ރާއްޖެ ފުލުހުންނަށް އިންޒާރު ދިން 4 މީހަކު ހައްޔަރުކޮށްފި ހުޅުމާލެ ދެވަނަ ފިޔަވަހީގައި ފުލުހުންނަށް އިންޒާރު ދިން ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނީ ހިޔާ ޓަވަރު 11 ކައިރިން އާންމު ރައްޔިތުންގެ މެދުގައި ބިރުވެރިކަން އުފެދޭ ގޮތަށް ބާރު ސްޕީޑުގައި ދުއްވި ސައިކަލެއް، ހުއްޓުވައި، އޭގައި އިން މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންނަން މަސައްކަތް ކުރުމުން ފުލުހުންގެ ދައުރު އަދާ ކުރުމަށް ހުރަސް އަޅާފައިވާ ކަމަށެވެ. އަދި އެ ސަރަހައްދުގައި އާންމު މަސްލަހަތު ގެއްލޭގޮތަށް، އަދި އެ ސަރަހައްދުގައި ހަރަކާތްތެރިވި ފުލުހުންނާއި ފުލުހުންގެ އާއިލާއަށް […] މުޙައްމަދު · 2 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ކުޅުދުއްފުށީގައި މިއަހަރު އިތުރު 2000 ހައުސިން ޔުނިޓް އަޅަން ފަށަނީ ހދ. ކުޅުދުއްފުށީ ސިޓީގައި މިއަހަރު ތެރޭގައި އިތުރު 2000 ހައުސިން ޔުނިޓު އެޅުމުގެ މަސައްކަތް ފައްޓަވަން ނިންމަވާފައިވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. އުތުރުގެ ހަތަރު އަތޮޅަށް ހޮނިހިރު ދުވަހު ފެއްޓެވި ދަތުރުފުޅުގައި ކުޅުދުއްފުށީ ސިޓީއަށް ވަޑައިގެން އެ ސިޓީގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، އެ ސިޓީގެ ތަރައްޤީއަށް ވަރަށް އިސްކަމެއް ދެއްވާނެ ކަމަށެވެ. މިގޮތުން ކެމްޕެއިންގައި އެ ސިޓީގައި 2000 ހައުސިން ޔުނިޓް އެޅުމަށް ވަޢުދުވެވަޑައިގެންކ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު މިލަންދޫގައި އެއާޕޯޓެއް އަޅާނެކަމުގެ ޔަޤީންކަން ށ. މިލަންދޫގައި އެއާޕޯޓެއް އަޅާނެކަމުގެ ޔަޤީންކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ދެއްވައިފިއެވެ. ރައީސް މި ޔަޤީންކަން ދެއްވީ މިއަދު އެރަށަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. އެރަށުގައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވަނީ، އެމަނިކުފާނު ކެމްޕޭންގައި ވަޢުދުވެވަޑައިގެންނެވި ހުރިހާކަމެއް ފުރިހަމަކޮށްދެއްވާނެކަމަށް ވިދާޅުވެފައެވެ. މިގޮތުން މިލަންދޫގައި އިސްލާމީ މަރުކަޒެއް އެޅުމުގެ މަސައްކަތް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ކުރިއަށް ގެންދަވާކަ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ރާއްޖެ ބައްޕައާ ދެކޮޅަށް ކައިޒީން ކުރި ދައުވާ ކޯޓުން ނާކާމިޔާބު މަޝްހޫރު މޮޑެލް ފާތިމަތު ޒަޔާން އިބްރާހީމް (ކައިޒީން) ބޯޓެއްގެ މައްސަލާގައި އޭނާގެ ބައްޕައާ ދެކޮޅަށް ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި، އެ ބޯޓަކީ އޭނާގެ ބޯޓެއް ކަމަށް ނުނިންމޭނެ ކަމަށް ސިވިލް ކޯޓުން ހުކުމް ކޮށްފިއެވެ. ކައިޒީން ވަނީ ބޯޓެއްގެ މިލްކުވެރިކަމާ ގުޅިގެން އޭނާގެ ބައްޕައާ ދެކޮޅަށް ސިވިލް ކޯޓުގައި 2022ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ދައުވާކޮށްފައެވެ. ކައިޒީން ކޯޓަށް ހުށަހެޅި މައްސަލައިގައި ވަނީ އޭނާ ބޯޓެއް ގަންނަން އޭނާގެ ބައްޕަ އިބްރާހީމް އަލިފުޅަށް 3.6 […] ހުސައިން ހަބީބް · 2 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ނެއްލައިދޫ ރައްޔިތުންނަށް ނަފާ ހޯދައިދިނުމަށް ހިރިނައިދޫ ދެނީ ހދ. ނެއްލައިދޫ ރައްޔިތުންނަށް އިޤުތިޞާދީ ނަފާ ހޯދައިދިނުމަށް އެ އަތޮޅު ހިރިނައިދޫ ހަމަޖައްސައްދެއްވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، ހއ، ހދ، ށ އަދި ނ އަތޮޅުގެ ބައެއް ރަށްތަކަށް ހޮނިހިރު ދުވަހު ފެއްޓެވި ދަތުރުފުގައި އިއްޔެ ނެއްލައިދޫ އަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވަނީ، ނެއްލައިދޫ ރައްޔިތުންނަށް އިޤުތިޞާދީ ނަފާ ހޯދައިދިނުމަށް ނެއްލައިދޫ ކައިރީ އޮންނަ ހިރިނައިދޫ ހަމަޖެއްސުމަށް، އެރަށް ނެއް... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ރާއްޖެ މަޖިލިސް ގަވާއިދުގެ މައްސަލާގެ ހުކުމް ބުރާސްފަތި ދުވަހު އިއްވަނީ މެމްބަރުންގެ އަދަދު ގުނާގޮތާ ބެހޭގޮތުންމަޖިލިސް ގަވާއިދަށް ގެނައި އިސްލާހުގެ މައްސަލާގެ ހުކުމް ބުރަާސްފަތި ދުވަހު އިއްވަން ސުޕްރީމް ކޯޓުން ތާވަލްކޮށްފި އެވެ. މަޖިލީހުގެ ގަވާއިދަށް މިދިޔަ އަހަރު އިސްލާހު ގެނެސްފައިވަނީ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ އަދަދު ގުނާއިރު ހުސްވެފައި ހުރި ގޮނޑި ނުހިމަނާ ގުނާ ގޮތަށެވެ. އެ ބަދަލާ އެކު، ރައީސާއި ނައިބު ރައީސް ފަސޭހައިން ވަކި ކުރުމުގެ ފުރުސަތު އޮވެ އެވެ. އެއީ ބައެއް ގޮނޑިތައް ހުސްވެފައި އޮތުމުންނެވެ. އެ އިސްލާހު ބާތިލްކުރަން އެޓާނީ ޖެނެރަލްގެ […] ހުސައިން ހަބީބް · 2 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ހއ.އަތޮޅު އެންމެ އަލިގަދަތަރި ޤުރުއާން މުބާރާތުގެ ބައިވެރިން: ޢާއިޝަތު ރައިނާ ރަޝީދު ހއ.އަތޮޅު ތައުލީމީ މަރުކަޒުގައި ތައުލީމް ހާސިލް ކުރަމުން އަންނަ، ހއ.ދިއްދޫ މާމުތީގެ، ޢާއިޝަތު ރައިނާ ރަޝީދަކީ ވަރަށް ކުޑައިރުއްސުރެ ޤުރުއާން ކްލާސްތަކަށް ގޮސް ޤުރުއާން ކިޔަވައި މުބާރާތްތަކުގައި ބައިވެރިވަމުން އައިސްފައިވާ ކުއްޖެކެވެ. ރައިނާ މި މުބާރާތުގައި ބައިވެރިވާން ނިންމި ސަބަބުތަކުގެ ތެރޭގައި ޤުރުއާން ކިޔެވުމުގެ ގާބިލްކަން އިތުރުކުރުމާއި ޤުރުއާން އިތުރަށް ހިތުދަށްކުރުމަށް މަސައްކަތް ކުރުމުގެ ހިތްވަރު މުބާރާތުގެ ތެރެއިން ލިބިގެން ދިޔުމާއި ޤުރުއާނުގެ ފަންނުގައި އިތުރަށް ކުރިއަރައި ދިޔުމަށް ބޭ... އިބްރާހިމް ޚަލީލް · 2 އަހަރު ކުރިން
ރާއްޖެ އިސްލާމިކް މިނިސްޓްރީއާއި އެންޓީވީއާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފި އިސްލާމިކް މިނިސްޓްރީން ތައްޔާރުކުރާ ބައެއް ވީޑިއޯ އަދި އޯޑިއޯ ޕްރޮގްރާމްތައް، ބްރޯޑްކާސްޓްކުރުމަށް އެ މިނިސްޓްރީ އާއި އެންޓީވީއާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ. އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި މި ފަހުމުނާމާގައި އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަލީ އަޙްސަންއެވެ. އަދި އެންޓީވީގެ ފަރާތުން ސޮއިކުރެއްވީ އެޓީވީގެ ޗީފް އެގްޒެކެޓިވް އޮފިސަރު އިބްރާހިމް އާޒިމްއެވެ. އިސްލާމިކް މިނިސްޓްރީން ބުނީ، މި ފަހުމުނާމާއަކީ އެއް އަހަރު ދުވަހުގެ މުއްދަކަަ... އަޙްމަދު ވަހީދު · 2 އަހަރު ކުރިން
ރާއްޖެ އަންނަ މަހުން ފެށިގެން މިސްކިތްތަކުގެ ކަރަންޓްބިލު ޑޮމެސްޓިކް ރޭޓުގައި ދައްކާގޮތަށް ލުއިދެއްވައިފި އަންނަ މަހުން ފެށިގެން މިސްކިތްތަކުގެ ކަރަންޓުބިލު ޑޮމެސްޓިކް ރޭޓުގައި ދައްކާގޮތަށް ލުއިދެއްވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާނު ކުރައްވައިފިއެވެ. ރައީސް މިކަން އިއުލާން ކުރެއްވީ ރޭ ކުޅުދުއްފުށި ސިޓީގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގެ ތެރެއިންނެވެ. ރައީސް ވިދާޅުވީ މާލެސިޓީއާއި އެހެން ހުރިހާ ސިޓީތަކާއި ރަށްތައް ހިމެނޭހެން އެ ބަދަލުގެންނެވީ ކައުންސިލުތަކަށް މިހާރު ބްލޮކް ގްރާންޓުގެ ގޮތުގައި ލިބޭ މަދު ފައިސާކޮޅުން ކަރަންޓު ބިލަށް ކުރަންޖެހޭ ބޮޑު ޚަ... އަޙްމަދު ވަހީދު · 2 އަހަރު ކުރިން
ވާހަކަ ސިލްސިލާ ވާހަކަ: ރުހެވޭނީ ކޮންހިތަކުން؟ (38) ކުރީގެ އަދަދާއިގުޅޭ، ” މީހަކަށް ކުރެވުނު އިތުބާރަކަށް އަހަންނަށް ހެދުނު ގޯހެއް” ޖުމާގެ އަޑު އިވުމާއެކު ޝާހުއަށްވެސް ދެފަރާތަށް ބޯ ހޫރާލެވުނެވެ. އޭރު ޖުމާގެ މޫނުމަތިން ފެންނަމުންދަނީ ކަންބޮޑު ވުމުގެ އަސަރުތަކެވެ. ޖުމާގެ ދެލޮލަށް ބަލަހައްޓައިގެން ހުރި ޝާހުއަށް އިސްޖަހާލެވުނީ ގަދަކަމުން ހިނިތުންވަމުންނެވެ. ޝާހު ބުނާނެ އެއްޗެއްގެ އިންތިޒާރުގައި ޖުމާ ހުރީ ހިތުގައި އަތް އަޅައިގެންނެވެ. އޭރުވެސް އޭނާގެ ހިތް އޮބި ނޯންނަ ވަރަށް ތެޅެމުން ދެއެވެ. ” މިއީ ޙަޤީޤަތެއް! ” ޖުމާގެ އަސަރުގަދަ އަޑު […] ސަލާމާ ޢަބްދުލް ޢަލީމް · 2 އަހަރު ކުރިން
ރާއްޖެ ހެލިކޮޕްޓަރުތަކާއި ޑޯނިއާ މަތިންދާ ބޯޓު ދުއްވުމަށް އިންޑިއާގެ ސިވިލިއަން ކްރޫ ރާއްޖެއަށް އިންޑިއާ އިން ދިން ދެ ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާ ބޯޓު ދުއްވުމަށް “ސިވިލިއަން ކްރޫ” ގެ ޓީމެއް މިއަދު ރާއްޖެ އައިސްފިއެވެ. އެމްއެންޑީއެފުން ނެރުނު ބަޔާނެއްގައި ބުނީ ސިވިލިއަން ކްރޫގެ ޓީމް ރާއްޖެއަށް އައިސްފައިވަނީ މިއަދު ހަވީރުގެ ވަގުތެއްގައި ކަމަށެވެ. އެ ޓީމަކީ ސ. ގަމުގައި ސްޓޭޝަން ކުރެވިފައިވާ ހެލިކަޕްޓަރު ދުއްވުމަށް މިހާރު އައްޑޫގައި ގާއިމުވެ ތިބި އިންޑިއާ ސިފައިންގެ ބަދަލުގައި ހެލިކަޕްޓަރު އޮޕަރޭޓް ކުރާނެ ޓީމް ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ. އެ ޓީމު މިރޭގެ […] މުޙައްމަދު · 2 އަހަރު ކުރިން
ރާއްޖެ ޕާޓީ ބަދަލުނުކުރާނެ ކަމަށް އެމްޑީޕީގެ ކެންޑިޑޭޓުން ހުވާކޮށްފި ކުރިއަށް އޮތް މަޖިލިސް އިންތިހާބު ކާމިޔާބު ކުރެވިއްޖެ ނަމަ، ޕާޓީ ބަދަލުނުކުރާނެ ކަމަށް އެމްޑީޕީގެ ކެންޑިޑޭޓުން މާތް ﷲ ގަންދީ ހުވާ ކުރައްވައިފިއެވެ. އެ ކެންޑިޑޭޓުން ހުވާ ކުރެއްވީ އެމްޑީޕީގެ މަޖިލިސް ކެމްޕެއިން ފެށުމަށް މިރޭ އާޓިފިޝަލް ބީޗުގައި ބޭއްވި “މިސްރާބު ހަމަމަގަށް” ޖަލްސާގައެވެ. އެ ކެންޑިޑޭޓުންނާ ހުވާލައި ދެއްވީ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލެވެ. މަޖިލިހުގެ އިންތިހާބުގައި މިފަހަރު އެމްޑީޕީގެ ފަރާތުން 89 ކެންޑިޑޭޓުން ވާދަކުރެ އެވެ. އެ ޕާޓީން ވާދަ ނުކުރާ ހަތަރު ދާއިރާއަކީ […] މުޙައްމަދު · 2 އަހަރު ކުރިން
ރާއްޖެ މަކުނުދޫ އެއާޕޯޓު ނިންމައި މި އަހަރު ހުޅުވަނީ ހދ. މަކުނުދޫ އެއާޕޯޓު މި އަހަރު ހުޅުވަން މަސައްކަތް ކުރަމުންދާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ. “ރައީސްގެ ޖަވާބު” ޕްރޮގްރާމްގައި މަކުނުދޫ، ލިބަޓީ، އިފާސާ އަހުމަދު ކުރި ސުވާލުގައި ބުނީ މަކުނުދޫއަކީ ވަރަށް ދުރުގައި، އެކަހެރިކޮށް އޮންނަ ރަށެއް ކަމަށާއި އެކަމުގެ ސަބަބުން ދަތުރުފަތުރު ކުރުމަށް ވަރަށް އުނދަގޫވާ ކަމަށެވެ. މިހާރު ކުރިއަށްދާ އެއާޕޯޓުގެ މަޝްރޫއު ނިމި، ދަތުރު ކުރަން ފެށޭނީ ކޮން ދުވަހެއްގައިތޯ އޭނާ ސުވާލު ކުރިއެވެ. ރައީސް ޑރ. މުއިއްޒު […] މުޙައްމަދު · 2 އަހަރު ކުރިން
މަޖިލިސް ރޯދައިގެ ފަހުން އިންތިޚާބު ބާއްވަން ފާސްކުރި ބިލު އަނބުރާ މަޖިލީހަށް ރޯދައިގެ ފަހުން އިންތިޚާބު ބާއްވަން ފާސްކުރި ބިލު ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތަސްދީގު ނުކުރައްވަން ނިންމަވައިފިއެވެ. ރައީސް އޮފީހުން ބުނިގޮތުގައި، މަޖިލީހުން ފާސްކޮށްފައިވާ އިންތިޚާބުތަކާބެހޭ އާންމު ޤާނޫނަށް އިސްލާޙް ގެނައުމުގެ ބިލު، ރައްޔިތުންގެ މަޖިލީހުން އަލުން ވިސްނާވަޑައިގަތުމަށް އެދިވަޑައިގެން ރައީސް މިއަދު ވަނީ އެ ބިލު އަނބުރާ މަޖިލީހަށް ފޮނުއްވައިފިއެވެ. މި ބިލަކީ، 11 ފެބްރުއަރީ 2024 ވީ އާދީއްތަދުވަހު އޮތް، ރައްޔިތުންގެ މަޖިލީހުގެ 2024 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 5 ވަނަ ޖަލްސާއިނ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ރާއްޖެ އުތުރުގެ ހަތަރު އަތޮޅު ތަރައްޤީކުރެވިގެންދާނީ ޑިވެލޮޕްމަންޓު ޒޯނެއްގެ ގޮތުގައި: ރައީސް އުތުރުގެ ހަތަރު އަތޮޅު ( ހއ، ހދ، ށ އަދި ނ އަތޮޅު) ތަރައްޤީކުރެވިގެންދާނީ ޑިވެލޮޕްމަންޓު ޒޯނެއްގެ ގޮތުގައި ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، ހއ، ހދ، ށ އަދި ނ އަތޮޅުގެ ބައެއް ރަށްތަކަށް ހޮނިހިރު ދުވަހު ފެއްޓެވި ދަތުރުފުގައި މިއަދު ހަނިމާދޫ އަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ، ދެމެހެއްޓެނިވި ތަރައްޤީ ހާސިލުވާނެ ގޮތަކީ ރާއްޖޭގެ އެކި ސަރަހައްދުތައް ޕްލޭންކޮށް، […] ޔުމްނާ ޢަލީ · 2 އަހަރު ކުރިން