަލާށެވެ. ގަޑިން ބަރާބަރު ހައެއް ޖެހީއެވެ. ” ފަތިސްނަމާދު ކުރަން ގޮވިޔަކަސް ތެދުވަނިއްޔެއް ނޫން! މާދަމާ ނުތެދުވިއްޔާ ސްކޫލަށް ދާކަށްވެސް ނުގޮވާނަން!” އަހަންނަށް ފަހަތް ބަލާލެވުނީ ދާދި ގާތުން އިވުނު މަންމަގެ އަޑަށެވެ. އޭރު މަންމަގެ އެއް އަތުގައި ރޮށިދަމާ ރޯލު އޮތެވެ. އެހެންކަމުން މަންމަ އެއައީ ރޮށި ފިހަން ހުރެފައިކަން އަހަންނަށް އެނގުނެވެ. ކަމެއް ކުރަން […]

ކުރުވާހަކަ: ވާށެ އޯގާ ހިތާ
Column

ކުރުވާހަކަ: ވާށެ އޯގާ ހިތާ

ކަނޑުގެ ލޮނުގަނޑު ކަފަމުން ލޯންޗް ދަތުރުކުރަމުންދިޔައެވެ. ފަޅުވެރިންގެ އިތުރުން ލޯންޗްގައި ތިބީ އަހަންނާ، އަހަރެންގެ މަންމަގެ އަދި ފިރިމީހާއެވެ. އަހަރެމެންގެ އަލަތު ދަރިފުޅު އޮތީ ފިރިމީހާގެ އުނގުގައި ނިދިފައެވެ. އިރުއިރުކޮޅުން އަހަންނަށް ދަރިފުޅާދިމާލަށް ލޯތްބާއެކު ބަލާލެވެއެވެ. އޭރު، އަހަރެންގެ މަންމަ، ނިދި ޖެހި ޖެހި އިނެވެ. ކަނޑު މަޑުކަމުން ދުއްވާލަން ވަރަށް އަރާމުދުވަހެކޭވެސް އަހަންނަށް ބުނެލެވުނެވެ. ފަޅުތެރެއަށް ލޯންޗް ވަނުމާއެކު، ފާލަންމަތީގައި ތިބި މީހުންތައް އަހަންނަށް ފެނުނެވެ. އެމަންޒަރ...

ކުރުވާހަކަ: ތަފާތެއް ނުކުރަން ހެއްޔެވެ؟
Column

ކުރުވާހަކަ: ތަފާތެއް ނުކުރަން ހެއްޔެވެ؟

ރަނގަބީލްގެ އަޑާއެކު ހުރިހާ ކުދިންވެސް ތެޅިގަތީ، އަވަހަށް ގެއަށްދާށެވެ. އިންޓަވަލަށް ލިބޭ ބައިގަޑި އިރުގެ ތެރޭގައި ރަނގަޅަށް ސައިބޮއިގެން ނާދެވިދާނެތީއެވެ .އަދި ސްކޫލާ ދުރުގައި އުޅޭ ކުދިންނަށް އަވަހަށް ގެއަށް ނުދެވިދާނެތީއެވެ. އެހެން ކުދިން ފަދައިން އަހަރެންވެސް އަވަސް އަވަހަށް ގެއާދިމާލަށް މިސްރާބުޖެހީމެވެ. ފަޔަށް ލެވުނުހާ ބާރެއްލައިފައި އަހަރެން ހިނގީމެވެ. ގެއާއި ހަމައަށް އާދެވޭއިރު ހުންނަނީ ވަރުބަލިވެފައެވެ. އަދި މުޅިމީހާ ދާހިއްލާ ފޯވެސްވެފައެވެ. އެހެންކަމުން އާދައިގެ މަތިން  މިއަދުވެސް އަހަރ...

ސިލްސިލާ ވާހަކަ: މިހިތަށް ލިބޭ ވޭން! ކަލާއަށް އެނގޭހޭ؟ (18)
Column

ސިލްސިލާ ވާހަކަ: މިހިތަށް ލިބޭ ވޭން! ކަލާއަށް އެނގޭހޭ؟ (18)

ކުރީގެ ޢަދަދާއިގުޅޭ، ” ސަޕްރައީޒް!….” ހެވިފައި އެތެރެއަށް ވަތް ނަދާފެނި ޒައިންއަށް ތެޅިގަނެވުނެވެ. އުޝާއަށްވެސް ކުއްލިއަކަށް ދުރަށް ޖެހިލެވުނެވެ. ނަދާގެ ފަހަތުން ހެވިފައި އަމީރާއާ ފަހުމީވެސްވަނީ ހެމުންނެވެ. ޒައިންއާ އުޝާ އެހާ ގާތުން ފެނުމުން ނަދާއަށް ލިބުނީ ކުއްލި ސިހުމެކެވެ. ހެވިފައިވާ އޭނާގެ މޫނުމަތި ބަދަލްވެގެން ދިޔަގޮތް އުޝާއަށް ރަނގަޅަށް ފެނުނެވެ. ޒައިން އަވަސް އަވަހަށް އުޝާއާ ދުރަށް ޖެހިލަމުން ކޮޅަށް ތެދުވިއެވެ. ކުއްލިއަކަށް ނަދާ ފެނުމުން އޭނާއަށް ލިބުނީ ހައިރާންކަމެވެ. ހުއްޓުން އަރާފައި ހ...

ކުރުވާހަކަ: ކައުންޓަރު
Column

ކުރުވާހަކަ: ކައުންޓަރު

ކޮންމެ ދުވަހަކުވެސް ހެނދުނު އިރު އަރާނީ ދޮށި ހިފައިގެން މަސްބާނަން ހުއްޓައެވެ. ގޮނޑުދޮށުން މަސްބޭނުމަކީ އަހަރެން ވަރަށް ކުރާހިތްވާ ކަމެކެވެ. ބައެއް ދުވަސް ދުވަހު ހަވީރުވެސް މަސްބާނަން ދަމެވެ. ކުދި ކޮރަކައްޔާ، އޮރި އަދި ހަންޖަކީ ގޮނޑުދޮށުން އެންމެ ތިޔާގިކޮށް ބޭނޭ މަސްމަހެވެ. އަހަރެން ގެންގުޅޭ ބާލިދީގަނޑު ފުރާ، މަސްބޭނުނަސް، މީހުންނަށް ބަހާފައި ގެއަށް ގެންދަނީ އެންމެ މަހެކެވެ. މަގުމަތިން ފެންނަ މީހަކަށް ވިއްޔާ، އަހަރެންގެ މަސްބާލިދީއަށް ބޯކޮށްޕާނުލާ މީހަކު ނުދާނެއެވެ. ކޮންމެ މީހަކު ބުންޏަސް މަސް [...

ކުރުވާހަކަ: ދެން ކެތެއްނުވާނެ!
Column

ކުރުވާހަކަ: ދެން ކެތެއްނުވާނެ!

ހިތްތެޅެނީއެވެ. ވިންދު އަވަސްވަނީއެވެ. ހީބިހި ނަގަނީއެވެ. ތުރުތުރުލަނީއެވެ. ކެތްތެރިކަމެއްނެތި އިންތިޒާރުކުރެވެނީ މިރޭ އަހަންނަށް އޭނާ ފެންނާނެ އިރަކަށެވެ. ފޮޓޯގްރާފަރުގެ އެދުމަށް އަހަރެން ހުރީ ދޮރަށް ފުރަގަސްދީގެންނެވެ. އަދި ހަމަ އޭނާގެ އިޝާރާތަށް އަހަރެން ދެލޯވެސް މަރާލީމެވެ. ފުޅާ ހިނިތުންވުމެއްގައި އެނބުރިލުމަށްފަހު ލޯ ހުޅުވާލީ، އެސިފައެއް ދުށުމަށް ކެތްމަދުވެފައިވާ އަހަރެންގެ ވާންއުޅޭ އަނބިމީހާ މިރޭ ދެކިލާހިތުންނެވެ. ދެލޯ ބޮޑުވެގެން ދިޔައީ މިއަދު އޭނާގެ ރީތިކަން އެތައް ގުނައަކަށް އިތުރުވެފައި...

ސިލްސިލާ ވާހަކަ: މިހިތަށް ލިބޭ ވޭން! ކަލާއަށް އެނގޭހޭ؟ (17)
Column

ސިލްސިލާ ވާހަކަ: މިހިތަށް ލިބޭ ވޭން! ކަލާއަށް އެނގޭހޭ؟ (17)

ކުރީގެ ޢަދަދާއިގުޅޭ، ” އަހަރެން  ބޭނުން ސްކޭނަށް ވަންނަން..” ޒައިން އެހެން ބުނުމުން އުޝާގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ޒައިން އެގޮތް ބޭނުންވެދާނެ ކަމަކަށް ފަހަރެއްގައިވެސް އުޝާ ހިއެއް ނުކުރެއެވެ. ބުނާނެ އެއްޗެއް ނޭނގިފައި އިރުކޮޅަކު އޭނާއަށް އިނދެވުނީ ހައިރާންކަންމަތީގައެވެ. ” ކިހިނެއްވީ؟ އަހަރެން ވަންނަން ބޭނުން ނުވަނީތަ؟ ” މަޑުމަޑުން ޒައިން އަހާލީ އުޝާއާ ޖެހިގެން އިން ގޮނޑީގައި އިނދެގެންނެވެ. އެހާ ގާތުން ޒައިންގެ މޫނު ފެނުމުން އުޝާއަށް ބަޔާންކުރަން ދަތި އިޙްސާސްތަކެއް ކުރެވެމުންދާކަން އޭނާއަށް [...

ސިލްސިލާ ވާހަކަ: މިހިތަށް ލިބޭ ވޭން! ކަލާއަށް އެނގޭހޭ؟ (16)
Column

ސިލްސިލާ ވާހަކަ: މިހިތަށް ލިބޭ ވޭން! ކަލާއަށް އެނގޭހޭ؟ (16)

ކުރީގެ ޢަދަދާއިގުޅޭ، ” އޭނަ ދެން ނުވެސް އަންނާނެ! ” ދުރަށް ބަލަހައްޓައިގެން އިނދެ ނަދާ އެހެން ބުނުމުން ނަޒީރު ހައިރާންވިއެވެ. އެހެން އިނދެ ސާމިޔާގެ މޫނަށް ނަޒީރަށް ބަލާލެވުނެވެ. ” ތަންކޮޅެއް ސާފުކޮށް ބުނެބަލަ! އޭނަ ކީއްވެ ނާންނަންވީ؟ ” އަވަސް ހިތަކައިގެން ސާމިޔާ ސުވާލުކުރުމުން ނަދާ އިސްޖަހާލިއެވެ. ” އެއީ… ރައްޓެއްސަކާއެކީ ވިޔަފާރިއެއް ފަށައިގެން އުޅެނީ! ބުނި އަހަރެން ބަލާ އަންނާށޯ ބުނީމަ އަންނާނަމޯ ބަލާ! ” ނަދާ ވާހަކަ ދެއްކި ރާގުން އޭނާ […]

ސިލްސިލާ ވާހަކަ: މިހިތަށް ލިބޭ ވޭން! ކަލާއަށް އެނގޭހޭ؟ (15)
Column

ސިލްސިލާ ވާހަކަ: މިހިތަށް ލިބޭ ވޭން! ކަލާއަށް އެނގޭހޭ؟ (15)

ކުރީގެ ޢަދަދާއިގުޅޭ، ” އަހަރެން މިދަނީ އަހަރެންގެ ހިތްހަމަޖެހުމަށް! ދެން މި ގޮތެއް ބަދަލެއް ނުވާނެ! އަހަރެން އަންނަންދެން އިންތިޒާރު ކުރޭ! ” ނަދާ ތަންކޮޅެއް ބާރަށް ބުނެލިއެވެ. އެއާއެކު ޒައިންގެ އަޑުވެސް ގަދަވިއެވެ. ” އަހަރެންދެކެ ރުޅިއައިސްގެން ދާ މީހަކަށް ކޮން އިންތިޒާރެއް ކުރަންވީ؟” ޒައިން އެހެން ބުނުމުން ނަދާގެ ހިތް ތެޅިގަތެވެ. ޒައިން ގޯސް މަގަކަށް ހިނގައިދާނޭ ހިތަށް އެރުމާއެކު ހިތުގައި ބިރުވެރިކަން އުފެދުނެވެ. ނަމަވެސް އޭރުވެސް ގޮތްދޫކުރާކަށް ނަދާގެ ހިތެއް ނޭދުނެވެ. ” […]

ސިލްސިލާ ވާހަކަ: މިހިތަށް ލިބޭ ވޭން! ކަލާއަށް އެނގޭހޭ؟ (14)
Column

ސިލްސިލާ ވާހަކަ: މިހިތަށް ލިބޭ ވޭން! ކަލާއަށް އެނގޭހޭ؟ (14)

ކުރީގެ ޢަދަދާއިގުޅޭ، ” ތެދެއްތަ ނަދާ؟ ކިހިނެއްވީ ކުއްލިއަކަށް ދާން ބޭނުންވީ؟ އަނެއްކާ މަންމަމެން ގޯހީތަ؟ ނޫނީ މިގޭތެރެއިން ހިތްހަމަ ނުޖެހޭ އެއްވެސް ކަމެއް ހިނގީތަ؟ ” އަވަސް އަވަހަށް އަމީރާ ސުވާލު ކުރަމުން ދިޔައިރު ފަހުމީވެސް އިނީ ޖަވާބު ބޭނުންވާފަދަ ގޮތަކަށް ނަދާއަށް ބަލަހައްޓައިގެންނެވެ. ” ނޫނޭ މަންމާ! އެއްވެސްކަމެއް ނުވޭ! އަހަރެން ހަމަ މަންމަމެން ދެކިލާހިތްވީ! ޒައިންވެސް ކޯސް ދޫކޮށްލީމަ، ދެމީހުންވެސް މިކޮޅުގައެއްނު އަބަދުވެސް އުޅޭނީ! އެހެންވެ، ކުޑަކޮށް ޝޮޕިންގ ކޮށްލާށާއެކު މަންމަމެން ގާތަށް […...

ސިލްސިލާ ވާހަކަ: މިހިތަށް ލިބޭ ވޭން! ކަލާއަށް އެނގޭހޭ؟ (13)
Column

ސިލްސިލާ ވާހަކަ: މިހިތަށް ލިބޭ ވޭން! ކަލާއަށް އެނގޭހޭ؟ (13)

ކުރީގެ އަދަދާއިގުޅޭ: ” އަހަރެންގެ ލޯބި ދުވަހަކުވެސް އަހަންނަކަށް ނުލިބޭނެ! އެއީ މިހާރު އެހެން މީހެއްގެ ޙައްޤެއް! ” މަޑުމަޑުން އުޝާ އެހެން ބުނެލުމާއެކު އުޝާގެ މޫނަށް ޒައިންއަށް ބަލާލެވުނެވެ. އޭރު ނަދާއަށް އިނދެވުނީ ޒައިންގެ މޫނަށް ބަލަހައްޓައިގެންނެވެ. ” އޭނަ އެއް އިރަކުވެސް އަހަރެންދެކެ ލޯތްބެއް ނުވޭ! ” އަނެއްކާވެސް އުޝާ ބުނެލިއެވެ. އެއާއެކު ޒައިންއަކަށް މަޑަކުން ނީނދެވުނެވެ. ” ލޯތްބަކީ ވެވޭ އެއްޗެއް ! ކޮންމެ ފަދަ އިރެއްގައިވެސް ލޯބި ވެވިދާނެ!” ޒައިން އެހެން […]

ސިލްސިލާ ވާހަކަ: މިހިތަށް ލިބޭ ވޭން! ކަލާއަށް އެނގޭހޭ؟ (12)
Column

ސިލްސިލާ ވާހަކަ: މިހިތަށް ލިބޭ ވޭން! ކަލާއަށް އެނގޭހޭ؟ (12)

ކުރީގެ ޢަދަދާއިގުޅޭ، ” ޒައިންއަށް އަހަރެންގެ ކިބައިގަ ހިތްހަމަޖެހޭ  އެއްވެސް ސިފައެއް ހުރޭތަ؟ ” ރޮވޭފަދަ ގޮތަކަށް ރުޅިއައިސްހުރެ، ނަދާ އެހެން ބުނެ ދުވެފައި ސިޑިން އެރިއެވެ. ޒައިންއަށް ދެއަތުން ބޮލުގެ އިސްތަށިގަނޑުގެ ތެރެއަށް އަތްކޮއްޕާލެވުނެވެ. *** ސިޓިންގރޫމްގައި ދެކޮޅަށް ހިނގާލަ ހިނގާލަ ހުރި ޒައިންއަށް ބޭއިޙްތިޔާރުގައި އުޝާއަށް އިންތިޒާރުކުރެވެން ފެށުނެވެ. އުޝާއާ މަންމަ ނައިސްގެން ހިތް އަވަސްވާން ފެށިއެވެ. ޖީބުގައި އޮތް ފޯން ދެތިން ފަހަރެއްގެ މަތިން ނެގުނީ ގުޅާލަން ބޭނުންވެގެންނެވެ. ނަމަވެސް އ...

ސިލްސިލާ ވާހަކަ: މިހިތަށް ލިބޭ ވޭން! ކަލާއަށް އެނގޭހޭ؟ (11)
Column

ސިލްސިލާ ވާހަކަ: މިހިތަށް ލިބޭ ވޭން! ކަލާއަށް އެނގޭހޭ؟ (11)

ކުރީގެ ޢަދަދާއިގުޅޭ: ” އެކަމަކު އަހަރެން؟ އަހަންނަށް މިލިބުނީ ހިތްދަތިކަމާ، ދާއިމީ ނިކަމެތިކަމެއް!” އުޝާ އެހެން ބުނުމުން ހައިރާންކަމާއެކު ނަދާއަށް ބަލާލެވުނީ ޒައިންއަށެވެ. ” ރަށުން އަނެއްކާ ކަމެއް ދިމާވީތަ؟ އަހަންނަށް އުޝާ އުޅޭކަންވެސް އެނގުނީ މިއަދު” ޒައިންގެ އަތުން ދޫކޮށްލަމުން ނަދާ ކުޑަކޮށް ކުރިއަށް ޖެހިލިއެވެ. ކޮޅަށް ގިނައިރު ހުންނަން އުނދަގޫވާތީ އުޝާ އެނދުގައި އިށީނދެލިއެވެ. އޭރުވެސް ކުރިމަތީގައި ފަޓްލޫންގެ ދެޖީބަށް އަތްޖަހާލައިގެން ޒައިން ހުއްޓެވެ. ” ތަޤްދީރުގައި ރޭވިފައިވާ ގޮތަށް ހުރިހާ ކ...

ސިލްސިލާ ވާހަކަ: މިހިތަށް ލިބޭ ވޭން! ކަލާއަށް އެނގޭހޭ؟ (10)
Column

ސިލްސިލާ ވާހަކަ: މިހިތަށް ލިބޭ ވޭން! ކަލާއަށް އެނގޭހޭ؟ (10)

ކުރީ އަދަދާއި ގުޅޭ… ” ހޫމް.. ދެން މާލޭގަ މަޑުކުރާށޭ ކަންނޭނގެ ބުނާނީ” މަޖާ ރާގަކަށް ޒައިން ބުނެލިއެވެ. އެއާއެކު ނަދާވެސް ހިނިގަނޑެއް ޖަހާލިއެވެ. ” އަހަރެން ދެން ލަންކާއަކަށް ނުދާނަމޭ! ރާއްޖޭގަ އުޅޭނީ!” ނަދާ އެހެން ބުނުމުން ޒައިންއަށް ލިބުނީ ކުއްލި ސިހުމެކެވެ. ” ކީކޭ؟ ލަންކާއަކަށް ނުދާނަމޭ!؟ ” ހައިރާންވެފައި ޒައިންއަށް އަހާލެވުނެވެ. އެއާއިއެކު ބުމަހިއްލާލަމުން ނަދާ ދެކޮނޑުއަރުވާލިއެވެ. ” ޔެސް! ޔެސް! އެބުނީ އާނއެކޭ! އަހަރެން ދެން ރާއްޖޭގަ މަޑުކުރާނީ.. ވަރަށް ފޫހި […]

ސިލްސިލާ ވާހަކަ: މިހިތަށް ލިބޭ ވޭން! ކަލާއަށް އެނގޭހޭ؟ (9)
Column

ސިލްސިލާ ވާހަކަ: މިހިތަށް ލިބޭ ވޭން! ކަލާއަށް އެނގޭހޭ؟ (9)

ކުރީގެ ޢަދަދާއިގުޅޭ، އެތައް ދުވަހަކަށްފަހު އުފަން ފަސްގަނޑަށް އާދެވުމާއެކު އުޝާއަށް އުނދަގޫވާންފެށިއެވެ. ދޮންމަންމަގެ އަނިޔާތައް ހަނދާންވުމާއެކު ، ބައްޕަގެ ގެއަކީ މިހާރު އޭނާއަށް އެއްވެސް ބާރެއް އޮތްތަނެއް ނޫންކަންވެސް ހަނދާންވިއެވެ. އެކަމަކުވެސް ކޮއްކޮމެން ތިބޭނެތީ ކުޑައުއްމީދަކާއެކު އޭނާ އެގެއަށް ދިޔުމަށް ހިނގައިގަތެވެ. ހާސްހިތަކައިގެން އޭނާ ގޮސް ގޭގެ ދޮރުމަތީގައި މަޑުކޮށްލިއެވެ. އޭރު ގޭތެރޭގައި ކޮއްކޮމެން ކުޅޭއަޑު އިވެއެވެ. ” އަނެއްކާ މަގޭ ތައްޕާހަށް އައިސް ވަދެގަތީ ؟” ސިއްސައިގެން ގޮސް އުޝާއ...